ނާސާގެ އަމިއްލަ ސްޓްރީމިން ސާވިސް ތަޢާރަފް ކުރަނީ

އަޙްމަދު ދާއޫދު 29 ޖުލައި 2023

ނާސާއިން އެކުންފުނީގެ އަމިއްލަ ސްޓްރީމިން ޚިދުމަތް ތަޢާރަފް ކުރަން ނިންމައިފިއެވެ

ނާސާ ޕްލަސްގެ ނަމުގައި މިއަހަރު ފަހުކޮޅު އާ ސްޓްރީމިން ސާވިސްއެއް ތައާރަފް ކޮށްމިޚިދުމަތް ހިލޭ ދޭން ނިންމާފައި ވާއިރު، އިޝްތިހާރުވެސް ނުހިމެނޭނެ ކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން ބުނީ އަލަށްފަށާ ސްޓްރީމިން ހިދުމަތުގެ ތެރޭގައި މުސްތަގުބަލުގެ ލޯންޗްތަކުގެ ލައިވް ކަވަރޭޖާއި ޑޮކިއުމެންޓްރީތަކާއި އާ އޮރިޖިނަލް ސީރީޒްތައް އެ ޕްލެޓްފޯމުން އެކްސްކްލޫސިވްކޮށް ލިބެން ހުންނާނެ އެވެ.

ނާސާގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓާ އޮފް ކޮމިއުނިކޭޝަން މާކް އެޓްކިންޑް ނެރުނު ބަޔާނެއްގައި ބުނީ ނާސާގެ އާ ސްޓްރީމިން ޕްލެޓްފޯމާއެކު ޑިމާންޑާއި އެއްވަރަށް ކަންކަން ތައާރަފް ކުރމުން ދާނެކަމަށެވެ.

"އަޅުގަނޑުމެންގެ ޑިޖިޓަލް ޕްރެޒެންސް ޓްރާންސްފޯމް ކުރުމުން ނާސާއިން ވައިގެ ތެރޭގައި އަދި ޖައްވުގައި ނޭނގޭ ކަންކަން ދެނެގަނެ، ޑިސްކަވަރީގެ ޒަރިއްޔާއިން އިންސްޕަޔާކޮށް، އިންސާނިއްޔަތުގެ ލާބައާއި މަންފާއަށް ޓަކައި އިނޮވޭޓްކުރާ ގޮތުގެ ވާހަކަތައް އިތުރަށް ރަނގަޅަށް ކިޔައިދޭނެ." އެބަޔާނުގައި ވެއެވެ.

އައިއޯއެސް އަދި އެންޑްރޮއިޑް މޮބައިލް އަދި ޓެބްލެޓް ޑިވައިސްތަކުން ނާސާ އެޕް މެދުވެރިކޮށް ނާސާ ޕްލަސް ގެ އިތުރުން ސްޓްރީމިން މީޑިއާ ކުންފުނިތައް ކަމަށްވާ ރޯކޫ، އެޕަލް ޓީވީ އަދި ފަޔާ ޓީވީ މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

އަދި އެ އެޖެންސީގެ އާ ބީޓާ ވެބްސައިޓް މެދުވެރިކޮށް ވެސް ސްޓްރީމިން ޚިދުމަތް ލިބޭނެ އެވެ. އާ ވެބް އެކްސްޕީރިއަންސަކީ އެ އެޖެންސީގެ މިޝަންތަކާއި ދިރާސާތަކާއި ކްލައިމެޓް ޑޭޓާ އާއި އާޓެމިސް އަޕްޑޭޓްސް ފަދަ މައުލޫމާތުތައް ލިބިގެންދާނެ ވެބް އެކްސްޕީރިއަންސަކަށް ވާނެ އެވެ. އަޕްޑޭޓްކޮށްފައިވާ nasa.gov އަދި science.nasa.gov ވެބްސައިޓްތަކުން އާންމު ސާޗް އިންޖީނަކާއި އިންޓަގްރޭޓެޑް ނެވިގޭޝަނަކާއެކު ޓޮޕިކް ޑްރިވެން އެކްސްޕީރިއަންސެއް ލިބިގެންދާނެ އެވެ.

އެ އެޖެންސީން މިހާރު ބޭނުންކުރަނީ ނާސާ ޓީވީގެ ވީޑިއޯ ކޮންޓެންޓާއި ލޯންޗް ސްޓްރީމްތަކެވެ.

ނާސާގެ ސައިޓާއި ޔޫޓިއުބްގައި ވެސް 24 ގަޑިއިރު ކޮންޓެންޓްގެ ސްލޭޓެއް ހިންގަ އެވެ. އަމިއްލަ ސްޓްރީމިން ހިދުމަތެއް ތައާރަފްކޮށް ނާސާއިން އަންނަނީ ބެލުންތެރިންނަށް އޭގެ ކޮންޓެންޓަށް ވަނުމަށް ހާއްސަ ޖާގައެއް އުފައްދަމުންނެވެ.

ނާސާގެ ސީއައިއޯ ޖެފް ސީޓަން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އެ އެޖެންސީގެ މައި ވެބްސައިޓްތައް ޒަމާނީ ކޮށް، އޮންލައިންކޮށް އެ އެޖެންސީގެ ކޮންޓެންޓާ އާންމުން ބައިވެރިވާ ގޮތް ސްޓްރީމްލައިން ކުރުމަކީ ނާސާގެ މައުލޫމާތު "މިހާރަށް ވުރެ ބޮޑަށް އެކްސެސްކުރެވޭ، ހޯދޭނެ އަދި ރައްކާތެރި" ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެއް ކަމަށެވެ.

ސްޓްރީމިންގ ޚިދުމަތަކީ ކިހިނެއްވާނެ ޚިދުމަތެއްކަމެއް ނޭނގުނު ނަމަވެސް، އެ އެޖެންސީގެ ކޮންޓެންޓް ޒަމާނީކޮށް ސްޓްރީމްލައިން ކުރުމަށް އިސްކަންދޭ ކަމަށް އެ އެޖެންސީން ބުނަމުންދާތީ، އެހެން ސްޓްރީމިން ހިދުމަތްތަކާ އަޅުގަނޑުމެން އާދަވެފައިވާ އިންޓަފޭސްއެއް އަޅުގަނޑުމެންނަށް ފެންނާނެ ކަމަށް ބެލެވެއެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.