ތަފާތު ބަލިތަކުގައި ވޭނުގައި ތަހައްމަލު ކުރަމުންދާ މީހުން ދުނިޔޭގައި ވަރަށް ގިނައެވެ. އެހެންކަމުން އެކި ކަހަލަ ބަލިތަކަށް ޝިފާ ހޯދުމަށްޓަކައި، ތަފާތު ސިއްހީ ކުރިއެރުންތަކަށް އިންތިޒާރު ކުރަމުންދާމީހުން މިއަދު މަދެއް ނޫނެވެ. ޓައިޕް 2 ޑައިބީޓީޒް އަކީވެސް މިފަދަ ބައްޔެކެވެ. ޓެކްނޮލޮޖީގެ އެހީގައި މިފަހަރު ސައިންސްވެރިން މިހޯދީ، 10 ސިކުންތުގެ ތެރޭގައި ޓައިޕް 2 ޑައިބީޓީޒް ހުރޭތޯ ދެނެގަންނާނޭ ގޮތެކެވެ.
މި ހޯދުމަކީ ބަޔޯޓެކް ފަރމް އެއްކަމަށްވާ "ކްލިކް ލެބްސް" ގެ ސައިންސްވެރިން ހޯދި ހޯދުމެކެވެ. މޭޔޯ ކްލިނިކް ޕްރޮސީޑިންގްސް: ޑިޖިޓަލް ހެލްތް ގައި ޕަބްލިޝް ކޮށްފައިވާ ޕޭޕާގައި ބުނާގޮތުން މި ސްޓަޑީގައި 267 މީހުން ޓެސްޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޓައިޕް 2 ޑައިބެޓިކްސް ޖެހިފައިނުވާ 192 މީހަކާއި ޓައިޕް 2 ޑައިބެޓިކްސް ޖެހިފައިވާ 75 މީހުންނެވެ.ފސދަދފސަދަދ
މި ޓެސްޓް ކުރަން ޖެހެނީ އެމީހެއްގެ ސްމާޓް ފޯން މެދުވެރިކޮށް ވޮއިސް ރިކޯޑިންްގްއެއް ނަގައިގެންނެވެ. 2 ހަފްތާ ވަންދެން ކޮންމެ ދުވަހަކު 6 ފަހަރު އެމީހުން ދީފައިވާ ހާއްސަ ބަސްތަކެއް ކިޔަމުން ރިކޯޑު ކުރަން ޖެހުނެވެ. އެކި މީހުންގެ ކިޔުމުގެ ސްޕީޑް ހުރިގޮތުން މި ރިކޯޑިންގްސްގެ ދިގުމިން 6 ސިކުންތާއި 10 ސިކުންތުގެ ދިގުމިނަކަށް ދެމިގެންދެއެވެ. 18،465 ރިކޯޑިންގްއެއް ނެގިފައިވާއިރު، މި ރިކޯޑިންގްސްތަކުގެ 14 އެކޯސްޓިކްސް ފީޗާއެއްވަނީ އެނަލައިޒްކޮށްފައެވެ. މިސާލަކަށް ޕިޗް އަދި އިންޓެންސިޓީ ހިމެނެއެވެ. މި ރިކޯޑިންގްސް އެނަލައިޒް ކުރުމުން އިނގިގެން ދިޔައީ ޑަޔަބީޓީޒް ޖެހިފައިވާ މީހުންނާއި ނުޖެހޭ މީހުންގެ އަޑުގައި ތަފާތުތަކެއް ހުރިކަމެވެ. މިކަންތަކަކީ މީހެއްގެ ކަންފަތުން އަޑުއަހާއިރު ފާހަގަކުރެވޭ ކަމަކަށް ނުވިޔަސް، ވޮއިސް ޕްރޮސެސިންގް ސޮފްޓްވެއަރ އަކުން ރީތިކޮށް ދެނެގަނެވޭނެ އަޑުގެ ތަފާތުތަކެކެވެ.
މި ހޯދުމަށް ބަލާފައި ސައިންސްވެރިން އުފެއްދީ އޭއައި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެހީގައި، ބަލިމީހާގެ އުމުރާއި، ޖިންސާއި، ދިގުމިނާއި، އަދި ބަރުދަން ފަދަ މައުލޫމާތު ބޭނުންކޮށްގެން، ބަލިމީހާގެ ވޮއިސް ރިކޯޑިންގްސް އެނަލައިޒް ކުރެއެވެ. އަދި ވޮލިންޓިއަރ ޓެސްޓް ހެދުމުން ފާހަގަވެގެން ދިޔައީ ޓައިޕް 2 ޑައިބެޓިކްސް ޖެހިފައިވާ އަންހެނުން ދެނެގަތުމަށް %89 އަދި ޑައިބެޓިކްސް ޖެހިފައިވާ ފިރިހެނުން ދެނެގަތުމަށް %86 އެކިއުރޭޓްކަމެވެ. ނަމަވެސް ޓެކްނޮލޮޖީ ރިފައިން ކުރިވަރަކަށް މި އަދަދުތައް މައްޗަށްދާނެ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ. އެގޮތުން ރިފަރެންސް ޓެސްޓްތަކުގެ ގޮތުގައި ނެގި ފާސްޓިންގް ބްލަޑް ސުގަރ ޓެސްޓް %85، ގްލައިކޭޓެޑް ހިމޮގްލޮބިން %91، އަދި އޯރަލް ގުލުކޯޒް ޓެސްޓް %92 އެކިއުރޭޓްކަމަށް ދެއްކިއެވެ. މިއީ ދެޖިންސުގެ މީހުންގެ އެއްކޮށް ހެދުނު އެކިއުރެސީ ޕަސެންޓުތަކެކެވެ.
މިހާރު މި ޓެސްޓް ކުރުމަށް ވަގުތާއި، ދަތުރުފަތުރާއި، އަދި ފައިސާއަށް ބެލިޔަސް ވަރަށް ބޮޑު އެއްޗެއް ހަރަދުވެއެވެ. އެހެންކަމުން މި ޓެސްޓްއަކީ މިހުރިހާކަމަކަށްވެސް ހައްލު ގެނެސްދޭނެ ޓެކްނޮލޮޖީއެކެވެ. އެހެންކަމުން ކްލިކް ލެބްސްގެ ސައިންސްވެރިން ބޭނުންވަނީ ބޮޑެތި އާބާދީތައް ބޭނުންކޮށްގެން، ލާޖް ސްކޭލްގަ މި ޓެކްނޮލޮޖީ ޓެސްޓްކުރުމަށެވެ.
ޓެކް އެންތުސިއަސްޓެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ފަހުގެ ހަބަރުތަށް ގެނެސްދިނުމަށް ޓެކްނިއުސްއާއިއެކީ ކުރިއަށް