ޗިމެރާ ނަމަކަށް ކިޔާ ޗައިނާގެ ސްޓޭޓް ލިންކްޑް ހެކަރު ކަލެކްޓިވްއަކުން ނެދަލެންޑްސްގެ އެންމެ ބޮޑު ސެމިކޮންޑަކްޓާ ފާމް، އެންއެކްސްޕީ ސެމިކޮންޑަކްޓާސްގެ ސިސްޓަމްތަކަށް ވަދެ، ޗިޕް ޑިޒައިންތަކާއި އެހެނިހެން އިންޓެލެކްޗުއަލް ޕްރޮޕަޓީތައް ވަގަށް ނެގުމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ނޭނގޭ ނެޓްވޯކްތަކުގެ ތެރޭގައި ފޮރުވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނެދަލެންޑްސްގެ ނޫހެއް ކަމަށްވާ އެންއާރްސީގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޗިމެރާ ގްރޫޕުގެ މެމްބަރުން ވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅު އެންއެކްސްޕީގެ ނެޓްވޯކަށް ވަނުމަށް އޮންލައިންކޮށް ލީކުވި ކްރެޑެންޝަލްތަކުގެ ބޭނުން ހިފައި، މަލްޓިލޭއާ އޮތެންޓިކޭޝަން ސިސްޓަމްތަކަށް ހުރަސް އަޅާފަ އެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް މަޑުމަޑުން ޕްރޮޕަރައިޓަރީ ޑޭޓާ ބޭރުކުރުމަށް އެންކްރިޕްޓެޑް ކްލައުޑް ރިޕޮޒިޓަރީތައް ގާއިމުކުރި އެވެ.
މިކަން ފަޅާއަރާފައިވަނީ ކޭއެލްއެމް އެއާލައިންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓްރާންސާވިއާ 2019 ވަނަ އަހަރު ހެކްކުރުމުން އެ އެއާލައިންގެ ސިސްޓަމްތަކާއި އެންއެކްސްޕީ އައިޕީ އެޑްރެސްތަކާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާކަން އެނގުމުން ނެވެ. އިތުރު ތަހުގީގަށް އެނގުނު ގޮތުގައި އެތައް އަހަރެއް ވަންދެން އެ ކޮމްޕްރޮމައިޒް ކުރި އެވެ.
އައިޕީ ވަގަށް ނެގިކަން ކަށަވަރު ކުރަން މަޖުބޫރުވި ނަމަވެސް، އެންއެކްސްޕީން ބުނަނީ ވަގަށް ނެގި ޑޭޓާއަކީ ފަސޭހައިން އަލުން އަނބުރާ ހޯދޭނެ ޑޭޓާތަކެއް ކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން "މެޓީރިއަލް ގެއްލުމެއް" ނުލިބޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ވަގަށް ނެގި ތަކެތީގެ ފުރިހަމަ މިންވަރެއް އަދި ސާފެއް ނުވެ އެވެ.
2015 ވަނަ އަހަރު ފްރީސްކޭލް ހޯދުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު އެއް ސެމިކޮންޑަކްޓަރ ވިއްކާ ކުންފުނީގެ ހައިސިއްޔަތުން، އެންއެކްސްޕީގެ ޗިޕް ޑިޒައިންތަކާއި އެހެނިހެން ވިޔަފާރީގެ ސިއްރުތަކަކީ ބޭރުގެ ދައުލަތުގެ އެޖެންޓަކަށް ނުވަތަ ވާދަވެރި ވިޔަފާރިއަކަށް ވަރަށް އަގުހުރި ކަމަކަށް ވެގެންދާނެއެވެ.
އޭގެ ފަހުން އެންއެކްސްޕީން ވަނީ ނެޓްވޯކް މޮނިޓަރިން އާއި ޑޭޓާ ކޮންޓްރޯލް އަދި އެކަމާ ގުޅުން ހުރި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ނަމަވެސް ހަމަލާދިން މީހުން 30 މަހަށްވުރެ ގިނަ ދުވަސް ވަންދެން ސިސްޓަމްތަކަށް ވަދެފައިވާތީ، ނުތަނަވަސްވެފައިވާ މި މައްސަލައިގެ ސަބަބުން ދުނިޔޭގެ ޓެކް ސަޕްލައި ޗެއިންތަކުގެ ނަޒާހަތްތެރިކަމާ މެދު އޮތް އިތުބާރު އިތުރަށް ގެއްލިގެން ދެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.