ޖައްވުގައި ހެދި ފުރަތަމަ ފެކްޓްރީ ބިމަށް ނުގެނެވި ތާށިވެއްޖެ

އަޙްމަދު ދާއޫދު 30 ސެޕްޓެމްބަރު 2023

ތަފާތު ބަލިތަކަށް ކޮންމެހެން ބޭނުންވާ ތަހުލީލުތައް ކުރުމާއި، އަދި މައިކްރޯގްރެވިޓީ މާހައުލެއްގައި ނޫނީ ތައްޔާރު ނުކުރެވޭފަދަ ބޭސްތައް އުފެއްދުމުގެ މަޤްޞަދުގައި ޖައްވުގައި ފުރަތަމަ އުފެއްދި އޯބިޓަލް ފެކްޓްރީއަށް ދިމާވި ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ދުނިޔެއަށް އަލުން ނުގެނެވި އޯބިޓްގައި ތާށިވެއްޖެ އެވެ.

މި ކުރިއަރާފައިވާ މަސައްކަތުގެ ފަހަތުގައިވާ ކުންފުނި ވާޑާ ސްޕޭސް އިންޑަސްޓްރީސް އަށް އެ ފެކްޓްރީ ބިމަށް ގެނައުމަށް ހުރަސްތަކެއް ކުރިމަތިވީ ޔޫޓާގެ ތަމްރީނު ސަރަހައްދަކަށް އިން-ސްޕޭސް މެނުފެކްޗަރިން ކެޕްސޫލް ޖައްސަން އެދުމުން، އެމެރިކާގެ ވައިގެ ސިފައިން އެކަމާ ދެކޮޅު ހެދުމުންނެވެ. ހަމައެއާއެކު، ސަލާމަތާއި ނުރައްކަލާއި އަސަރު ތަހުލީލުކުރުމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ދުނިޔޭގެ ޖައްވަށް އަލުން ވަނުމުގެ ހުއްދަ ނުދީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ހިފަހައްޓާފައެވެ.

އެފްއޭއޭއިން ރެގިއުލޭޓަރީ ޝަރުތުތައް ފުރިހަމަ ނުވާކަން ކަނޑައެޅުމުން އެކަމާ ދެކޮޅު ހެދި ނަމަވެސް، ރެގިއުލޭޓަރުންގެ ސުވާލުތަކަށް ވާޑާ ސްޕޭސް އިން ޖަވާބު ދީފައެއް ނުވެއެވެ.

އެމެރިކާގެ ކެލިފޯނިއާގައި ހުންނަ މި ސްޓާޓްއަޕް އިން އެކްސް މެދުވެރިކޮށް އަޕްޑޭޓެއް ފޯރުކޮށްދިން އިރު، އެމީހުންގެ ޖައްވީ އުޅަނދު ހުރިހާ ސިސްޓަމްތަކެއްގައި ވެސް ރަނގަޅު ސިއްހަތެއްގައި ހުރި ކަމުގެ ޔަގީންކަން ދީފައިވާއިރު، ފުރަތަމަ ނިންމާފައިވަނީ އެ ކެޕްސޫލް ނުވަތަ ފެކްޓްރީ އޯބިޓްގައި އަހަރެެއްހައި ދުވަހު ބޭއްވުމަށެވެ. ނަމަވެސް އެފެކްޓްރީއަށް ދިމާވި މައްސަލަތަކާއި ގުޅިގެން ވާޑާ ސްޕޭސް އިން އެ ފެކްޓްރީ އަނބުރާ ދުނިޔެއަށް ގެންނަން ބޭނުންވިއެވެ.

ވާޑާ ސްޕޭސްގެ ޖައްވީ އުޅަނދު ނުވަތަ އެ ފެކްޓްރީ ޖޫން މަހުގެ 12 ވަނަ ދުވަހު ފޮނުވާލީ 264 ޕައުންޑް (120 ކިލޯ)ގެ ބަރުދަނުގައި ފެލްކަން 9 ރޮކެޓެއްގަ އެވެ. އޭގެ އަސާސީ މިޝަނަކީ މައިކްރޯގްރެވިޓީ މާހައުލެއްގައި އުފެއްދުންތައް އުފައްދައި ދުނިޔެއަށް އަނބުރާ ގެނައުމެވެ. މި މިޝަނުން މުހިންމު މައިލްސްޓޯނެއް ހާސިލްކުރީ ޖޫން މަހުގެ 30 ވަނަ ދުވަހު އޯބިޓްގައި އެޗްއައިވީ ބޭސް ރިޓޯނަވިރުގެ ކްރިސްޓަލްތައް ކާމިޔާބުކަމާއެކު ބޮޑުކުރުމުންނެވެ. ތަފާތު މައިކްރޯގްރެވިޓީ މާހައުލުން އުފެއްދުމަށް ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި ނާސާއިން ފާހަގަކޮށްފައިވާ ގޮތުގައި ބޮޑެތި އަދި ފުރިހަމަ ކްރިސްޓަލްތައް އުފެދުން ހިމެނެ އެވެ.

ވާޑާގެ ކޯ ފައުންޑަރ ޑެލިއަން އަސްޕަރޫހޯވް ވަނީ އެކްސްގައި އެ ކާމިޔާބީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އެ އުފާވެރިކަން ކުޑަވެގެން ދިޔައީ ޖައްވީ އުޅަނދުގެ ނުރައްކާތެރި ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގުނު ހިސާބުންނެވެ.

އެކަމާ ގުޅިގެން ހުސްވި ސެޕްޓެމްބަރު މަހުގެ 5 ނުވަތަ 7 ވަނަ ދުވަހު އަލުން އެ އުޅަނދު ދުނިޔެއަށް ގެނައުމަށް ބޭނުންވާ ހުއްދަތައް ނެގުމަށް އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިއެވެ. ނަމަވެސް އެ ހުށަހެޅުންތައް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖޭންސީ (އެފްއޭއޭ) އިން ވަނީ ބާތިލް ކޮށްފައެވެ.

މި މައްސަލައިގައި ވާޑާ ސްޕޭސްގެ ހެޑް އަސްޕަރޫހޯވް ސިފަކުރެއްވި ގޮތުގައި ވާޑާގެ އިން-ސްޕޭސް މެނުފެކްޗަރިން ކެޕްސޫލަކީ ސްޕޭސްއެކްސްގެ ޑްރެގަން އަދި ސްޓާލައިނާ ފަދަ ހައި ޕްރޮފައިލް އިންސާނުން އުފުލާ ޖައްވީ އުޅަނދުތަކާ ތަފާތު ގޮތަކަށް ކެޓަރިން ކުރާ ވަކި ވައްތަރެއްގެ ރީއެންޓްރީ ވެހިކަލެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.