ހައްޖުވެރިން ޑޭޓާ ބޭނުންކުރި މިންވަރު ރެކޯޑް އަދަދަކަށް

އަޙްމަދު ދާއޫދު 29 ޖޫން 2023

ސައުދީ އަރަބިޔާގެ ކޮމިޔުނިކޭޝަން އޮތޯރިޓީގެ "ކޮމިއުނިކޭޝަންސް، ސްޕޭސް، އެންޑް ޓެކްނޮލޮޖީ ކޮމިޝަނުން" މިއަހަރުގެ ޙައްޖު ދުވަސްވަރު ޙައްޖުވެރިންގެ ބޭނުންތަކަށް ފުދޭ މިންވަރަށް މޯބައިލް ޑާޓާ ފޯރުކޮށްދިނުމުގައި ހޯދި ކާމިޔާބީ އަކީ ޓެކް ޚަބަރުތަކުގެ ފަލަސުރުޚީގައި މިދުވަސްކޮޅު އުޅޭ އެންމެ މަޝްހޫރު އެއް ސުރުޚީއެވެ.

ކޮމިއުނިކޭޝަންސް، ސްޕޭސް، އެންޑް ޓެކްނޮލޮޖީ ކޮމިޝަން (ސީއެސްޓީ) އިން ސައޫދީގެ ޙައްޖު މާތް ބިމުގައި ފުޅާދާއިރާއެއްގައި ނެޓްވޯކް ކަވަރޭޖް ފޯރުކޮށްދީ، އެތައް މިލިއަން ހައްޖުވެރިންގެ ބޭނުންތަކަށް މެދުނުކެނޑޭނޭހެން ޑޭޓާ ފޯރުކޮށްދެވިފައިވާތީ އެ ކޮމިޝަނުން އެ ކާމިޔާބީ ފާހަގަކުރަނީ ފަޚުވެރި ކަމާއެކުގައެވެ.

މީޑިއާ ޕްލެޓްފޯމްތަކާއި ޚާއްސަ ޓެކްނޮލޮޖީގެ ހައްލުތަކުގެ ތެރެއިން ސީއެސްޓީން ވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ އިމަރސިވް އަދި އިންކްލޫސިވް ތަޖުރިބާއެއް ޙައްޖުވެރިންނަށް ފޯރުކޮށްދީފައެވެ.

ޚާއްސަ ޕްރޮގްރާމްތަކާއި ލައިވް ބްރޯޑްކާސްޓްތަކާއި ނިއުސް ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ހާއްސަކޮށް ފަރުމާކޮށްފައިވާ ހައްޖު ޕޯޓަލްތަކާއެކު ސީއެސްޓީން ވަނީ ހައްޖުވެރިންގެ މުޤައްދަސް ދަތުރުގައި ފުރިހަމަ ކަވަރޭޖަކާއި އެއްވެސް ދަތިކަމެއް ނެތި މުވާސަލާތީ ނެޓްވޯކެއް ލިބޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. މި ޓެކްނޮލޮޖީގެ ހުނަރުވެރިކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް އެތެރެވި ޙައްޖުވެރިންގެ އިންޓަނެޓްގެ ބޭނުންތައް ވަރަށް ފުރިހަމަ ގޮތެއްގައި ފުއްދައިދެވިފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޖޫން 16 ވަނަ ދުވަހު ސީއެސްޓީން ވަނީ އެކި ސައިޓްތަކުގައި ޑޭޓާ ބޭނުންކުރާ މިންވަރާއި ސްޕީޑް ހުންނަވަރު ހާމަކޮށްފައެވެ.

އެ ކޮމިޝަނުން ޢާއްމުކުރި ތަފާސްހިސާބުތަކުން ފެންނަގޮތުގައި، ދުވާލަކު ޑޭޓާ ބޭނުންކުރާ މިންވަރު 4.41K އަށް އަރާފައިވާއިރު، މިއީ ގާތްގަނޑަކަށް 1.81 މިލިއަން ގަޑިއިރުގެ 1080ޕީ އެޗްޑީ ވީޑިއޯ ބަލާލުމާ އެއްވަރުގެ އަދަދެކެވެ.

މީގެ އިތުރުން މީހަކަށް ޑޭޓާ ބޭނުންކުރި އެވްރެޖް މިންވަރު ދުވާލެއްގެ މައްޗަށް 718 އެމްބީ އަށް އަރާފައިވާއިރު، މިއީ ދުނިޔޭގެ އެވްރެޖް ސަބްސްކްރައިބަރަކު ބޭނުންކުރާ 270 އެމްބީ ޑޭޓާ އަށްވުރެ ދެގުނަ އަށްވުރެވެސް އިތުރު އަދަދެކެވެ.

[މީގެ އިތުރުން އެދުވަހު އެވްރެޖްކޮށް މޯބައިލް އިންޓަނެޓް ޑައުންލޯޑް ސްޕީޑް 224 އެމްބީޕީއެސް އަށް އަރާފައިވާއިރު، ހައްޖުވެރިންނަށް އަވަސް އަދި އިތުބާރު ހުރި ކަނެކްޓިވިޓީއެއް ލިބިގެން ދިޔައެވެ. އެވްރެޖް އަޕްލޯޑް ސްޕީޑް ވެސް އާދަޔާ ހިލާފު ރަނގަޅު ނަތީޖާއެއް ނެރެފައިވާއިރު، 34 އެމްބީޕީއެސް އަށް އަރާފައިވެ އެވެ.

އަދި ސީއެސްޓީގެ ޑޭޓާ އެނަލިސިސްގައި މައްކާ އާއި އަޅުކަންކުރާ ސަރަހައްދުތަކުގައި އެންމެ ގިނައިން ޑޭޓާ ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ގޮތުގައި ޓިކްޓޮކް، ޔޫޓިއުބް، ސްނެޕްޗެޓް، ފޭސްބުކް، އަދި އިންސްޓަގްރާމް ފަދަ މަޝްހޫރު އެޕްލިކޭޝަންތައް ފާހަގަކޮށްފައިވެ އެވެ.

މި ޕްލެޓްފޯމްތަކުގެ ސަބަބުން ހައްޖުވެރިންނަށް ހައްޖުގެ މުހިންމު މައުލޫމާތުތައް ރިއަލް ޓައިމްގައި ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހައްޖުވެރިންގެ ގާތްތިމާގެ މީހުންނާއި، ލޯބިވާ މީހުންނާ ގުޅުވައިލެވުނެވެ.

މި ފާހަގަކޮށްލެވޭ ނެޓްވޯކް ކެޕޭސިޓީތަކާއި ސީއެސްޓީން ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން ކަނެކްޓިވިޓީއަށް މަގުފަހިވެ، ހައްޖު ދަތުރުގައި ޙައްޖުވެރިންގެ މެދުގައި ކުރެވުނު މުވާސަލާތު މުއްސަނދިވެގެން ގޮސްފައިވެއެވެ.

ހައްޖުގެ އަޅުކަމަށް ކަނެކްޓިވިޓީ ރަނގަޅުކޮށް، ޓެކްނޮލޮޖީ ބޭނުންކުރެވޭގޮތަށް ހެދުމަށް ކުރުމަށް ސީއެސްޓީން ކުރާ މަސައްކަތުން ދައްކުވައިދެނީ ހައްޖުވެރިންގެ ޖުމްލަ ތަޖުރިބާ އިތުރުކުރުމަށް ސީއެސްޓީން ކުރާ ޚިދުމަތްތެރި ބުރަބޮޑު ކާމިޔާބު މަސައްކަތްތަކެވެ.

ހަރުދަނާ ނެޓްވޯކް ކަވަރޭޖެއް ފޯރުކޮށްދީގެން، ސީއެސްޓީން ވަނީ ހައްޖުވެރިންނަށް ހިދުމަތް ދިނުމާއި، މި މުހިންމު ދީނީ ހަރަކާތުގައި ދުނިޔެއާ ގުޅޭނެ ގޮތް ހެދުމުގެ މިޝަން ކާމިޔާބުކަމާއެކު ދަމަހައްޓާފައެވެ.

ހައްޖާޖީންގެ ހައްޖުގެ އަޅުކަން ކުރިއަށްދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގުޅުމާއި މުވާސަލާތާއި ޖުމްލަ ހައްޖުގެ ތަޖުރިބާ އިތުރުކުރުމަށް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އާ ހައްލުތަކާއެކު އިންޓަނެޓްގެ ޚިދުމަތް ދިނުމުގައި ސީއެސްޓީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.