ސްޕޭސް އެކްސްގެ ސެޓެލައިޓްތަކުން ހީނުކުރާ މިންވަރަށް ރޭޑިއޯ ވޭވްސް ލީކުވަމުންދާކަން ސައިންސްވެރިން ކަށަވަރުކޮށްދީފިއެވެ.
ދުރުހިސާބުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި، ސްޕޭސް އެކްސްގެ ސްޓާލިންކް ކުންފުނިން ޖައްވަށް ދޫކޮށްފައިވާ ސެޓެލައިޓްތަކުން ވިހަގޭސްބޭރުވާ ކަމުގެ އިންޒާރު ސައިންސްވެރިން ދީފައިވާއިރު، އެލީކްތައް އުޅެނީ އެ ސެޓެލައިޓްތަކުގައި ހުރި އިލެކްޓްރޯނިކްސް އިން އެ މީހުން ކަނޑައަޅާފައިވާ ޑައުންލިންކް ބޭންޑްތަކާ ވަކިން ލޯ ފްރިކުއެންސީ ރޭޑިއޯ ވޭވްތައް "ލީކް" ވުމުގެ ތެރެއިން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
އިނގިރޭސި ވިލާތުގެ ސްކުއެއާ ކިލޯމީޓަރު އެރޭ (އެސްކޭއޭ) އޮބްޒަވޭޓަރީ އާއި އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ޔޫނިއަންގެ އިންޖިނިއަރު ފެޑެރިކޯ ޑި ވްރޫނޯ ވިދާޅުވި ގޮތުގައި މި ދިރާސާ ރަމްޒުކޮށްދެނީ ރޭޑިއޯ އެސްޓްރޮނޮމީއަށް ސެޓެލައިޓް ކޮންސްޓަލޭޝަންތަކުން ކުރާ އަސަރު ރަނގަޅަށް ދެނެގަތުމަށް ކުރެވިފައިވާ އެންމެ ފަހުގެ މަސައްކަތެވެ.
ދުނިޔޭގެ އުޑުމަތި ތޮއްޖެހިގެން ދާވަރަކަށް، ސެޓެލައިޓްތަކުގެ ސަބަބުން ޖައްވުގެ ދިރާސާއަށް ކުރާ ނޭދެވޭ އަސަރު ތަކުގެ ސަބަބުން އިތުރަށް ސައިންވެރިން ކަންބޮޑުވާއިރު، ސްޕޭސް އެކްސްގެ ކުދި އިންޓަނެޓް ސެޓެލައިޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 4،365 ސެޓެލައިޓް މިހާރު އާތު އޯބިޓްގައި ހުރިއިރު، އިތުރު އެތައް ހާސް ސެޓެލައިޓްތަކެއް ޖައްވަން ފޮނުވަން އެކުންފުނިން ވަނީ ނިންމާފައެވެ.
އަދި މިފަދަ ސެޓެލައިޓްތައް ޖައްވަން ފޮނުވަނީ ހަމައެކަނި އެ ކުންފުނިން ކަމަށް ނުވާއިރު، ދުނިޔޭގެ އެކި ދިމަދިމާގައި މިފަދަ ޤާބިލްކަން ހުރި 600 އަށް ވުރެ ގިނަ ކުންފުނި އޮތްކަން ސައިންސްވެރިން ވަނީ ބުނެފައެވެ. އެގޮތުން އެމެޒޯން އިންވެސް 2024 ވަނަ އަހަރުން ފެށިގެން އިތުރު އެތައް ހާސް ސެޓެލައިޓެއް ޖައްވަން ދޫކުރަން ވަނީ ނިންމައިފަ އެވެ.
ޖައްވުގައި މިހާރު ހުރި ސެޓެލައިޓްތަކުން 10.7 އާއި 12.7 ގިގަހާޓްޒްއާ ދެމެދުގެ ރޭޑިއޯ ފްރިކުއެންސީތައް ބޭނުންކުރަނީ މުވާސަލާތީ ޑައުންލިންކަށް، ޔޫރަޕްގަ އެވެ. ސައިންސްވެރިން މިހާރުވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސައިންސްވެރިންގެ މި ތަހުލީލުގައި އެމީހުން ބޭނުންކުރީ ޔޫރަޕްގެ އެލްއޯ ފްރިކުއެންސީ އާރޭ (ލޯފާ) އެވެ. އަދި މިތަހުލީލުގައި 52 ހިސާބެއްގައި އެމީހުން ބޭނުންކުރީ ގާތްގަނޑަކަށް 20،000 ރޭޑިއޯ އެންޓަނާ ހިމެނޭ ނެޓްވޯކެކެވެ.
މި ފެންވަރުގެ ސެންސިޓިވިޓީއާ އެކު، ސްޓާލިންކް ކޮންސްޓަލޭޝަންއަށް ނިސްބަތްވާ 68 ސެޓެލައިޓް އެ މީހުން ވަނީ ބަލާފަ އެވެ. މި ސެޓެލައިޓްތަކުން އިލެކްޓްރޯމެގްނެޓިކް ލީކުވާކަން ޔަޤީން ކުރެވިފައިވާކަމަށް ސައިންސްވެރިންގެ ދިރާސީ ރިޕޯޓްގައި ބުނެފައިވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.