މިޔަރަކީ ދުނިޔޭގައި އުޅޭ އެންމެ އަޖައިބުވަނިވި އެއް މަޚްލޫޤެކެވެ. ކަނޑުގެ ފުން ހިސާބު ދިއްލުވައިދޭ އަތުގެ ބޮޑުމިިނުގެ 'ފޭން' މިޔަރުތަކުން ފެށިގެން ރާއްޖެ ފަދަ ޤައުމުތަކުގެ ސަރަހައްދުގައި ފެންނަ ބޮޑތި ފެހުރިހި ވެސް ބޮޑުމިން ތަފާތު ކަމުގައި ވިޔަސް ހިސާބުގެ އުސޫލއްކަމަަށްވާ 'ތިންބައިކުޅަ ދެބައި ސްކޭލިން ރޫލް' އަދާކުރެއެވެ.
މީގެ ގަރުނަކަށްވުރެ ގިނަ ދުވަސް ކުރިން ފުރަތަމަ ހުށަހެޅި ތިންބައިކުޅަ ދެބައި ސްކޭލިން ޤާނޫނަކީ އެއްޗެއް ނުވަތަ ޖަރާސީމެއްގެ ސާފެސް އޭރިއާ އަދި ވޮލިއުމްގެ ގުޅުން ދައްކައިދޭ ޤާނޫނެކެވެ. މި ގާނޫނުނު ބުނާ ގޮތުގައި ދިގުމިނުގެ ސްކުއެއާއާއި އެކު ސާފެސް އޭރިއާގެ ކިއުބްއާއިއެކު ވޮލިއުމް އިތުރުވާނެއެވެ. މިގޮތުން ޖަނަވާރުތައް ބޮޑުވަމުންދާވަރަކަށް އެ ޖަނަވާރުތަކުގެ ސާފެސް އޭރިއާ އޭގެ ވޮލިއުމްއާއި އެއްވަރަށް އިތުރުވާނެއެވެ. މިޔަރުތަކަށް ބަލާއިރު، މި ސްކޭލިންގ ޤާނޫނުން ދިރިއުޅުމުގައި ބޭނުންވާ ކަންކަމަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ.
ތިންބައިކުޅަ ދެބައި ސްކޭލިން ގާނޫނުގެ ގިނަ ދިރާސާތައް ފަނިފަކުސާ ނުވަތަ ސެލް ފަދަ ކުދިތަކެތީގެ މައްޗަށް ކުރެވިފައިވާއިރު، ބޮޑެތި ޖަނަވާރުތަކާ ގުޅޭގޮތުން ދިރާސާކޮށްފައިނުވެއެވެ.މި ގޮތުން ޖޭމްސް ކޫކް ޔުނިވާސިޓީ (ޖޭސީޔޫ) އާއި ޔުނިވާސިޓީ އޮފް މެސެޗުސެޓްސްގެ ސައިންސްވެރިން މި އުސޫލު މިޔަރުގައި އެކުލެވޭގޮޓް 3ޑީ އިމޭޖިން ޓެކްނޮލޮޖީގެ އެހީގައި ދިރާސާކޮށްފައިވެއެވެ.
މި ދިރާސާގައި ސީޓީ ސްކޭންއާއި ފޮޓޯގްރަމެޓްރީ (ފޮޓޯ ބޭނުންކޮށްގެން 3ޑީ މޮޑެލް އުފައްދާ އުކުޅެއް) ބޭނުންކޮށްގެން 54 މިޔަރުގެ ވައްތަރެއްގެ ތަފްސީލީ ޑިޖިޓަލް ރެޕްލިކާ އުފެއްދައިފައިވެއެވެ. މި މޮޑެލްތަކުގެ ސަބަބުން ދިރާސާވެރިންނަށް ކޮންމެ މިޔަރުގެ ވައްތަރެއްގެ ސާފެސް އޭރިއާ އަދި ވޮލިއުމް ހޫދައި، ސްކޭލިން ގާނޫނު ޓެސްޓް ކުރުމަށް ބޭނުންވާ ޑޭޓާ ހޯދިއެވެ.
ފައިލޯޖެނެޓިކް ރިގްރެޝަން ކިޔާ ނިޒާމެއް ބޭނުންކޮށްގެން ދިރާސާވެރިން ހޯދި ގޮތުގައި މިޔަރުގެ ބާވަތްތައް ތިންބައިކުޅަ ދެބައި ސްކޭލިންގ ޤާނޫނަށް ވަރަށް ގާތުން ތަބާވެއެވެ. ސާފެސް އޭރިއާ އަދި ވޮލިއުމްގެ ނިސްބަތް އެއްގޮތަކަށްވެސް 0.64އަށް ސްކޭލް ވެފައިވާކަން ފާހަގަކުރެވުނުއިރު، މިއީ ލަފާކުރެވުނު 0.67 ވަރާއި އެންމެ %3 ތަފާތެވެ. މިޔަރުގެ ވައްތަރުތައް ތަފާތުވެ ގިނަވީ ނަމަވެސް މިކަން ފެނިފައިވެއެވެ.
މިޔަރުތައް ތިންބައިކުޅަ ދެބައިގެ ގާނޫނަށް ވަރަށް ގާތުން ތަބާވާއިރު، މީގެ މައިގަނޑުއެއް ސަބަބަކަށް ވެގެން ދަނީ އޭތި ބޮޑުވުމުން ދާއިރު ދިމާވާ ބައެއް މިންގަނޑުތަކުގެ ސަބަބުންކަމަށް ވެދާނެއެވެ. މި އުސޫލާއި ހިލާފުވުމުން އޭގެ އެމްބްރިއޯތައް ބޮޑެވުމުން އައުމަށް ބޭނުންވާ ހަކަތަ އިންތިހާއަށް ބޮޑުވެގެން ދެއެވެ. އެހެންގޮތަކަށް ބުނާނަމަށް، މިޔަރު ހައްދަވާފައިވަނީ އެންމެެ ފުރިހަމަ މިނުންނެވެ. މިފަދަ ކަންކަމާމެދު ދިރާސާކުރުމުން މާތް ﷲގެ ކުޅަދުންވަންތަކަމުގެ އިތުރުން، ތިމާވަށްޓަށް އަންނަ ބަދަލުތަކާއެކު މިޔަރުފަދަ މަޚްލޫގުންތައް ބެލެހެއްޓުމާއި ގުޅޭގޮތުން އަޅުގަނޑުމެންނަށް މުހިންމު ފިލާވަޅުތަކެއ ލިބިގެންދެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.