ނާސާގެ ވޮޔޭޖަރ 1 ޖައްވީ އުޅަނދު ދުނިޔެއާއި ގުޅުން ކެނޑިއްޖެ

އަޙްމަދު ދާއޫދު 17 ޑިސެމްބަރު 2023

ނާސާއިން ދުނިޔެއާ އެންމެ ދުރުގައި އޮތް ޖައްވީ އުޅަނދު ކަމަށްވާ 45 އަހަރުގެ ވޮޔޭޖަރ 1 ޕްރޮބްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ސައިންސްގެ ޑޭޓާ އަނބުރާ މިޝަން ކޮންޓްރޯލަށް ފޮނުވުން ހުއްޓާލައިފިއެވެ.

ނާސާގެ އިންޖިނިއަރުންނާއި ހަވާލާދީ ބީބީސިން ބުނާ ގޮތުގައި އިންސްޓްރޫމެންޓްތަކާއި ޖައްވީ އުޅަނދުތަކުގެ ހެލްތް ސެންސަރުން އެއްކުރާ މައުލޫމާތު ބަންޑްލް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ވޮޔޭޖަރ 1 ގެ ފްލައިޓް ޑޭޓާ ސިސްޓަމް ކޮމްޕިއުޓަރު ފެންނަނީ ރިޕީޓިން ލޫޕެއްގެ ތެރޭގައި ތާށިވެފަ އެވެ. މިހާރު ވެސް އާ ރީޑިންގެ ބަދަލުގައި އެއް ސީކުއެންސްގެ ޑޭޓާ ޓްރާންސްމިޓް ކުރަމުން ދެއެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ސިސްޓަމްގެ ޓެލެކޮމިއުނިކޭޝަން ޔުނިޓުން ނިމުމެއް ނެތް ތަކުރާރުވުމެއްގައި ވަން އެންޑް ޒީރޯގެ ޕެޓާނެއް އަނބުރާ ފޮނުވަން ފެށުމުންނެވެ.

ވޮޔޭޖަރ 1 އަށް އަދިވެސް ދުނިޔެއިން ކޮމާންޑްތައް ލިބޭއިރު، ވަންވޭ ކޮމިއުނިކޭޝަންގެ ސަބަބުން އިންޖިނިއަރުންނަށް ޖައްވީ އުޅަނދުގެ ހާލަތު ނުވަތަ ސައިންޓިފިކް މިންގަނޑުތައް ދެނެގަތުމަށް ހުރަސް އެޅެއެވެ.

ފްލައިޓް ޑޭޓާ ކޮމްޕިއުޓަރު އަލުން ފަށަން ހަފުތާ ބަންދުގައި މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ދުރު ޕްރޮބްއިން ބޭނުން ކުރެވޭ އެއްވެސް މައުލޫމާތެއް ހޯދިފައެއް ނުވެއެވެ. ދުނިޔެއާ 15 ބިލިއަން މޭލު ދުރުގައި އޮންނަ އަދި 1977 ވަނަ އަހަރު ލޯންޗްކުރި ވޮޔޭޖަރ 1 އަކީ މިހާތަނަށް ދުނިޔެއާއި އެންމެ ދުރަށް ޖައްވަށް ފޮނުވި އިންސާނުން އުފެއްދި އުޅަނދެވެ.

މިޝަން މެނޭޖަރުން ވިދާޅުވާ ގޮތުގައި ޑޭޓާ ސިސްޓަމަށް މިފަދަ ވަގުތީ ނާކާމިޔާބީއެއް 1981 ވަނަ އަހަރު ވެސް ދިމާވެފައިވާއިރު، މިހާރުގެ މި ހާދިސާއާ ގުޅުމެއް ނެތް ގޮތަކަށެވެ. ރެފަރެންސް އަށް ހަމައެކަނި އޮރިޖިނަލް ޓެކްނިކަލް މެނުއަލްތައް ހިފައިގެން، އިތުރު ކޮމާންޑްތައް ތަންފީޒު ކުރުމުގެ ކުރިން ޓީމުން ކުރިއަށް ދަނީ ވަރަށް ފަރުވާތެރިކަމާ އެކު، ވޮޔޭޖަރ 1 ގެ ބޮޑު ދުރުމިނުގައި މެސެޖުތައް ފޮނުވުމަށާއި ބަލައިގަތުމަށް އެއް ދުވަހުގެ އިންތިޒާރަކަށެވެ.

ރެގިއުލާ ޑޭޓާ ޓްރާންސްމިޝަންތައް އަލުން އިއާދަކުރެވޭނެ ކަމަށް އުއްމީދު ކުރާއިރު، ވޮޔޭޖާގެ ޕްރޮޖެކްޓް މެނޭޖަރު ސުޒޭން ޑޯޑް ވިދާޅުވީ މީގެ ކުރިން އެއްވެސް ޖައްވީ އުޅަނދެއް އޮޕަރޭޓް ކޮށްފައި ނުވާ ހިސާބަށް ޕަޔޯނިއާ ޕްރޮބްސްތައް ދަތުރުކުރަމުން ދާތީ މައްސަލަތައް ވެސް ކުރިމަތިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޖައްވީ އުޅަނދާ ދުނިޔެއާއި މުވާސަލާތީ ގުޅުން މެދުކެނޑިފައި މިވަނީ މިޝަންގެ 45 ވަނަ އަހަރީ ދުވަހާވެސް ދިމާކޮށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.