ވިޔަފާރިތަކަށް އަމާޒުކޮށްގެން ޗެޓްޖީޕީޓީ އެންޓަރޕްރައިޒް

އަޙްމަދު ދާއޫދު 28 އޯގަސްޓު 2023

އާޓިފިޝަލް އިންޓެލިޖެންސްގެ ލީޑަރު އޯޕަންއޭއައި އިން ބުނީ ބޮޑެތި ވިޔަފާރިތަކަށް އަމާޒުކޮށްގެން ޗެޓްޖީޕީޓީގެ ވާޝަނެއް ނެރެން ނިންމާފައިވާ ކަމަށާއި، އޯޕަންއޭއައި އާއި އެ ކުންފުނީގެ ފައިނޭންޝަލް ބެކަރ މައިކްރޮސޮފްޓުން ކަސްޓަމަރުންނަށް ދޭ ކަންތައްތަކުގެ އޯވަލެޕް އިތުރުވަމުންދާ ކަމަށެވެ.

ޗެޓްޖީޕީޓީ އެންޓަޕްރައިޒަކީ އޯޕަންއޭއައިގެ ޓެކްނޮލޮޖީއަށް އިތުރު ސެކިއުރިޓީ، ޕްރައިވެސީ އަދި ހަލުވި ސްޕީޑްގެ އެކްސެސް ފޯރުކޮށްދޭ ޕްލޭންއެއް ކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ނުވަ މަހެއްހާ ދުވަސް ކުރިން ޗެޓްޖީޕީޓީ ތައާރަފްކުރި ފަހުން، ފޯޗޫން 500 ކުންފުނީގެ 80 އިންސައްތަ އަށް ވުރެ ގިނަ ކުންފުނިތަކުގައި ޓީމުތަކުން މި ޓެކްނޮލޮޖީ އެޑޮޕްޓްކުރާތަން ފެނިފައިވާ ކަމަށް އޯޕަން އޭއައި އިން ހާމަކުރެއެވެ. މި 80 އިންސައްތަ ތަފާސް ހިސާބުތަކަކީ ކޯޕަރޭޓް އީމެއިލް ޑޮމެއިންތަކާ ގުޅިފައިވާ އެކައުންޓްތަކުން ކަނޑައެޅިފައިވާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ޗެޓްޖީޕީޓީ އެކައުންޓްތައް ހުންނަ ފޯޗޫން 500 ކުންފުނީގެ ނިސްބަތެވެ. މި ކުންފުނިތަކުގައި ޗެޓްޖީޕީޓީ ޑިޕްލޮއިކުރުމުގެ ވަރަށް އާދައިގެ އަދި ރައްކާތެރި ގޮތެއް ބޭނުން ވާކަން އެނގިފައިވާކަމަށްވެސް އޯޕެންއޭއިއިން ހާމަކުރެއެވެ. ޗެޓްޖީޕީޓީ އެންޓަޕްރައިޒްގެ ކުރީކޮޅު ބޭނުންކުރާ ފަރާތްތައް- ބްލޮކް، ކެންވާ، ކާލައިލް، ދަ އެސްޓީ ލައުޑާ ކޮމްޕެނީސް، ޕީޑަބްލިއުސީ އަދި ޒެޕިއާ ފަދަ ކުންފުނިތައް ޗެޓްޖީޕީޓީ ބޭނުންކޮށްގެން މުވާސަލާތީ މަސައްކަތްތައް ހަރުދަނާކުރުމާއި، ކޯޑިން މަސައްކަތްތައް ހަލުވިކުރުމާއި، ވިޔަފާރީގެ ކޮމްޕްލެކްސް ސުވާލުތަކަށް އަވަސް ޖަވާބެއް ހޯދުމާއި، އުފެއްދުންތެރި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެނޫންވެސް ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ

މިދިޔަ ނޮވެމްބަރު މަހު އޯޕަންއޭއައި އިން ކޮންސިއުމާ ފޯކަސްޑް ޗެޓްޖީޕީޓީ ނެރުމުން، ލިޔުމުން ފެށިގެން ކޯޑިންއާ ހަމައަށް ކޮންމެ ދުވަހެއްގެ މަސައްކަތްތަކުގައި ޖެނެރޭޓިވް އޭއައި ބޭނުންކުރަން ފަށައި، ޖެނުއަރީ މަހު މަހަކު 100 މިލިއަން އެކްޓިވް ޔޫޒަރުންނާ ހަމައަށް ވަނީ ގޮސްފަ އެވެ.

މައިކްރޮސޮފްޓުން މިހާރުވެސް ވިޔަފާރިތަކަށް ޗެޓްޖީޕީޓީ ގެ ހިދުމަތް ފޯރުކޮށްދެނީ އެކުންފުނީގެ އެޒޫރު އޯޕަންއޭއައި ސާވިސް މެދުވެރިކޮށެވެ.

ޗެޓްޖީޕީޓީ އެންޓަޕްރައިޒް ސަބްސްކްރައިބަރުން އަޒޫރަށް ސަބްސްކްރައިބް ކުރަން ނުޖެހޭ ކަމަށް އޯޕަންއޭއައި އިން ބުނެއެވެ. އޯޕަންއޭއައި އާއި މައިކްރޮސޮފްޓުން މީގެ ކުރިން ވެސް އޯވަލެޕިން ހިދުމަތްތަކެއް ތައާރަފްކޮށްފައިވާއިރު، ކަސްޓަމަރުންގެ މައްޗަށް މި ދެ ކުންފުނިން ވާދަކުރަނީ ކިހާ ވަރެއްގެ ވާދަވެރިކަމެއް ކަމެއް ސާފެއް ނުވެ އެވެ.

ޗެޓްޖީޕީޓީ އެންޓަޕްރައިޒް އިން ކަސްޓަމަރުންގެ ބަދަލުގައި މައިކްރޮސޮފްޓާއޮ ވާދަކުރޭތޯ ސުވާލު ކުރުމުން އޯޕަންއޭއައިގެ ތަރުޖަމާނު ވިދާޅުވީ "ކަސްޓަމަރުންނަށް އެ މީހުންގެ ވިޔަފާރިއަށް އެންމެ ރަނގަޅު ޕްލެޓްފޯމަކީ ކޮބައިކަން އިޚްތިޔާރު ކުރެވޭނެ" ކަމަށެވެ.

ޗެޓްޖީޕީޓީ އެންޓަޕްރައިޒްގެ އަގު

މި ޕްލޭންގެ ސީދާ އަގެއް އޯޕަންއޭއައިއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މީހުން ޓެކްކްރަންޗަށް ބުނެފައި ވަނީ ޗެޓްޖީޕީޓީ އެންޓަޕްރައިޒްގެ އަގު ތައް ބަރޯސާވާނީ "ކޮންމެ ކުންފުންޏަކުން ވެސް ބޭނުންކުރާ އަދި ބޭނުންކުރާ ކޭސްތަކުގެ މައްޗަށް" ކަމަށެވެ.

އަގުތައް އޮޅުންފިލުވުމަށް ކުންފުނީގެ ސައިޒާއި އިންޑަސްޓްރީ ފަދަ ތަފްސީލުތައް ފޯރުކޮށްދޭ ފޯމެއް ފުރިހަމަކޮށް ހުށައެޅުމުން މަޢުލޫމާތު އެނަލައިޒް ކުރުމަށްފަހު، ކަސްޓަމައިޒްޑް ޕްރައިސިންގ ކޯޓެއް އޯޕެން އޭއައި އިން ފޮނުވާނެއެވެ.

ޗެޓްޖީޕީޓީ އެންޓަޕްރައިޒް ތައާރަފްކުރުމާއެކު، އޯޕަންއޭއައި އިން އުއްމީދު ކުރަނީ ވަޒީފާ ދޭ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ޗެޓްޖީޕީޓީ ބޭނުންކުރާ މިންވަރު ބަލައިގަތުމުގައި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.