އޭއައި އާއި ބެހޭ ޚާއްޞަ ޑިޕާޓްމެންޓެއް ހަދަން ފެނޭ: މަސްކް

އަޙްމަދު ދާއޫދު 17 ސެޕްޓެމްބަރު 2023

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބެހޭ ޚާއްޞާ އިދާރާއެއް ނުވަތަ ޑިޕާޓްމެންޓެއް ދުނިޔޭގެ ފެންވަރުގައި އުފެއްދުމުގެ ޚިޔާލު ޓެސްލާ ކުންފުނީގެ ސީއީއޯ މަހުޖަނު އީލޮން މަސްކް ފާޅު ކުރައްވައިފިއެވެ.

ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ޓެކް ވިޝަންރީ އެލޮން މަސްކް ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ އިންޓެލިޖެންސްގެ ތަރައްގީ ބެލެހެއްޓުމަށާއި އޭގެ ޒިންމާދާރު ކަމާއި ބޭނުން ކަށަވަރު ކުރުމަށް "ޑިޕާޓްމަންޓް އޮފް އޭއައި" އެއް އުފައްދަން ހުށަހަޅުއްވާފަ އެވެ.

"މީގެ ކުރިން ވެސް ރެގިއުލޭޓަރީ އެޖެންސީތަކެއް އުފައްދައިފިން،" އޭއައިއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ޓެކްގެ އެހެން ސީއީއޯތަކާ އެކު ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މަސްކް ވިދާޅުވި އެވެ.

އޯޕަންއޭއައި ފަދަ ވެންޗާތައް މެދުވެރިކޮށް އޭއައި ރިސާޗްގައި ބައިވެރިވެވަޑައިގެން އުޅުއްވާ މަސްކް ވަނީ އޭއައި ޓެކްނޮލޮޖީއާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތައް ހައްލުކުރުމަށް ޕްރޮއެކްޓިވް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މަސްކް މިހެން ވިދާޅުވެފައި މިވަނީ އޭއައި އެތިކްސް އާއި ރެގިއުލޭޝަނާއި އެކަމުގެ ސަބަބުން މުޖުތަމައުއަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ބަހުސްތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

އޭއައިގެ ސަލާމަތާއި ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި ޙައްލު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރަނގަޅު ވެރިކަމެއް ނެތި، ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމަކީ ހީވެސް ނުކުރާފަދަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޑިޕާޓްމަންޓް އޮފް އޭއައި" އުފެއްދުމަކީ ކޮންސެޕްޝަނަލް ވިސްނުމެއްގެ ގޮތުގައި ދެމިއޮތް ނަމަވެސް، އޭއައިގެ މުސްތަގުބަލު ބައްޓަންކުރުމަށާއި، އެކި ދާއިރާތަކަށް ރައްކާތެރި އަދި ފައިދާހުރި އެއްބައިވަންތަކަން ކަށަވަރު ކުރުމުގައި ސަރުކާރުތަކުންނާއި ރެގިއުލޭޓަރީ އިދާރާތަކުގެ ދައުރާ ބެހޭ ގޮތުން މަޝްވަރާތައް އުފެދެ އެވެ.

އޭ.އައި. ތަރައްޤީވެ، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ތެރެއަށް މިހާރަށްވުރެ ބޮޑަށް ގުޅެމުން އަންނައިރު، އެޓެކްނޮލޮޖީ ހިންގުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު އިސްކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.