ގޫގަލް ފައިބަރގެ 20 ޖީބީޕީއެސް ގެ ސްޕީޑް ކަސްޓަމަރުންނަށް!

މުހައްމަދު ސުނާދު 27 އޮކްޓޯބަރު 2023

މި އަހަރު ނިމުމުގެ ކުރިން 20 ޖީބީޕީއެސްގެ ހިދުމަތް ކަސްޓަމަރުންނަށް ދިނުމަށް ގޫގަލްއިން ވަނީ ނިންމާފައެވެ. މި ހިދުމަތް ލިބިގެންދާނީ އާލީ އެކްސެސްގެ ގޮތުގައި ޖީފައިބަރގެ ބައެއް ކަސްޓަމަރުންނަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތާނގައި ޖީފައިބަރ ގެ ހުރިހާ ކަސްޓަމަރުންނާއި ހަމައަށް މި ހިދުމަތް ގެންދެވޭނެކަމަށް ގޫގަލްއިން ބުނެއެވެ. މިވަގުތު ޖީފައިބަރ ލިބެމުން ދަނީވެސް ވަރަށް މަދު ގައުމުތަކެއްގެ މަދު ސިޓީތަކަކަށެވެ.

މި ހިދުމަތަކީ ނޯކިޔާގެ 25ޖީ ޕެސިވް އޮޕްޓިކަލް ނެޓްވޯރކް ގެ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމައަށް ދެވޭ ހިދުމަތެކެވެ. މި ޓެކްނޮލޮޖީގެ ޒަރީއާއިން، އިންޓަރނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް، މިހާރު އެޅިފައިވާ ފައިބަރ ލައިންސް ބޭނުންކޮށްގެން އިތުރަށް ބޭންޑްވިތް ދެވޭނެއެވެ. މި ހިދުމަތް ދިނުމަށް ގޫގަލްއިން ވައިފައި 7 ބިލްޓް އިން އައު ފައިބަރ މޮޑެމް އެއް ފޯރުކޮށްދޭނެއެވެ. އަދި ގޫގަލްއަކީ މި ހިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދޭ އެންމެ ފުރަތަމަ އެއް ސާވިސް ޕްރޮވައިޑަރއެވެ.

ފިއަރސް ޓެލެކޮމްގެ ރިޕޯޓްގައި ވާގޮތުން ފައިބަރ ހެދިފައިވަނީ ނޯކިޔާގެ ކުއިލޮން ޕްލެޓްފޯމްގައެވެ. މި ޕްލެޓްފޯމަކީ އަޕްގްރޭޑްކުރެވޭ ގޮތަށް ހެދިފައިވާ ޕްލެޓްފޯމެއްކަމުން، ގޫގަލްއިން ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ މިހާރު ގުޅިފައިވާ އޮޕްޓިކަލް ނެޓްވޯރކް ޓާމިނަލްގެ ބަދަލުގައި އައު އޮޕްޓިކަލް މޮޑިއުލްއެއް ގުޅާލުމެވެ. މި ހިދުމަތުގެ ޑައުން އަދި އަޕް ސްޕީޑުވެސް ހުންނާނީ 20 ޖީބީޕީއެސްގައެވެ. ގޫގަލްގެ މި ހިދުމަތަށް ވަކި އަގެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާރު ގޫގަލް ފައިބަރގެ 1 ޖީބީޕީއެސް ގެ ހިދުމަތުގެ އަގަކީ 70 ޑޮލަރެވެ. އަދި 8 ޖީބީޕީއެސްގެ އަގަކީ 150 ޑޮލަރެވެ.

ގޫގަލް ފައިބަރގެ ހެޑް އޮފް ޕްރޮޑަކްޓް، ނިކް ސަޕޮރީޓޯ ބުނާގޮތުގައި، ކަސްޓަމަރުން ތިބީ 20 ޖީބީޕީއެސްގެ މި ހިދުމަތަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. އަދި އާލީ އެޑޮޕްޓަރ ޕްރޮޑަކްޓްއެއްގެ ގޮތުގައި އޮތަސް، އަވަސް މުސްތަގުބަލެއްގައި، ގޫގަލްގެ ހުރިހާ މާކެޓަކަށްވެސް މި ހިދުމަތް ފޯރުކޮށްދެވޭނެއެވެ. ގޫގަލްގެ މި ހިދުމަތުގެ އާލީ އެކްސެސްއަށް ސައިން އަޕް ވުމަށް މިހާރުވެސްވަނީ ހުޅުވާލެވިފައެވެ.

މުހައްމަދު ސުނާދު

މުހައްމަދު ސުނާދު

ޓެކް އެންތުސިއަސްޓެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ފަހުގެ ހަބަރުތަށް ގެނެސްދިނުމަށް ޓެކްނިއުސްއާއިއެކީ ކުރިއަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.