ހަބަރުތަކުން ބުނާގޮތުގައި ގިނަ ބްރޭންޑް ތަކަކުން ދަނީ އިންސްޓަގްރާމް ގެ ތްރެޑްސް ބޭނުން ކުރަން ހުއްޓަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ އެންގޭޖްމަންޓް ފުރުސަތުތައް ހަނިވުމެވެ. އިގިރޭސިވިލާތުގެ މަޝްހޫރު ނޫސް އިދާރާ ބްރިޓިޝް ބްރޮޑްކާސްޓިންގް ކޯޕަރޭޝަން (ބީބީސީ) އިން ވަނީ އެކުންފުނީގެ ތްރެޑްސް އެކައުންޓް ބޭނުން ކުރުން ހުއްޓާލާފައެވެ. އަދި ހައިރާން ކުރަނިވި އަނެއްކަމަކި ތްރެޑްސް ހުއްޓާލި ނަމަވެސް މެސްޓޮޑޮން ގައި އެކުންފުނިން ހިންގާ ސެލްފް ހޮސްޓަޑް އެކައުންޓް ކުރިޔަށް ގެންދެއެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި 6 މަސް ދުވަހުގެ ތަހުލުތަކެއް ކުރުމަށް މެސްޓޮޑޮން އާއި އެކު ފަށާފައިވާކަން ބީބީސީ އިން އިއުލާނު ކޮށްފައެވެ. އަދި ހަމަ މިބީދައިން ސޯޝަލް.ބީބީސީ ގައި ސެލްފް ހޮސްޓަޑް ކޮންޓެންޓް އެކުންފުނިން ދަނީ ހިއްސާކުރަމުންނެވެ. ތްރެޑްސް އާއި ފެޔަށް ބީބީސީ ޖެހިލާފައި ވަނީ އެކުންފުނިން ސޯޝަލް ނެރޭޓިވް ކޮންޓްރަޮލް ކުރަން ބޭނުންވާތީ ކަމަށް ބެލެވެއެވެ.
އެލަން މަސްކް ޓުވިޓަރ އެކްސް އަށް ރީބްރޭންޑް ކުރުމުން އެކްސްގެ މަގްބޫލުކަން ކުޑަވެގެންދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އަދި އެކްސް ގައި ކުންފުނި ތަކުން ގެންގުޅޭ އެކައުންޓްތައް އެގޮތުގައި ދެމި އެބަހުއްޓެވެ. އެކްސް އިތުރަށް ހީނަރުވެގެން ދާކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތްތަނުގައިވެސް ބީބީސީގެ މެސްޓޮޑޮން އެކައުންޓް ބަންދު ކުރާނެ ކަމަކަށް އަދި ނުބެލެވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.