ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ވަރަށް އަވަހަށް އީމެއިލް ސެކިއުރިޓީ ފީޗާ އެއް ލިބިދާނެކަމަށް އެ ޕްލެޓްފޯމުން ބުނެފިއެވެ.
ވަޓްސްއެޕުން ބުނީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ވަރަށް އަވަހަށް އިތުރު ސެކިއުރިޓީ ފީޗާއެއް ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ހެކްކުރަން ކުރާ މަސައްކަތްތަކުން ސަލާމަތްވެވޭނެ ކަމަށެވެ.
އެ ޕްލެޓްފޯމުން ދާދި ފަހުން ވަނީ ބީޓާ ބޭނުންކުރާ ފަރާތްތަކާ އެކު މި އޮޕްޝަން ޓެސްޓު ކުރަން ފަށާފައި ކަމަށްވާއިރު، ކުރިއަށް އޮތް މަސްތަކުގައި ހުރިހާ ޔޫޒަރުންނަށްވެސް މިޚިދުމަތް ލިބިގެންދާނެކަމަށް ބެލެވެއެވެ.
އާންމުގޮތެއްގައި ވަޓްސްއެޕަށް ސައިންކުރަން ޖެހިއްޖެ ނަމަ ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަމްބަރުގައި ވާ އޯޓީޕީ އެއް މެދުވެރިކޮށް އެ ނަންބަރު އޮތެންޓިކޭޓް ކުރަން ޖެހޭ އިރު މެސެޖިން އެޕްލިކޭޝަނުން މިހާރު އަންނަނީ އީމެއިލް އައިޑީ މެދުވެރިކޮށް ވެސް އެކައުންޓް ވެރިފައި ކުރުމުގެ ފުރުސަތު ދެމުންނެވެ.
ފޯނު ވަގަށް ނަގައިފިނަމަ ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ ފޯނުގެ އެކްސެސް ގެއްލިއްޖެ ނަމަ އީމެއިލް އޮޕްޝަން ބޭނުންވެ އެވެ. އީމެއިލް އައިޑީގެ ސެކިއުރިޓީގެ އިތުރު ލޭޔަރު އޮތުމުން މެއިލް އެޑްރެސް އަށް ވަދެވޭހާ ހިނދަކު އެހެން ޑިވައިސްއަކުން އެކައުންޓަށް ލޮގިން ކުރެވޭނެ އެވެ.
ވަޓްސްއެޕުން މޯބައިލް ނަމްބަރަށް ބަރޯސާވުމުގެ ސަބަބުން ސްކޭމްކުރާ ފަރާތްތަކަށް ފަސޭހަ ޓާގެޓަކަށް ވެފައިވާއިރު، ފަސޭހައިން ތަފްސީލުތައް ހިފަހައްޓައި، ބައެއް ހާލަތްތަކުގައި ސިމް ކްލޯނިން ފަދަ ޓްރިކްސްތަކުގެ ސަބަބުން އެކައުންޓަށް ވަދެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.
ނަމަވެސް އީމެއިލް ވެރިފިކޭޝަން ޕްރޮސެސްއެއް އޮތުމަކީ އެކައުންޓް ރައްކާތެރިކުރުމަށް ޓަކައި އެއަށްވުރެ ފުލްޕްރޫފް މޯޑެއްކަން ޔަގީނެވެ.
ޑަބްލިއު.އޭ.ބީޓާ އިންފޯއިން ހިއްސާކޮށްފައިވާ ތަފްޞީލުތަކަށް ބަލާއިރު، ވަޓްސްއެޕް ވާޝަން 2.23.16.15 އިން އީމެއިލް އޮޕްޝަން ލިބެން ހުންނާނެއެވެ. ނަމަވެސް އޭގެ މާނައަކީ މި ފީޗާ އަށް ޕަބްލިކް ރިލީޒް ލިބުން ނޫން ކަމަށާއި، މީގެ ކުރިން ވެސް އަޅުގަނޑުމެންނަށް ފެނުނު ފަދައިން، ވަޓްސްއެޕުން ފަސޭހައިން އެ އޮޕްޝަން ޖަންކް ކުރަން ނިންމައިލެވޭނީ އެހެން ކަމަކަށް ތާއީދުކޮށް ކަމަށެވެ.
ކޮންމެ ގޮތެއް ވިޔަސް އެ ޕްލެޓްފޯމުން އެޕް ރައްކާތެރި ކުރެވޭނެ ގޮތްތައް ހޯދުމަކީ ރަނގަޅު ކަމެއް ކަމަށާއި ވަޓްސްއެޕުން މި ދުވަސްވަރު ހަލުވި ސްޕީޑެއްގައި އާ ފީޗާތައް ގެނެސްދެމުން އަންނަ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޕްލެޓްފޯމް ބޭނުންކުރާ އެތައް ބިލިއަން މީހުންގެ މެދުގައި މި ފީޗާގެ ސަބަބުން އެ ޕްލެޓްފޯމް އިތުރަށް މަގުބޫލުވެގެން ދާނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.