ޑްރޮޕްބޮކްސުން އަންލިމިޓެޑް ސްޓޯރޭޖް ޕްލޭންތައް ހުއްޓާލަނީ

އަޝްނާ ރަޝީދު 29 އޮކްޓޯބަރު 2023

ދާދިފަހުން އޮންލައިން ޑޭޓާ ސްޓޯރޭޖްގެ ޕަޔޮނިއަރުކަމަށްވާ ޑްރޮޕްބޮކްސުން ވަނީ އެމީހުންގެ އަންލިމިޓެޑް ސްޓޯރޭޖް އޮފާ ހުއްޓާލާނެކަން އިއުލާނުކޮށްފައިވެއެވެ. މި ނިންމުމަކީ އެމީހުންގެ މި ޙިދުމަތުގެ ނާޖާއީޒު ފައިދާ ބައެއް ޔޫޒަރުން، ޚާއްސަކޮށް ކްރިޕްޓޯކަރަންސީ މައިންނަރުންނާއި ރީސެލަރުން، ނެގުމުގެ ސަބަބުން ނިންމާފައިވާ ނިންމުމެކެވެ. މިކަމުގެ ސަބަބުން އައު އަދި ގިނަ ދުވަސްވެފައިވާ ޑްރޮޕްބޮކްސް ކަސްޓަމަރުންނަށް އަސަރު ކުރާނެވެ.

އަންލިމިޓެޑް އޮފަރ ފުރަތަމަ ފަރުމާކޮށްފައި ވަނީ ވިޔަފާރިތަކަށް އަޕްގްރޭޑް ކުރުމާ ހަރަދު ބޮޑުވުމާ މެދު ކަންބޮޑުވާ ކަންބޮޑުވުން ނައްތާލުމަށެވެ. ނަމަވެސް ޔޫޒަރުންގެ ކުޑަ ބައެއް މި އޮފާގެ ބޭނުން ރަނގަޅުގޮތުގައި ނުހިފުމުގެ ސަބަބުން ޑްރޮޕްބޮކްސް އިން ވަނީ މިކަން ހުއްޓާލަން ޖެހިފައެވެ. މިގޮތުން މިހާރު އެޑްވާންސް ޕްލޭނުން އަލަށް ގަންނަ ފަރާތްތަކުންނަށް ތިން ލައިސަންސާއެކު މިހާރު ލިބޭނީ ޓީމަކަށް 15ޓީބީ އެކަންޏެވެ. މީގެއިތުރުން ގަންނަ ކޮންމެ އިތުރު ލައިސަންސަކަށް 5 ޓީބީ ލިބެއެވެ. މިގޮތުން 1،000ޓީބީއާ ހަމައަށް ޕޫލްކުރެވޭނެއެވެ. އަދި 35 ޓީބީއަށް ވުރެ މަދުން ބޭނުންކުރާ ވިޔަފާރި ކަސްޓަމަރުންނަށް މިހާރު ބޭނުންކުރަމުންދާ އަދަދުގެ އިތުރުން އިތުރު 5 ޓީބީގެ ކްރެޑިޓް 5 އަހަރު ދުވަހަށް ހިލޭ ލިބޭނެވެ. މީގެ އިތުރުން ބޭނުންވާނެ ފަރާތްތަކަށް ދެންހުރި ގޮތްތަކާ މެދު ވާހަކަ ދެކެވެމުންދާކޮމަށް ޑްރޮޕްބޮކްސުން ހާމަކޮށްފައިވެއެވެ.

މި ހިދުމަތުގެ ނާޖާއިޒު ބޭނުން ހިފާފައިވާކަމަށް ނިސްބަތްކޮށްފައިވަނީ ކްރިޕްޓޯކަރަންސީ މައިން ކުރުމަށާއި، އެހެން ފަރާތްތަކަށް ޑްރޮޕްބޮކްސް ސްޓޯރޭޖް އަލުން ވިއްކުމާއި، އެކި ފަރާތްތަކުން އަމިއްލަ ބޭނުމަށް ސްޓޯރޭޖް ޕޫލް ކުރުން ފަދަ ކަންކަމަށެވެ. ފާއިތުވި މަސްތަކުގައި މިފަދަ ކަންކަން އިތުރުވެފައިވާއިރު، މި ޔޫޒަރުން އަސްލު ވިޔަފާރި ކަސްޓަމަރުންނަށް ވުރެ އެތައް ހާސް ގުނަ ގިނައިން ސްޓޯރޭޖް ބޭނުންކުށްފައިވާކަމަށް ޑްރޮޕްބޮކްސުން ފާހަގަކޮށްފައިވެއެވެ.

މިގޮތުން ފާހަގަކޮށްލެވޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑްރޮޕްބޮކްސް 35 ޓެރަބައިޓަށް ވުރެ ގިނައިން ބޭނުންކުރީ ކަސްޓަމަރުންނަކީ އެމީހުންގެ ކަސްޓަމަރުންގެ ތެރެއިން އެންމެ %1 އެވެ. މިއީ ޔޫޒަރަކަށް އެންމެ $24 އަށް ވިއްކާ އެޑްވާންސްޑް ޕްލޭންގެ އަންލިމިޓަޑް ޕްލާނުގެ ފައިދާ ނަގައިގައިގެން ތިބި ޔޫޒަރުންނެވެ. މިކަމުގެ ސަބަބުން އެ ޔޫޒަރުންނަށް މަހަކު ވަރަށް ކުޑަ އަގެއްގައި 35ޓީބީ ނުވަތަ އެއަށްވުރެ ގިނައިން ރައްކާކުރެވިގެން ދެވުނެވެ.

ޑްރޮޕްބޮކްސް ސްޓޯރޭޖަށް މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ އަމިއްލަ އިންފްރާސްޓްރަކްޗަރަށެވެ. ނަމަވެސް އެމީހުންކޮންމެސް ވަރަކަށް އެމެޒޯން ވެބް ސާވިސަސް ވެސް ބޭނުންކުރަމުންދެއެވެ. އޭޑަބްލިއުއެސިން 35ޓީބީ ރައްކާކޮށްދެނީ ޑްރޮޕްބޮކްސަށް ވުރެ މާބޮޑު އަގަށެވެ. މިކަމުގެ ސަބަބުން ޑްރޮޕްބޮކްސުގެ ދީލަތިކަމުގެ ބޭނުން ނުރަނގަޅު ގޮތުގައި ބައެއް ކަސްޓަމަރުން ނަގާކަމަށް އެފަރާތްތަކުން ދެކެވެއެވެ.

ގޫގަލް ފަދަ އެހެން ކްލައުޑް ސްޓޯރޭޖް ޕްރޮވައިޑަރުން ވެސް ވަނީ އަންލިމިޓެޑް ސްޓޯރޭޖް އޮޕްޝަންތަކާ ދުރަށް ގޮސްފައަވެ. މި ގޮތުން ގޫގަލް ވޯކްސްޕޭސް ބޭނުންކުރާ ފަރާތްތަކަށް ދޭ އަންލިމިޓެޑް ސްޓޯރޭޖް ވެސް ވަނީ ދާދި ފަހުން ހުއްޓާލާފައެވެ.

ޑްރޮޕްބޮކްސްގެ އުސޫލަށް މިއަންނަ ބަދަލުގެ މައިގަނޑު މަގުސަދަކީ އަސްލު ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ބޭނުންވާ ސްޓޯރޭޖް ފޯރުކޮށްދިނުމާއި، ނުބައި ބޭނުންތައް ހުއްޓުވުމަށެވެ. މި ގޮތުން ބަލައިގަނެވޭ އަދި ބަލައިނުގަނެވޭ ބޭނުންތައް ކަނޑައެޅުމަށް ދަތިތަކަކާއި ދިމާވެފައިވާކަން ވެސް އެމީހުން ފާހަގަކުރެވުނެވެ. މި ގޮތުން ނާޖާއިޒު ބޭނުންތަކުގެ ދެމެހެއްޓެނިވި ހައްލަކަށް އެމީހުންނަށް ފެނިގެން ދިޔައީ އަންލިމިޓެޑް ސްޓޯރޭޖް ނައްތާލުމެވެ.

މި އާ އުސޫލަށް ބަދަލުވުން ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާރު ތިބި ކަސްޓަމަރުން މަޑުމަޑުން އަޕްޑޭޓް ކުރެވިފައިވާ ޕްލޭންތަކަށް މައިގްރޭޓް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެއެވެ. ޑްރޮޕްބޮކްސުން ވައުދުވެފައިވަނީ ކަސްޓަމަރުންނަށް މައިގްރޭޓުކުރަން ރާވާފައިވާ ތާރީހުގެ މަދުވެގެން 30 ދުވަސް ކުރިން އެކަން އަންގާނެކަމަށެވެ. ނަމަވެސް މިކަމަކީ ފަސޭހަކަމަކަށް ވެގެން ނުވެދާނެއެވެ. މި ވަގުތު ޑްރޮޕްބޮކްސުން ޑައުންލޯޑު ކުރެވެނީ ދޫވާލެއްގެ މަތިން 4 ޓީބީ ބޭންޑްވިތާއި އަންލިމިޓަޑު ފައިލުތަކެވެ. ގިނަ ޓީބީގެ ޑޭޓާ ރައްކާ ކޮށްފައިވާ ކަސްޓަމަރުންންށް ދަތިތަކަކާއި ކުރިމަތިލުން އެކަށީގެންވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.