އިންސާނާގެ ސިކުނޑި، ސުޕަކޮމްޕިއުޓަރަކާ އެއްފަދަ: ދިރާސާ

އަޙްމަދު ދާއޫދު 09 ޑިސެމްބަރު 2023

އިންސާނުންގެ ސިކުނޑީގައި މަތީ ފެންވަރުގެ ކޮމްޕިއުޓަރެއް ނުވަތަ ސުޕަކޮމްޕިއުޓަރެއް ފަދަ އެޑްވާންސް ސްޓެޓިސްޓިކަލް ކޮމްޕިއުޓޭޝަންތައް ހެދުމުގެ ގާބިލުކަން ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ހޯދުމުން އެނގެނީ ބަޔޭޝިއަން އިންފެރެންސް މެދުވެރިކޮށް ދުނިޔެއާ ބެހޭ ވިޝުއަލް މައުލޫމާތު މީހުން އަވަހަށް މާނަކުރަނީ ކުރީގެ މައުލޫމާތާއި، އަލަށް ލިބޭ ޑޭޓާތަކާ އެއްކޮށްލައިގެން ކަމެވެ.

ނޭޗާ ކޮމިއުނިކޭޝަންސް ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ޔުނިވާސިޓީ އޮފް ސިޑްނީގެ ސައިންސްވެރިން ވަނީ އަހަރެމެންގެ ސިކުނޑީގައި ވާ ވިޝުއަލް ޕްރޮސެސިން ސިސްޓަމްގައި ބަޔޭޝިއަން ކަލްކިއުލޭޝަން ހެދުމަށް ބޭނުންވާ ހުރިހާ އެލިމެންޓެއް ހިމެނޭ ކަމަށް ދައްކުވައިދޭ މެތަމެޓިކަލް މޮޑެލްއެއް އެކުލަވާލައިފައެވެ. އެ ދިރާސާގެ ސީނިއާ ލިޔުންތެރިޔާ ޑރ.ރޫބެން ރައިޑޯކްސް ވިދާޅުވީ މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ސިކުނޑިތަކުން ޕްރޮބެބިލިޓީސް ހޭންޑްލްކުރާ ގޮތުގެ ސިއްރުގެ މައްޗަށް އަލިއަޅުވާލާކަމަށެވެ.

"ބަޔޭޝިއަން އެޕްރޯޗްގެ ކޮންސެޕްޝަނަލް އެޕީލް އޮތް ނަމަވެސް، ސިކުނޑި ޕްރޮބެބިލިޓީސް ހިސާބުކުރާ ގޮތް ވަރަށް ބޮޑަށް ސިއްރު، އަޅުގަނޑުމެންގެ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި އަޅުގަނޑުމެންގެ ސިކުނޑީގައި މި އެޑްވާންސް ފޯމް ޕްރޮސެސް ކުރުމުގެ ފުރުސަތު ދޭ އިންޓަނެޓް ޑިޒައިނެއް އެބަހުރި." ޑރ ރައިޑޯކްސް ވިދާޅުވިއެވެ.

ކެޕްޗާ ޓެސްޓުތަކާ ކުރިމަތިލާ މެޝިންތަކާ ޚިލާފަށް، އިންސާނުންގެ ސިކުނޑި، އެމީހުންގެ ވަށައިގެންވާ ގޮތް ނުވަތަ މާހައުލު މާނަކުރުމަށް ބަޔޭޝިއަން އިންފެރެންސް ބޭނުންކުރެއެވެ. މި ހަލުވި އަންދާޒާގެ މަސައްކަތުގެ ސަބަބުން އެއްޗެހި ދެނެގަނެ، މިހާރު ހުރި ޢިލްމު ބޭނުންކޮށްގެން ނިންމުންތައް ނިންމުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ސިކުނޑީގެ އުފެދިފައިވާ ކޮމްޕިއުޓޭޝަނަލް ހުނަރު ހާމަކޮށްގެން އެ މީހުންގެ ހޯދުންތަކުން މެޝިން ލާނިން އާއި ކްލިނިކަލް ނިއުރޯސައިންސް ފަދަ ދާއިރާތައް ކުރިއެރުވޭނެއެވެ. މި ސްޓެޓިސްޓިކަލް ބްރެއިން މެކޭނިޒަމްތައް ނަކަލުކުރުމަކީ އޭއައިއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އިތުރުން އާ ތެރަޕިއުޓިކް އެޕްރޯޗްތައް ވެސް ހުށަހެޅޭނެ ކަމެކެވެ.

"ސެންސަރީ ޑޭޓާ ޕްރޮސެސް ކުރުމަށް ސިކުނޑި ބޭނުންކުރާ މެކޭނިޒަމްތައް ދެނެގަނެ، އާޓިފިޝަލް އިންޓެލިޖެންސުން ފެށިގެން ތެރަޕިއުޓިކް އިންޓަވެންޝަންތަކަށް ބޭނުންވާ އާ ސްޓްރެޓެޖީތަކަށް އިތުރު ކުރިއެރުންތަކެއް ހޯދުމުގެ މަގު ފަހިކޮށްދެވިދާނެ،" ޑރ ރައިޑޯކްސް ވިދާޅުވިއެވެ.

ވިޝަން އިން ބަޔޭޝިއަން އެކްޓިވިޓީ އުފެދޭ ގޮތް ހާމަކުރުމަށް ސައިންސްވެރިން ވަނީ ނިއުރަލް ސިގްނަލްތައް ރެކޯޑްކޮށް، ވޮލަންޓިއަރުން ލައްވާ ތަފާތު ފޮޓޯތައް ބަލުވާފައެވެ. އެއަށްފަހު މެތަމެޓިކަލް މޮޑެލްތައް ބޭނުންކޮށްގެން އިންސާނުންގެ ވިޝުއަލް ވަޔަރިންއިން އަވަސް ސްޓެޓިސްޓިކަލް 'ގެސްވޯކް' ކުރާގޮތް ކަށަވަރުކުރެވުނުކަމަށް އެދިރާސާގައި ބުނެފައިވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.