ޓުވިޓާގެ މަޝްހޫރު ނޫ ކުލައިގެ ރީތި ދޫނި މިހާރު އެވަނީ މަރުވެފައެވެ. ނުވަތަ މަހުޖަނު އީލޮން މަސްކް އެދޫނި އަބަދުގެ އަބަދަށް މަރައިލީއެވެ.
ޖުލައި މަހުގެ 23 ވަނަ ދުވަހު އީލޮން މަސްކް ނިންމީ އޭނާގެ އަމިއްލަ ސޯޝަލް ނެޓްވޯކް ޓްވިޓަރ ހަމައެކަނި އެކްސް ގެ ނަމުން ރީބްރޭންޑް ކުރާށެވެ. އޭނާ އެކަން އެގޮތަށް ކުރިނަމަވެސް އަހަރެމެންނަކަށް އަދިވެސް އެކްސްގެ ނަން އެހާބޮޑަކަށް ފަރިތައެއް ނުވެއެވެ.
އެކަމަކު އުފެދޭ ސުވާލަކީ ކީއްވެ ހެއްޔެވެ؟ ތިބާގެ އެންމެ ގާތް އެކުވެރި ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާ އެޕްލިކޭޝަނަކީ މިހާރު އޭގައި ސިއްރުތަކެއް އެކުލެވިގެންވާ ނުވަތަ އޮޅުން ބޮޅުންވެފައިވާ އެކްސް އެއް ހެއްޔެވެ؟
އީލޮން މަސްކް އަކީ އާދައިގެ މީހެއްނޫންކަން އަހަރެމެން އެންމެވެސް ޤަބޫލުކުރާހިނދު ޓުވިޓާއަށް މިހާތަނަށް މިގެނައި ބަދަލުތަކާއި، އަދި ކުރިއަށް ހުރި އިތުރު ބަދަލުތަކަކީ ކޮބައިކަމާމެދު ވިސްނާލިން ހެއްޔެވެ؟
ޓުވިޓާއިން އެކްސް އަށް ގެނައި ބަދަލަކީ ހަމައެކަނި އެކްސް އެއްގެ ގޮތަށް އިހުސާސް ކުރެވުނަސް އެއީ ހަމައެކަނި ލޮލަށް ފެންނަ އެކްސް އަކަށްވުރެ މާ ބޮޑު ބަދަލެކެވެ.
ޓުވިޓާގެ މަސައްކަތް ތައް މިހާރުވެސް ބަދަލުވަމުން އަންނައިރު، ޗައިނާގެ ވީޗެޓް ފަދަ އާދަޔާ ޚިލާފު އެޕްލިކޭޝަނެއްގެ އުންމީދުގައި އީލޮން މަސްކް ވަނީ ވަރަށް ބޮޑު ތަސައްވުރެއް ކަނޑައަޅުއްވާފަ އެވެ.
އީލޮން މަސްކް މިހާރު ވިސްނަމުންދަނީ ހަގީގަތުގައި އެއީ ފީސިބަލް ކަމެއްތޯ ދެނެގަތުމުގެ މަރުހަލާއެވެ. އެހެންކަމާއެކު މިވަގުތަށް ޓުވިޓާ އިން އަންނަނީ ހަމައެކަނި ނަމަށް ވުރެ ބޮޑަށް އެހެން ކަންކަމަށް ބަދަލުތައް ގެންނަމުންނެވެ.
އާ ލޯގޯއަކަށް ވުރެ އިތުރަށް އެކްސް އިން ގެނެސްފައިވާ ބަދަލުތަކާއި، ދެން ގެންނާނެ ކަމަށް ބެލެވޭ ބަދަލުތަކަކީ ކޮބައިތޯ ބަލައިލަމާ ހިނަގާށެވެ.
ޓްވިޓާ އެކްސް އަށް ބަދަލުވީ ކީއްވެ؟.
މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ޓުވިޓާ އިން ކުއްލިގޮތަކަށް އެކްސް އަށް ރީބްރޭންޑް ކުރުމުން ދުނިޔޭގެ 240 މިލިއަން މީހުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ނަމަވެސް މިދިޔަ އަހަރު އީލޮން މަސްކް އިޝާރާތް ކުރެއްވި ސަބަބުތައް އެންމެ ފަހުން ފެންމަތިވި އެވެ.
އެންމެ ކުރުކޮށް ބަޔާން ކޮށްދެއްވީ ތިރީގައިވާ ޓުވީޓުގައި (ނުވަތަ އެއީ ޒެއިޓްހެއްޔެވެ؟) މަސްކް އަމިއްލަފުޅަށް ލިޔުއްވާފައިވާ ބަސްފުޅެކެވެ. އޭގައި އޭނާ ކިޔައިދިން ގޮތުގައި އެކްސް ކޯޕް (ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި ކުންފުނި) ސޯޝަލް ނެޓްވޯކް ގަތީ "އެކްސްގެ އެކްސެލެރޭޓެއްގެ ގޮތުގައި، އެވްރިތިންގް އެޕް" ގެ ގޮތުގަ އެވެ.
ޓުވިޓާ އެ މަތިވެރި އަމާޒަށް ދަތުރުކުރަމުންދާއިރު، މަސްކް ވިދާޅުވަނީ ޓުވިޓާގެ ނަމުގެ މާނައެއް ނެތް ކަމަށާއި ހާއްސަކޮށް އެކްސް ކޯޕުން "ކުރިއަށް އޮތް މަސްތަކުގައި" "މުޅި މާލީ ދުނިޔެ ހިންގުމުގެ ގާބިލުކަން" އެޕްލިކޭޝަނުގައި އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
ޓުވިޓާ އެކްސް އަށް ރީބްރޭންޑް ކުރުމަކީ އެއްވެސް މީހަކު ހީކުރި ވަރަށް ވުރެ ކުއްލި ގޮތަކަށް މަސްކް ކުރެއްވި ކަމެކެވެ. ނަމަވެސް، މަސްކް މީގެ ކުރިން ވަނީ 4 އޮކްޓޫބަރު 2022 ގައި ކުރި ޓުވީޓެއްގައި (އޭރު ވެސް އެނގުނު ފަދައިން) މަތީގައިވާ ޕްލޭންތަކަށް އިޝާރާތް ކުރައްވައިފަ އެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ "ޓުވިޓާ ގަތުމަކީ ހުރިހާ ކަމެއް ގެ އެޕް، އެކްސް އުފެއްދުމަށް ލިބޭ ހަލުވި ކަމެއް" ކަމަށެވެ.
މަސްކް އަކީ ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވި ބޭފުޅަކަށްވާތީ، އެ ވާހަކަތަކާ މެދު ޝައްކު އުފެދި، ޓުވިޓާ އިން ދެއްކި އަވާމެންދުރެެއްގެ ތެރޭގައި ކުރިއަށް ދިޔަ އިރު، ލެގަސީ ބްލޫ ޗެކްމާކްތައް އުވާލުމުން ފެށިގެން ރޭޓް ލިމިޓްތައް ރޭގަނޑު ތައާރަފްކުރުން ފަދަ ބޮޑެތި ބަދަލުތައް ވަނީ ގެނެސްފަ އެވެ.
ނަމަވެސް މިހާރު ޓުވިޓާއަށް ވަނީ މިހާތަނަށް އެންމެ ބޮޑަށް ފެންނަ ބަދަލުތައް ގެނެސްފަ އެވެ. އައިއޯއެސް އާއި އެންޑްރޮއިޑްގެ މޮބައިލް އެޕް އައިކަންތައް މިހާރު އެކްސް އަށް އަރާއިރު ބްރައުޒާ ވާޝަންގައި އެއް ބްރޭންޑިންއެއް (އަދިވެސް އާދައިގެ twitter.com ޔޫއާރްއެލްގައި ހުރި ނަމަވެސް) ގެންގުޅެ އެވެ.
މަޝްހޫރު ޓުވިޓާ ޑޭޝްބޯޑް ޕްރޮގްރާމް ކަމަށްވާ ޓުވީޓްޑެކް އަށް މިހާރު ކިޔަނީ އެކްސްޕްރޯ އެވެ. ފުޖީފިލްމްގެ ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުން އަންނަ އެކްސް-ޕްރޯ ސިލްސިލާއަށް ބަލާއިރު، އެ ނަމާ މެދު ބައެއް ރިޒަވޭޝަންތައް ހުރެދާނެ އެވެ.
މި ހުރިހާ ބަދަލަކީ ވެސް ވަރަށް ބޮޑު ހަޤީޤަތެއް އެކުލެވިގެންވާ ބަދަލުތަކަކަށް ވާއިރު، ޓްވިޓާގެ ނަމާއި ލޯގޯ އަށް ވުރެ ބޮޑަށް މަސްކް ވިސްނަމުންދަނީ ޓްވިޓާގައި ގެންނަ އެހެނިހެން ބަދަލުތަކަށެވެ.
ހަޤީޤީ އެކްސް އަށް އަހަރެމެން ޔޫޒަރުން ބަދަލުވާނީ ކޮންއިރަކުން ހެއްޔެވެ؟
އެކްސް އެޕްލިކޭޝަނާއި ވެބްސައިޓް އަދިވެސް ހުރީ ޓުވިޓާގެ ގޮތުގަ އެވެ. ޚިޔާލުތައް އުފައްދައި، ފްލޭމް ވޯރސްތައް އޮބްޒާވްކޮށް، އެންމެ ފަހުގެ ޚަބަރުތަކާއި މީމްސްތަކާއި، އާދަޔާ ޚިލާފު ވައިރަލް ޓްރެންޑްތައް ހިޓްކޮށްލަން އަދިވެސް މިއީ ވަރަށް ނުރައްކާތެރި އެޑިކްޓިވް ތަނެކެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ ބަދަލެއް އާދެއެވެ.
އެކްސްގެ ރަސްމީ ލިސްޓުން މަހުން މަހަށް އަންނަ ބަދަލުތަކުން ފެންނާނެ ފަދައިން، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެތައް ބަދަލެއް އައިސްފައިވެ އެވެ. އެއީ ވަރަށް ގިނަ އަންޑަ ދަ ހޫޑް އަލްގޯރިދަމް ޓުވީކްތައް ނުހިމެނުމެވެ.
އެންމެ ފަހުން ޖުލައި މަހުގެ 25 ވަނަ ދުވަހު އެކްސް ބްލޫ ސަބްސްކްރައިބަރުންނަށް (މަހަކު 8 ޑޮލަރު / ޕައުންޑް 9.60 / އޭޔޫ ޑޮލަރުން ނުވަތަ އަހަރަކު 84 ޑޮލަރު / ޕައުންޑް 100.80 / އޭޔޫ ޑޮލަރުން ފައިސާ ދައްކާ) އެކްސް އިން ވީޑިއޯ ޑައުންލޯޑް ކުރުމުގެ ގާބިލްކަން ދީފައިވެ އެވެ. އުފާވެރިކަމާއެކު ސަބްސްކްރައިބަރުން ވެސް ވަނީ ބްލޫ ވެރިފިކޭޝަން ޓިކްތައް ފޮރުވުމުގެ ފުރުސަތު ދީފައި ކަމަށާއި އެ ޓިކްތަކަކީ ޝަރަފުގެ ބެޖެއް ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ.
އެއީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެކްސް ބްލޫ ގެ ސަބްސްކްރައިބަރުންނަށް ލިބުނު އާމްދަނީ ކުއްލިއަކަށް އިތުރުވެ، ވައިރަލް ޓުވީޓުތަކަށް ޖަވާބު ދިނުމުގައި ލިބޭ އިޝްތިހާރުގެ އާމްދަނީގެ މައްޗަށް ބިނާކޮށް ބައެއް ކޮންޓެންޓް ކްރިއޭޓަރުންނަށް އިނާމު ދޭން ފެށުމުންނެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި ޖުލައި މަހުގެ އެއްވަނަ ދުވަހު އެ ސައިޓުގައި ރޭޓް ލިމިޓް ތައް ވަގުތީ ގޮތުން ތައާރަފްކުރީ "ޑޭޓާ ސްކްރެޕިން އާއި ސިސްޓަމް މެނިޕިއުލޭޝަންގެ އެކްސްޓްރީމް ލެވެލްތަކަށް ހައްލު ހޯދުމުގެ ގޮތުން" ކަމަށެވެ. މިކަމުގެ ސަބަބުން ދުވާލެއްގެ ތެރޭގައި ކިޔެވޭނެ ނަންބަރު ޕޯސްޓުތައް ލިމިޓްވި ނަމަވެސް ފަހުން ވަނީ ލުއިތަކެއް ދީފަ އެވެ.
އީލޮން މަސްކްގެ ޓްވިޓާ އަތުލުމާއި އެކްސް ރީބްރޭންޑް ގެނައުމުން އައި އެންމެ ބޮޑު ބަދަލަކީ ސޯޝަލް ނެޓްވޯކްގެ ވެރިފިކޭޝަން ސިސްޓަމް މުޅިން އޮޅުވާލުމެވެ. މީގެ ކުރިން ވެރިފިކޭޝަނަކީ "ފާހަގަކޮށްލެވޭ އަދި އެކްޓިވް" އެކައުންޓެއްގެ ސައްހަކަން ކަށަވަރު ކޮށްދިނުމެކެވެ.
އެކްސް އަށް ދެން އަންނަނީ ކޮންއެއްޗެއް ހެއްޔެވެ؟
އީލޮން މަސްކް ވަރަށް ސާފުކޮށް ބުނަމުން ދަނީ އޭނާ ބޭނުންވަނީ އެކްސް ނުވަތަ ކުރިން ޓްވިޓާގެ ގޮތުގައި އޮތް އެއްޗަކީ "އެވްރިތިންގް އެޕް" އަކަށް ވާން ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެންމެ ކައިރީގައިވާ އެއް މިސާލަކީ އިންސްޓަންޓް މެސެޖިން، ސޯޝަލް މީޑިއާ އަދި މޮބައިލް ޕޭމަންޓް އެއް އެޕްލިކޭޝަނެއްގައި އެއްކޮށްގެން ގެނެސްދޭ ވީޗެޓް އިން ޗައިނާ އެވެ. ވީޗެޓްގައި މިހާރު މަހަކު ބިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން އެބަތިއްބެވެ.
ޗައިނާއިން ބޭރުގައި ވީޗެޓްގެ ވާދަވެރިއެއް އުފެއްދުމަކީ ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށާއި ނަމަވެސް އެއީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ ކަމަށް ބެލެވެ އެވެ. ފެށުނީއްސުރެ، އެމެޒޯން އިން މިހާރު އެފްޓީސީއާ އެކު ހޯދަމުން އަންނަ ފަދައިން މޮނޮޕޮލިތައް ހުއްޓުވާ އެންޓިޓްރަސްޓް ގާނޫނުތައް އެމެރިކާގައި އެބަހުއްޓެވެ.
އެކަމަކު އީލޮން މަސްކް އާއި އެކްސް ކޯޕަރޭޝަނުން މަސައްކަތް ކުރާނީ އެކްސް އަކީ ވީޗެޓާ އެއްވަރުގެ ކުންފުންޏަކަށް ހެދުމަށެވެ. ރީބްރޭންޑްގައި މަސްކް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި ފުޅާ ދާއިރާއެއްގައި މުއާމަލާތްކުރުމާއި މުޅި މާލީ ދުނިޔެ ހިންގުމުގެ ގާބިލުކަން އިތުރުކުރާނެ ކަމަށެވެ.
އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ސެމާފޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރީބްރޭންޑް ކޮށްފައިވާ ޓްވިޓާގައި ރިއަލް ޓައިމް އިންވެސްޓްމަންޓް ޕްލެޓްފޯމެއް ހެދުމަށް ފިންޓެކް ކުންފުނިތަކަށް މަސްކް ކޯލްތަކެއް ފޮނުވާފައިވާ ކަމަށްވެއެވެ. އެކްސްގައި ވަރަށް އަވަހަށް ސްޓޮކް ޓްރޭޑިން އޮޕްޝަނެއް އަންނާނެ ކަމަށް މި ރިޕޯޓްތައް ފެތުރިފައިވީ ނަމަވެސް، އީލޮން މަސްކް ވަނީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަދިވެސް ރޮބިންހޫޑާއި އީޓޯރޯ ފަދަ ޕްލެޓްފޯމްތަކާ ވާދަ ކުރުމަކީ އެކްސްގެ މުސްތަގުބަލުގައި ވާނެ ކަމެއްކަން ޔަގީނެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އީޓޯރޯ އިން ޓްވިޓާއާ ގުޅިގެން ގިނަ އަދަދެއްގެ ސްޓޮކާއި ކްރިޕްޓޯކަރަންސީގެ އަގުތައް ވަގުތުން ބަލާލެވޭނެ ކަމަށާއި "ސޯޝަލް ޓްރޭޑިން" ޕްލެޓްފޯމްގެ ތަރުޖަމާނަކު ސެމާފޯއަށް ވިދާޅުވީ "އެކްސް އަކީ ޑީއައިވައި އިންވެސްޓްމަންޓް ކޮމިއުނިޓީގެ ވަރަށް މުހިންމު ބައެއް" ކަމަށެވެ.
އެހެންވީމާ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި، އެލޯން މަސްކް އެ ސައިޓުގެ ލޯގޯ ކުއްލިއަކަށް އެކްސްއަކަށް ބަދަލުކޮށްލި ހާދިސާއަކީ، ހަމަ ހުރެފައި ހިނގި ހާދިސާއެއް ކަމަށް ތިޔަބޭފުޅުން އުންމީދު ކުރެއްވިކަމަށްވަންޏާ، އެއަށްވުރެ ގިނަ ކަންތައްތަކަށް ތައްޔާރުވެވަޑައިގަންނަވާށެވެ.
އީލޮން މަސްކް ބޭނުންވަނީ އެކްސް އަކީ ސިޔާސީ ހަތިޔާރަކަށް ވީ މިންވަރަށް ވުރެ ބަޮޑަށް ފައިސާ ހޯދިދާނެ ވަސީލަތަކަށް އެކްސް ހެދުމަށެވެ. އޭގެ މާނައަކީ ޓްރޭޑިން، ކްރިޕްޓޯކަރަންސީ އާއި އެކު ގިނަ ބަޔަކު ވަރަށް އަވަހަށް އޭގެ މީމްސްތަކާ އެކު ބޭނުން ކުރަން ފަށާނެ ކަމަށް ބެލެވޭ ކަމެވެ.
ކްރެޑިޓް ކާޑުގެ ތަފްސީލާއި މާލީ މައުލޫމާތާއެކު އެކްސްއަށް އިތުބާރު ކުރަން ތައްޔާރަށް ތިބީ ކިތައް މީހުންތޯ މިއީ އަދި މުޅިން އެހެން ވާހަކައެކެވެ. އެވާހަކަތައް އިހަށް ބާއްވަމާ ހިނގާށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.