އެމެޒޯން ގޭމްސްގެ ވީޕީ ކްރިސްޓޮފް ހާޓްމަން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވާގޮތުން އެމެޒޯން އިން އަންނަނީ އެ ކުންފުނީގެ ގޭމްސް ޑިވިޝަންގެ 180 ވަޒީފާ މަދުކޮށް، ގޭމްސް އިނީޝިއޭޓިވްސްއަށް ބައެއް ބަދަލުތައް ގެންނަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި ޓްވިޗްގައި ސްޓްރީމްކުރާ ކްރައުން ޗެނަލް ބަންދުކުރުމާއި ގޭމް އުފައްދާ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށް އެހީތެރިވެދޭ ގޭމް ގްރޯތު މަސައްކަތް ހުއްޓާލުމާއި ޕްރައިމް ގޭމިން މެދުވެރިކޮށް ދޭ ހިލޭ ގޭމްތަކާ އެކު ކުރާ މަސައްކަތް "ރީފޯކަސް" ކުރުން ހިމެނެ އެވެ.
"ޓީމުތަކުން ކުރަމުން އަންނަ މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށާއި، ކްރައުން ޗެނަލްގައި ހަފުތާއަކު ކޮންޓެންޓް ހިމެނޭ އާ ދާއިރާތަކަށް ބާރު އެޅުމާއި ގޭމް ގްރޯތު އާއެކު ޕަބްލިޝަރުންނަށް އާ އޯޑިއަންސްއާ ހަމައަށް ވާސިލުވުމަށް އިތުރު ގޮތްތަކެއް ހޯދުނު،" ހާޓްމަން ލިޔުއްވާފައިވެ އެވެ. "އެކަމަކު އަޅުގަނޑުމެންގެ ވިޔަފާރިތައް އިތުރަށް އިވެލުއޭޓް ކުރުމަށް ފަހު އެނގިގެން ދިޔައީ އަޅުގަނޑުމެންގެ ވަސީލަތްތަކާއި މަސައްކަތްތަކަށް ފޯކަސްކޮށް މިހާރުވެސް އަދި މުސްތަގުބަލުގައި ވެސް ކުޅުންތެރިންނަށް މޮޅު ގޭމްތަކެއް ފޯރުކޮށްދޭން ޖެހޭކަން." ރޮއިޓާސް އިން މި މެމޯގައި މައުލޫމާތުތައް ހޯމަދުވަހު ރިޕޯޓްކޮށްފައިވެއެވެ.
އެމެޒޯން ޕްރައިމް ސަބްސްކްރައިބަރެއް ނަމަ އެކްސެސް ކުރެވޭނެ ޕްރައިމް ގޭމިންގެ ހިލޭ ގޭމްތަކާ ބެހޭ ގޮތުން ހާޓްމަން ލިޔުއްވާފައި ވަނީ "ކަސްޓަމަރުންގެ ވާހަކަ ތައް އަޑުއަހައި، އަހަންނަށް އެނގޭ ކޮންމެ މަހަކު ހިލޭ ގޭމް ޑެލިވަރީ ކުރުމަކީ އެ މީހުން އެންމެ ބޮޑަށް އެދޭ ކަމެއް ކަން، އެހެންވީމަ އެރޮނގުން އަޅުގަނޑުމެންގެ ފޯކަސް އިތުރުކުރުމަށް ޓަކައި ޕްރައިމް ބެނެފިޓް ރިފައިން ކުރަމުން މިދަނީ،" ހާޓްމަން ލިޔުއްވާފައިވެ އެވެ. އެމެޒޯންގެ ތަރުޖަމާނު ބްރިޓްނީ ހެފްނަރ ވަނީ ބަދަލުވަމުން އަންނަ ގޮތާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ހިއްސާކުރަން ދެކޮޅު ހައްދަވާފައެވެ.
އަލަށް ގެނައި ބަދަލުގެނެސްފައި މިވަނީ އެމެޒޯންގެ ގޭމްސް ޑިޕާރޓްމަންޓް އިން 100 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން މިދިޔަ އޭޕްރީލް މަހު އިއުލާން ކުރުމާ ގުޅިގެންނެވެ. އެ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ޕްރައިމް ގޭމިން، ގޭމް ގްރޯތު އަދި އެ ކުންފުނީގެ ސެން ޑިއޭގޯ ސްޓޫޑިއޯގެ މުވައްޒަފުންނަށް އަސަރުކުރި އެވެ. މިއަށްވުރެ ފުޅާދާއިރާއެއްގައި އެމެޒޯން އިން ވަނީ މިއަހަރުގެ ތެރޭގައި އެތައް ހާސް ވަޒީފާއެއް ކަނޑާލާފައެވެ.
ޓްވިޗްގެ މިލްކުވެރިކަމުގެ އިތުރުން އެމެޒޯން އިން ވަނީ ގޭމިންގެ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެމްއެމްއޯ ނިއު ވޯލްޑް ހިންގައި، ލޮސްޓް އާކް ޝާއިއުކުރި އެވެ. މުސްތަގުބަލުގައި ބަނޑާއި ނަމްކޯ އެމްއެމްއޯ ބްލޫ ޕްރޮޓޮކޯލާއި ދެން އޮންނަ ޓޮމްބް ރައިޑާ ގޭމް ޝާއިއުކުރުމުގެ ވިސްނުން ގެންގުޅެ، އާ ލޯޑް އޮފް ދަ ރިންގްސް އެމްއެމްއޯއެއް އުފެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް