އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފ

ސައިބަރޓެގް 06 އޮކްޓޯބަރު 2023

އުރީދޫ ނޭޝަން ގޭމާސް ލޭންޑް - ގޭމިންގ ފެސްޓިވަލް ގައި ކުރިއަށް ދާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ގޭމިން ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ހާމަކުރެއެވެ.

މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރހާ ގޭމަރުންނަށް ދައުވަތު އަރުވައެވެ. އުރީދޫ ނޭޝަން ދަ ގޭމާސް ލޭންޑް ގޭމިންގ ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކުގައި ހިމެނެނީ:

ރޭސިން ސިމް ޗެލެންޖް

ވަރޗުއަލްކޮށް ކާރު ދުއްވުމުގެ ހުނަރު ދައްކާލާ އެހެން ކުޅުންތެރިންނާ ވާދަ ކުރާ ރޭސިން ސިމް ޗެލެންޖުން މޮޅުވާ ފަރާތްތަކަށް ވަރަށް ހާއްސަ ފައިސައިގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

1 ވަނަ އަށް ދާ ފަރާތަށް 11،000ރ ގެ ފައިސާ ގެ އިނާމު

2 ވަނަ އަށް ދާ ފަރާތައް 8،000ރ ގެ ފައިސާ ގެ އިނާމު

3 ވަނަ އަށް ދާ ފަރާތަށް 6،000ރ ގެ ފައިސާ ގެ އިނާމު

ކޮސްޕްލޭ

ކޮސްޕްލޭ ޗެލެންޖްގައި ބައިވެރިވުމަށް ރެޖިސްޓަރ ވާ ފަރާތްތަކުން އުރީދޫ ނޭޝަން ގޭމަރސް ލޭންޑް ގޭމިން ފެސްޓިވަލަށް އަންނަން ވާނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓަރ އެއްގެ ކޮސްޓިއުމުގައެވެ. 19 އަދި 20 އޮކޓޯބަރު ގައި މި ގޭމިންގް ފެސްޓިވަލްގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު 3 ޖަޖުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖް ކޮށް އެންމެ ފުރިހަމަ އަށް ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ ބައިވެރިއަކަށް 10،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24)

ގޭމަރުންގެ މެދުގައި މަގުބޫލު ފުޓުބޯޅައިގެ ގޭމު ކަމަށް ވާ އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24) ގައި ވާދަކުރާފަރާތްތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ފަރާތްތަކަށްވެސް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

1 ވަނަ އަށް ދާ ފަރާތަށް 20،000ރ ގެ ފައިސާ ގެ އިނާމު

2 ވަނަ އަށް ދާ ފަރާތައް 10،000ރ ގެ ފައިސާ ގެ އިނާމު

3 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު

ޓެކްކެން މުބާރާތް

ޓެކްކެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ހާއްސަ ފައިސާގެ އިނާމުތަކެއް ހަމަޖެހިފައި ވާ އިރު، މި މުބާރާތް ކުރިއަށް ދާނީ 19 އަދި 20 ވަނަ ދުވަހު އެވެ. ޓެކްކެން މުބާރާތުގައި ވާދަކޮށްގެން 1 ވަނަ 2 ވަނަ 3 ވަނަ ހޯދާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

1 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު

2 ވަނަ އަށް ދާ ފަރާތައް 3،000ރ ގެ ފައިސާ ގެ އިނާމު

3 ވަނަ އަށް ދާ ފަރާތަށް 2،000ރ ގެ ފައިސާ ގެ އިނާމު

މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ގޭމަރުންނަށް 15 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގެ ކުރިން https://ooredoonationgamersland.com މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައްވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގަ އެވެ. 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލްގައި އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލްއަކަށް ވާދަކުރާނެއެވެ.

މި މުބާރާތްތަކުގެ އިތުރުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯކުރުމާއި، ރައްޓެހިންނާއެކު ޖަސްޓް ޑާންސްއަށް ޑާންސް ކުރުމާއި، ތްރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ. ކުޑަކުދިންނަށް ހާއްސަ ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓު ސްޓޭށަންގެ އިތުރުން ފޮޓޯ ބޫތުއެއްވެސް ހިމެނިގެންދާނެއެވެ.

އިތުރަށް ކިޔާލުމަށް:

ވީޑިއޯ ގޭމުން ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުމެއް ނުދޭ

ޓެކްނޮލޮޖީ - އިޞްޠިލާޙުތަކުގެ މާނައަކީ ކޮބާ؟

ފުރަތަމަ ފަހަރަށް ގޭމިން ޕީސީއެއް ގަތުމަށް ބިގިނަރސް ގައިޑް


ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.