ޗުއްޓީދަތުރު ތަކުގައި ލަގެޖް ގެއްލެނީތަ؟ މިއޮތީ ހައްލު!

އަޙްމަދު ދާއޫދު 23 ނޮވެމްބަރު 2023

އަހަރެމެން ކޮންމެ މީހަކީވެސް މިއަދުގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި ހުންނަ ގޮތުން ވަރަށް ބިޒީޝެޑިއުލެއްގައި އުޅެންޖެހިފައިވާ މީހެކެވެ. ކަންކަމުގައި އެހާބޮޑަށް ބިޒީވުމުން ބައެއް ފަހަރު ބައެއްކަންކަން ހަނދާންނެތެއެވެ. އެފަދަ ޙާލަތްތަކުގައި އެހީތެރިވެދޭ އެކައްޗަކީ އެޕަލްގެ އެއާޓެގް އޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

އެޕަލްގެ އެއާޓެގް އަކީ ޢާއްމު ދިރިއުޅުމުގައި އަހަރެމެން ކޮންމެ ދުވަހަކު ބޭނުންކުރާ ހުރިހާ ބާވަތެއްގެ އެއްޗެހި ފަސޭހައިން އެޓޭޗްކޮށް ޓްރެކް ކުރުމަށް އެހީތެރިވެދޭނެ ޑިވައިސް އެކެވެ. އެގޮތުން ތަޅުދަނޑި، ވޮލެޓް ނުވަތަ ޕާސް ގެއްލުމުގެ ފުރުސަތު އޮތަސް، ނުވަތަ ދަތުރުކުރާއިރު ލަގެޖު ކަމުގައި ވިޔަސް، އެއާޓެގްގެ ބޭނުންކުރުމަކީ ޓެކްނޮލޮޖީގެ މި ޒަމާނުގައި އެންމެ ފަސޭހަ އެއް ގޮތެވެ.

އެޕަލްގެ އެއާޓެގް އައިޓަމް ތައް ގަންނަން އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމުގައި ވެދާނެއެވެ. އޮންލައިން ސައިޓްތަކުންނާއި، މަޝްހޫރު ބޮޑެތި ވިޔަފާރިތަކުން ދަނީ ބޮޑު ޑިސްކައުންޓަކާއެކު މިދުވަސްކޮޅު އެއާޓެގް ވިއްކަމުންނެވެ.

އެމެޒޯން، ވޯލްމާޓް އަދި ޓާގެޓް އިން ވަނީ ސިންގަލް އެއާޓެގްސްގެ އަގު އެންމެ 23.99 ޑޮލަރަށް ދަށްކޮށްފަ އެވެ. އެއީ ޢާއްމުކޮށް އެއާޓެގް ގަންނަން ލިބޭ އަގަށް ވުރެ ގާތްގަޑަކަށް 5 ޑޮލަރުގެ އަގުހެޔޮ ވުމެކެވެ. އަދި އެއާޓެގްގެ ޕެކެއް ނަގާނަމަ އިތުރު ޑިސްކައުންޓް ލިބެއެވެ. އެގޮތުން ހަތަރު ޑިވައިސްގެ ޕެކެއް 79.99 ޑޮލަރަށް ލިބެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ކަޓްތައް އައިސްފައި މިވަނީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުން "ޕެކްޑް ތެންކްސްގިވިން" އާއި "ކްރިސްމަސް" ދަތުރުތަކަށް މިދުވަސްވަރު ގިނަބަޔަކު ތައްޔާރުވަމުން ދާތީއެވެ.

އެޕަލް އިން ދާދި ފަހުން ވަނީ އެއާޓެގް ފަސް މީހުންނާ އެކު ޝެއާ ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ. އެހެންވީމާ ޢާއިލާ އެކުގައި ދަތުރުތަކަށް އަރާއިރު، ކޮންމެ މީހަކަށް ވަކިން ޓެގެއް ބޭނުން ނުކުރި ކަމުގައިވިޔަސް އެންމެ ޑިވައިސް އަކުންވެސް އާއިލާ އެންމެންގެ ސާމާނުތައް ޓްރެކް ކޮށްލެވިދާނެއެވެ.

ޓެކްނޮލޮޖީއަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ވަރަށް މުހިންމު ބަޔަކަށް ވެ، ވަރަށް ގިނަ ދިވެހިންވެސް މިއަދު ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމާއި، މަސައްކަތްކުރުމާއި، އުނގެނުމާއި، މުޢާމަލާތުކުރުމާއި، މުނިފޫހިފިލުވުމުގެ ގޮތްތައް ބައްޓަންކުރަމުން އެބަގެންދެއެވެ.

ޓެކްނޮލޮޖީ ބޭނުންކުރުމުން އުފެއްދުންތެރިކަން އިތުރުވެ، ދުނިޔެއާއި ތިބާ ގުޅާލައި، މައުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިވެ، މުއާމަލާތްތައް ރަނގަޅުވެ، އުނގެނުމާއި ތައުލީމަށް އެހީތެރިވެދީ، އެހެނިހެން އެތައް ފައިދާއެއް ލިބިގެންދެއެވެ.

އެގޮތުން ކޮމްޕިއުޓަރު، ސްމާޓްފޯން، އިންޓަނެޓް، އާޓިފިޝަލް އިންޓެލިޖެންސް އަދި ރޮބޮޓިކްސް ފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން އިންސާނުންގެ ގާބިލުކަމާއި ތަޖުރިބާތައް އަންނަނީ ބަދަލުވަމުންނެވެ.

ޓެކްނޮލޮޖީގެ ތަފާތު އުފެއްދުންތަކުގެ ބޭނުން ހަރުދަނާގޮތެއްގައި ހިފުމަކީ، ޤާބިލުކަން އިތުރުކުރުމާއި، ފުރުޞަތުތައް ފުޅާކުރުމާއި، ގޮންޖެހުންތަކަށް ޙައްލު ހޯދުމާއި، އިންސާނީ ޤާބިލްކަން ކުރިއެރުވުމަށް މުހިންމު ކަމެކެވެ. އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީތައް ޒިންމާދާރު ގޮތެއްގައި ގެންގުޅެ، އެ ޓެކްނޮލޮޖީތައް ދަސްކޮށް، އެޓެކްނޮލޮޖީތަކުގެ ބޭނުން ކުރުން މިވަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ ހޯދުމަށް ޓަކައި ވަރަށް މުހިންމު ކަމަކަށް ވެފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.