ޕޯސްޓްކުރާ ހުރިހާ އެއްޗެއް އޭއައިން ސްކްރޭޕް ކުރާނެ: ގޫގަލް

އަޙްމަދު ދާއޫދު 04 ޖުލައި 2023

އިންޓަނެޓްގައި ނުވަތަ އޮންލައިންކޮށް ކޮންމެ މީހަކު ޕޯސްޓްކުރާ ކޮންމެ މައުލޫމާތެއްވެސް މިހާރު އޭއައި އިން ސްކްރެޕް ކުރާނެ ކަމަށް ގޫގަލް އިން ބުނެފިއެވެ.

ވެބްސައިޓަކުން މައުލޫމާތު ސްކްރެޕް ކުރުމަކީ ނުވަތަ ވެބް ސްކްރެޕިން، އަކީ ވެބްސައިޓްތަކުން މައުލޫމާތު ނެގުމަށް ބޭނުންކުރާ މެތަޑެކެވެ. ވެބް ސްކްރެޕިން ސޮފްޓްވެއާއަށް ސީދާ ވޯލްޑް ވައިޑް ވެބް އަށް ވަދެވޭނީ ހައިޕަޓެކްސްޓް ޓްރާންސްފާ ޕްރޮޓޮކޯލް ނުވަތަ ވެބް ބްރައުޒާއެއް ބޭނުންކޮށްގެންނެވެ.

ގޫގަލް އިން ދާދިފަހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަޕްޑޭޓް ކުރެވިފައިވާ އައު ޕްރައިވެސީ ޕޮލިސީގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގާބިލްކަން ކުރިއެރުވުމުގެ ބޭނުމުގައި އާންމުކޮށް ލިބެން ހުންނަ ހުރިހާ އޮންލައިން ކޮންޓެންޓްތައް ފުޅާދާއިރާއެއްގައި ސްކްރޭޕް ކުރުމުގެ ޤާބިލްކަން މިހާރު ގޫގަލް އަށް ލިބިގެން ވާކަމަށެވެ.

ގޫގަލްއިން މިހެން ބުނެފައިވާއިރު، މިއީ ޕްރައިވެސީގެ ކަންބޮޑުވުންތަކާއި މިފަދަ ފުޅާ ދާއިރާއެއްގައި ޑޭޓާ އެއްކުރުމުގެ މަސައްކަތުން އަޚްލާގީ ގޮތުން ކުރާނެ އަސަރުތަކާ މެދު ބަހުސްތައް އުފެދިފައިވާ މައްސަލައެކެވެ. އަދި މިފަދަ މައްސަލަތަކުގައި މީގެކުރިން ގޫގަލް ވަނީ ތަފާތު ދައުވާތަކަށް ޖަވާބުދާރީވެސް ވާންޖެހިފަ އެވެ.

އޭއައި ޓެކްނޮލޮޖީތަކުގެ ދާއިރާއިން އާ އުފެއްދުންތަކެއް އުފެއްދުމަށް ތައްޔާރު ވަމުންދާއިރު، ގޫގުލްގެ އަމާޒަކީ އިންޓަނެޓްގެ ތެރެއިން ފެންނަ ގިނަ އަދަދެއްގެ ޑޭޓާ ބޭނުންކޮށްގެން އޭއައި ސިސްޓަމްތަކުގެ ޕާފޯމަންސާއި ފަންކްޝަނަލިޓީ ރަނގަޅު ކުރުމެވެ. އާންމުންގެ ފަރާތުން ލިބޭ ކޮންޓެންޓް ސްކްރޭޕްކޮށް ތަހުލީލުކޮށްގެން ކުންފުނީގެ އަމާޒަކީ އެލްގޮރިޒަމްތައް އިތުރަށް ފުރިހަމަކޮށް، އެއަށްވުރެ ތަޖުރިބާކާރު އޭއައި މޮޑެލްތައް ތަރައްގީ ކުރެވޭނެ ވިސްނުންތައް އެއްކުރުމެވެ.

ސްކްރޭޕިން އިނިޝިއޭޓިވްގެ މިންވަރާ ބެހޭ ގޮތުން ގޫގަލް އިން ވަކި ތަފްސީލެއް ނުދިން ނަމަވެސް، ފޯކަސް ކުރާނީ މިހާރު ވެސް އާންމުންނަށް ލިބެން ހުރި މައުލޫމާތަށް ކަމަށް ގޫގަލް އިން ވަނީ ފާހަގަކޮށްފައެވެ. އެ ކުންފުނިން ކަށަވަރުކޮށްދެނީ އެއްކުރާ ޑޭޓާތައް ރިސާޗްގެ ބޭނުންތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާނެ ކަމަށާއި، އެމައުލޫމާތުގެ މައިގަނޑު ބޭނުމަކަށް ވެގެންދާނީ އެ ކުންފުނީގެ އުފެއްދުންތަކާއި ހިދުމަތްތަކުގެ ތެރެއިން ޔޫޒަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ކަމަށެވެ.

ނަމަވެސް ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކާއި ތަޖުރިބާކާރުން ވަނީ މިފަދަ ޑޭޓާ އެއްކުރުމުގެ ސްޓްރެޓެޖީއެއްގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފާހަގަކުރެވުނު ކަންބޮޑުވުންތައް އެނގިގެން ގޫގުލް އިން ވަނީ ޑޭޓާ އެއްކުރުމުގެ މަރުހަލާގައި ޕްރައިވެސީ ޕްރޮޓެކްޝަންތައް ގާއިމް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެ ކުންފުނިން ބުނަނީ ޕާސަނަލް އައިޑެންޓިފައިން މައުލޫމާތު ފަރުވާތެރިކަމާއެކު ބެލެހެއްޓޭނެ ކަމަށާއި ޔޫޒަރުންގެ ޕްރައިވެސީ ރައިޓްސް އަށް އިހުތިރާމް ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މި މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާއިރު، ގިނަ ބަޔަކު ދަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ވަކިވަކި ފަރުދުންގެ ޑޭޓާ ރައްކާތެރި ކުރުމަށް ހަރުދަނާ ޕްރައިވެސީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމާ މެދު ސުވާލު އުފައްދަމުންނެވެ.

ފާޑުކިޔުންތެރިން ބުނާ ގޮތުގައި ޔޫޒަރުންގެ އިތުބާރު ކަށަވަރުކުރުމަށާއި ސްކްރޭޕް ކުރެވިފައިވާ ޑޭޓާ ނުބައިކޮށް ބޭނުންކުރެވިދާނެތީ ކަންބޮޑުވުންތައް ހައްލުކުރުމަށް އިތުރު ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުން މުހިންމެވެ.

އޭއައި ޑިވެލޮޕްމަންޓަށް އޮންލައިން ކޮންޓެންޓް ސްކްރޭޕް ކުރުމަށް ގޫގުލް އިން ކުރާ މަސައްކަތަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް އެޅި ބޮޑު ފިޔަވަޅެކެވެ.

އާންމުކޮށް ލިބެން ހުރި ގިނަ އަދަދެއްގެ ޑޭޓާ ބޭނުންކޮށް ތަހުލީލުކުރުމުގައި އެކުންފުނީގެ އޭއައިގެ ގާބިލްކަމަށް އިންގިލާބެއް ގެނައުމުގެ ފުރުސަތު އޮތް ނަމަވެސް ޑިޖިޓަލް ޒަމާނުގައި ޕްރައިވެސީއާއި އަދި ޒިންމާދާރުކަމާއެކު ޑޭޓާ ބޭނުންކުރުމާ ބެހޭގޮތުން ދެކެވޭ ތަފާތު މުހިންމު ވާހަކަތަކަށްވެސް ގޫގަލްއިން ސަމާލުކަން ދޭންޖެހެއެވެ.

އާންމުންނާއި ރެގިއުލޭޓަރީ ބޮޑީތަކުން ވެސް ގޫގަލްގެ ސްކްރޭޕިން އިނިޝިއޭޓިވް ވަރަށް ގާތުން ބަލަމުންދާއިރު، މުޅި ޕްރޮސެސްގައި ހާމަކަން ބޮޑުކަމާއި ޕްރައިވެސީ ޕްރޮޓެކްޝަން އަދި އެތިކަލް ޕްރެކްޓިސްތަކަށް އިސްކަން ދިނުމަށް އިލްތިމާސް ކުރާނެ އެވެ.

އިނޮވޭޝަން އާއި ޔޫޒަރުންގެ ޕްރައިވެސީ ރައްކާތެރިކުރުމާ ދެމެދު އޮންނަ ބެލެންސް ޝައްކެއްވެސްނެތްގޮތުގައި މި ބޮޑު މަސައްކަތާ ގުޅޭ މަޝްވަރާތަކުގެ އެންމެ ކުރީގައި އޮންނާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.