އެންޑްރޮއިޑް އިން ޑުއަލް ސިމަށް މުހިންމު ފީޗާއެއް ނެރެފި

އަޙްމަދު ދާއޫދު 25 އޮކްޓޯބަރު 2023

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި ޑުއަލް-ސިމް ބޭނުން ކުރާ މީހުންނަށް ވަރަށް މުހިންމު ފީޗާއެއް އެންޑްރޮއިޑް އެންމެ ފަހުގެ ވާޝަން ކަމަށްވާ އެންޑްރޮއިޑް 14 އިން ތަޢާރަފް ކޮށްފިއެވެ. މި އަޕްޑޭޓްގައި ކުއިކް ސެޓިންސް އިން ޑޭޓާ ސިމް ފަސޭހަކަމާއެކު ބަދަލުކުރުމަށް މަގުފަހިކޮށްދެއެވެ.

އެންޑްރޮއިޑް ފޯނުތަކުގައި ޑުއަލް-ސިމް ސަޕޯޓް މެއިންސްޓްރީމްއަށް ވެފައިވާއިރު، ގިނަ ފޯނު ލައިންތައް މެނޭޖްކުރުމަށް ގިނަ ބަޔަކު މި ފަސޭހަ ފީޗާ އިޚްތިޔާރުކުރެއެވެ.

އީސިމް ޓެކްނޮލޮޖީބޭނުންކުރާ މިންވަރު އިތުރުވުމާ އެކު، މި ފަންކްޝަނަލިޓީގެ ސަބަބުން، އެއް ޑިވައިސްއެއްގައި ވަކި ދެ ލައިން ބެހެއްޓުމަކީ ވަރަށް ގިނަ މީހުން މިހާރު ކުރާކަމެކެވެ.

ސިސްޓަމް ލެވެލްގެ އޮޕަރޭޝަންތަކާއި ސެޓިންތައް ސްޓްރީމްލައިންކޮށް ރިފައިން ކުރުމަށް އެންޑްރޮއިޑުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ޑޭޓާ ސިމް ބަދަލުކުރުމަށް ކުއިކް ސެޓިންގްސް ޓައިލެއް އިތުރުކުރުމެވެ.

ސެމްސަންގްގެ ވަން ޔޫއައި އަދި ވަންޕްލަސްގެ އޮކްސިޖަން އޯއެސް ފަދަ ކަސްޓަމް އެންޑްރޮއިޑް ސްކިންތަކުގައި މި ފީޗާ ލިބެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް ސްޓޮކް އެންޑްރޮއިޑް އަށް މިފީޗާއައި ތަންކޮޅެއް ފަހުންނެވެ.

އެންޑްރޮއިޑް އެކްސްޕާޓް މިޝާލް ރަހްމާންގެ ފަހުގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ޑޭޓާ ސިމް ބަދަލުކުރުމަށް ކުއިކް ސެޓިންގްސް އިން ކޮންޓްރޯލް ލިބެއެވެ. މިފީޗާ ރިކުއެސްޓަށް އެޑްރެސް ކޮށްފައިވީ ނަމަވެސް ގޫގުލް އިން އެކަން ތަންފީޒު ކުރާނެ ސީދާ ރިލީޒްއެއް ހާމަކޮށްފައެއް ނުވެ އެވެ.

ކުއިކް ސެޓިންގްސް ޓޮގަލް އެންމެ ފަހުގެ ކިއުޕީއާރު1 ބީޓާ 2 ބިލްޑްގައި އަދި ލިބެން ނެތް ނަމަވެސް ކުރިއަށް އޮތް އެންޑްރޮއިޑް ރިލީޒްގައި މި ޓޮގަލް ތައާރަފް ކުރާނެ ކަމަށް ބެލެވެ އެވެ.

މިއީ އެންޑްރޮއިޑްގެ ތަފާތު ޔޫޒަރ ބޭސްގެ ބޭނުންތައް ފުއްދައިދިނުމަށާއި، ޔޫޒަރ އެކްސްޕީރިއަންސް އިތުރަށް ހަރުދަނާކުރުމަށާއި، ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތައް ޙައްލުކުރުމަށް އެންޑްރޮއިޑްއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

އެންޑްރޮއިޑް 14 ތައާރަފްވަމުން އަންނައިރު، ޑުއަލް ސިމް ބޭނުންކުރާ ފަރާތްތަކަށް އިތުރު ރިފައިނޭޝަން އާއި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ ވައުދު ވަނީ ގެނެސްދީފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.