ކަސްޓަމާ ސާވިސް ހިދުމަތް އޭއައި ޗެޓްބޮޓް މެދުވެރިކޮށް

އަޙްމަދު ދާއޫދު 03 ނޮވެމްބަރު 2023

އިންޑިއާގެ އީ-ކޮމާސް ސްޓާޓްއަޕަކުން ޗެޓްޖީޕީޓީ ބޭނުންކޮށްގެން ހޮޓްލައިން އޮޓޮމޭޓް ކޮށް ކަސްޓަމަރ ސާރވިސް ދޭންފެށުމާއެކު، އެކުފުންފުނީގައި ކުރިން އެމައްސައްކަތުގައި ތިބި 27 މުވައްޒަފުންގެ ވަޒީފާ ގެއްލިއްޖެއެވެ.

އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޚާއްޞަ ޕްލެޓްފޯމް، ދުކާންގެ ސީއީއޯ ސުއުމިތު ޝާހު ވިދާޅުވީ ކަސްޓަމަރ ސަރިވިސް ދިނުމަށް ތިބޭ އިންސާނުންނަށް ވުރެ ކަސްޓަމަރުންނަށް ޖެނެރިކް ޖަވާބެއް ދިން އޭނާގެ އާ އޭއައި ޕަވާޑް ޗެޓްބޮޓް "ލީނާ" މާބޮޑަށްވެސް ރަނގަޅު ކަމަށެވެ. ޗެޓްޖީޕީޓީގެ ހަރުދަނާ ޖަވާބުތައް ފެނުމުން އޭނާ ވަނީ ލީނާ އަލުން ތަމްރީނުކޮށް މިދިޔަ ޑިސެމްބަރު މަހު އެކަން ތަންފީޒުކޮށްފަ އެވެ.

ޝާހު ވިދާޅުވާ ގޮތުގައި ޗެޓްޖީޕީޓީ އެންހޭންސްޑް ބޮޓުން މައްސަލަތައް ކުޑަ މާ އަވަސް، މާ ބުއްދިވެރިކަމާއެކު ޖަވާބުތައް ފޯރުކޮށްދޭ ކަމަށެވެ. އަދި އިންސާނުންނަށް އެ ވަޒީފާތައް ދިނުމަށްވުރެ ކުންފުނީގެ ޚަރަދުވެސް ވަރަށްބޮޑަށް ކުޑަވެގެންދާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް އޭނާ ވަނީ އޮޓޮމެޓިކް ސިސްޓަމަށް ތާއީދުކޮށް އޭނާގެ މުޅި ސަޕޯޓް ސްޓާފުން ވަކިކޮށް އޭއައި ޗެޓްބޮޓަށް ބަދަލުކޮށްފަ އެވެ.

އެޑްވާންސް ޗެޓްބޮޓްތަކުން ކަސްޓަމަރުންގެ ހިދުމަތަށް ބަދަލު ތަކެއް ގެނައުމުން، މި ކަމުން މިސާލު ދައްކަނީ ޗެޓްބޮޓޤގެ އިތުރުވަމުން އަންނަ ޓްރެންޑެކެވެ. އޭއައިގެ ސަބަބުން އިންސާނުންގެ ދައުރު ފުޅާވާނެ ކަމަށް ބައެއްފަރާތްތަކުން ބުނަމުންދާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ މަސައްކަތްތެރިންގެ ބަދަލުގައި، ވަޒީފާތަކަށް މުސްތަޤްބަލުގައި އޭއައި ބޭނުންކުރާނެ ކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ އައުޓްސޯސިން އާއި ކޯލް ސެންޓަރު ފަދަ ބޮޑެތި ސިނާއަތްތަކުގެ ވަޒީފާތަކަށް މިކަމުގެ ސަބަބުން ކައިރި މުސްތަޤްބަލެއްގައި ލޮޅުން އަރާނެކަމަށް ބެލެވެ އެވެ. އެގޮތުން އޮޓޯމޭޝަންގެ ސަބަބުން ފިލިޕީންސްގެ އެއް މިލިއަނަށް ވުރެ ގިނަ ވަޒީފާއަށް ނުރައްކާވެދާނެ ކަމަށް ސާވޭތަކުން މިހާރުވެސް ދައްކަ އެވެ. އަނެއްކޮޅުން ކުންފުނިތަކަށް އޮތް ފައިދާއަކީ ބޮޓްތައް ބޭނުންކޮށްގެން ބޮޑެތި ހަރަދުތައް ސަލާމަތްކުރެވޭ ކަމެވެ.

އޭއައިގެ ސަބަބުން މަސައްކަތްތެރިންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ތަޖުރިބާކާރުން ވަނީ ބައިބައިވެފަ އެވެ. ބައެއް މީހުން ބުނަނީ އޭއައި އަކީ އެޖެންޓުންނަށް އެހީތެރިވެދީ އުފެއްދުންތެރިކަން އިތުރުކޮށްދޭ އެއްޗެއް ކަމަށެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ އާދައިގެ މައްސަލަތަކުން ފެށިގެން ބޮޑެތި މައްސަލަތައްވެސް ބޮޓް ބޭނުން ކޮށްގެން ހައްލު ކުރެވޭތީ އިންސާނުންނަށް ދިމާވާ އުނދަގޫ މައްސަލަތައް ޗެޓްބޮޓަށް ދިމާނުވާނެތީ އެގޮތް މާރަނގަޅު ކަމަށެވެ.

ކަސްޓަމާ ސަރވިސް ޗެޓްބޮޓްތައް ތަޢާރަފް ވަމުން ދިއުމަކީ މުޖުތަމައުތައް ޓްރާންސްފޯމޭޓިވް އޭއައިއަށް މާ ދުރުނޫން މުސްތަޤްބަލެއްގައި ބަދަލުވަމުންދާނެ ކަމުގެ ސާފުސީދާ މިސާލެކެވެ. ނަމަވެސް ބޮޓްތައް ބޭނުންކުރިއަސް އިންސާނުންނަށް ނުލައި އެފަދަ އޭއައިގެ ވަޞީލަތްތައް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.