މަދު ސިކުންތު ކޮޅަކުން ރޮބޮޓެއް އުފެއްދޭ އޭއައި ސިސްޓަމެއް!

އަޙްމަދު ދާއޫދު 27 އޮކްޓޯބަރު 2023

އެންމެ މިނިޓަކަށް ވުރެވެސް އަވަހަށް މަދު ސިކުންތު ކޮޅެއްގެތެރޭގައި ރޮބޮޓެއް އުފެއްދޭ ވަރުގެ ޤާބިލްކަން ހުރި އޭއައި ސިސްޓަމެއް ސައިންސްވެރިން އުފައްދައިފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ގާބިލުކަން ދައްކުވައިދޭ ހައިރާންކުރުވަނިވި މި އުފެއްދުމުގައި ސައިންސްވެރިން ވަނީ 60 ސިކުންތުއަށްވުރެ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ފަންކްޝަނަލް ވޯކިން ރޮބޮޓެއް ޑިޒައިން ކުރެވޭނެ އޭއައި ސިސްޓަމެއް އުފައްދައިފަ އެވެ.

މި ކާމިޔާބީ ހޯދާފައިވަނީ ނޯތުވެސްޓަން ޔުނިވާސިޓީގެ ސައިންސްވެރިން، "އިންސްޓަންޓް އިވޮލިއުޝަން" އަށް ޓެޕްކޮށް، ބުއްދިވެރިކަމާ އެކު ރޮބޮޓިކް ޑިޒައިންތައް އުފައްދައި، އެ ޑިޒައިންތައް ހަލުވިކަމާއެކު ތަކުރާރުކުރުމަށް ޓަކައި އެލްގޯރިދަމެއް އުފައްދައިގެންނެވެ.

އެހެން ރޮބޮޓިކްސް އެޕްރޯޗްތަކާ ހިލާފަށް، އެތައް އަހަރެއް ވަންދެން ފުރިހަމަ ކުރަން ޖެހޭ އިރު، އޭއައި ސިސްޓަމުން އުފެއްދީ ޕްރޮސެސިން ޓައިމްގެ އެންމެ 26 ސިކުންތު ފަހުން މަޑުމަޑުން ދުވެލެވޭ ވަރުގެ މިނިޓަރައިޒްޑް ރޮބޮޓެކެވެ.

މި އޭއައި ސިސްޓަމްގެ އެންމެ ފާހަގަކޮށްލެވޭ ޚާއްޞަ އެއްކަމަކީ އޭއައި ހިންގަނީ ހާއްސަ ސުޕަކޮމްޕިއުޓަރެއްގެ ބަދަލުގައި އާދައިގެ ޕާސަނަލް ކޮމްޕިއުޓަރަކުންނެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި "ފާސްޓް އޭއައި ޑްރިވެން ޑިޒައިން އަލްގޯރިދަމް" އަކީ ގުދުރަތީ އިވޮލިއުޝަންގެ އީއޮންތައް ފްލޭޝްއަކަށް ކޮންޑެންސް ކޮށްދޭ އެއްޗެކެވެ.

ނަތީޖާއެއްގެ ގޮތުން މި ޚާއްޞަ އުފެއްދުން (ރޮބޮޓިކް ޑިޒައިން) އަކީ މުޅިން އާދަޔާ ހިލާފު އަދި މިހާތަނަށް އުފައްދާފައިވާ މިފަދަ ބާވަތްތަކާ ހިލާފަށް މުޅިން އާދަޔާ ހިލާފު ޑިޒައިނެކެވެ. މިއިން ދައްކުވައިދެނީ އިންސާނުންގެ ބަޔަސް އާ ނުލައި ނޮން-ހިއުމަނޮއިޑް، މަލްޓި ލެގްޑް ލޮކޮމޯޝަން އުފައްދައި އޮޕްޓިމައިޒް ކުރުމުގެ ގާބިލްކަން އޭއައިއަށް ލިބިފައިވާ ކަމެވެ.

މި ދިރާސާގެ ލީޑް ލިޔުންތެރިޔާ ސޭމް ކްރީގްމަން ވިދާޅުވީ އެމީހުންގެ އަމާޒަކީ ފްލެޓް ބިމުގައި ހިނގާލެވޭ ވަރުގެ ރޮބޮޓެއް އުފެއްދުމަށް އޭއައި އަށް އެންގުން ކަމަށެވެ. ފަންކްޝަނަލް ޑިޒައިނެއް އުފެއްދި ފަސޭހަކަމާއި ސްޕީޑުގެ ސަބަބުން މުސްތަގުބަލުގައި އޭއައި ޑިޒައިންކޮށްފައިވާ ރޮބޮޓިކްސްއަށް ވަރަށް ހިތްގައިމު އަސަރުތަކެއް ކުރާނެ އެވެ.

އެހެންނަމަވެސް، ޙަޤީޤީ ދިރިއުޅުމުގައި މިހާރަށްވުރެ ބޮޑަށް މަސައްކަތްތަކަށް އެލްގޯރިދަމްތަކާއި ރޮބޮޓްތައް ސްކޭލްކުރުމަކީ ހުޅުވާލެވިފައިވާ ގޮންޖެހުމެކެވެ. މިވަގުތަށް މި ދިރާސާ ރަމްޒުކޮށްދެނީ އޮޓޮނޮމަސް ރޮބޮޓް އިންވެސްޓަރަކާއި ޑިޒައިނަރެއްގެ ހައިސިއްޔަތުން އޮން-ޑިމާންޑް އޭއައިގެ ކޮންސެޕްޓްގެ ވިސްނުމަށް ހިތްވަރުދޭ ހެއްކެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.