ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫއިން އިންވެސްޓްކުރި ޑޮމެސްޓިކް ސަބްމެރިން ކޭބަލް އޮފް މޯލްޑިވްސް (ޑީއެސްސީއޯއެމް) ހުޅުމާލޭގެ އައްސޭރިފަށަށް ފޯރައިފިއެވެ.
ޑީއެސްކޯމް ސިސްޓަމްގައި 5 ސެގްމަންޓް ހިމެނޭއިރު ހުޅުމާލެ، މާފުށި، މާމިގިލި އަދި ކުޑަހުވަދޫ ހިމެނޭގޮތަށް ރާއްޖޭގެ 8 ރަށެއް މި ސަބްމެރިން ކޭބަލްއިން ގުޅާލާނެއެވެ.
ރާއްޖޭގެ މައިގަނޑު ގިނަ ދާއިރާތައް ހިމެނޭ މުހިންމު ނޭޝަނަލް ބެކްބޯން ނެޓްވޯކެއްގެ ގޮތުގައި، ކުރިއަށް ގެންދާ މަޝްރޫޢު "ޑީއެސްސީއޯއެމް" ސިސްޓަމްގެ ސަބަބުން ހައި ސްޕީޑް ނެޓްވޯކް ކަވަރޭޖް ވަރަށް ބޮޑަށް ރަނގަޅުވެ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް ޓަކައި ރިސިލިއެންސީ ބިނާވެގެންދާނެއެވެ.
ރާއްޖޭގެ ސީބެޑްގައި ގިނައީ މުރަކަ ފަރުތައް ކަމަށްވާއިރު، އެ ސަރަހައްދު އޮތީ ވަރަށް އުސްކޮށެވެ. ސީބެޑް ސްލޯޕް އާންމުގޮތެއްގައި 20-40 ޑިގްރީއާ ދެމެދުގެ މިންވަރަކަށް ހުންނައިރު، އެންމެ ގިނަވެގެން 70 ޑިގްރީއަށް އަރާނީ ރީފް އެޖްގައެވެ.
ސަބްމެރިން ކޭބަލް އެޅުމުގައި މަޝްހޫރު ތަޖްރިބާކާރު ކުންފުނި ޗައިނާގެ އެޗްއެމްއެން ޓެކް އިން ރާއްޖޭގައި ކުރިއަށް ގެންދާ މި މަޝްރޫޢުގައި މުރަކަ ފަރުތަކުގެ މުއްސަނދި ކަމަށް ގެއްލުން ނުވާނެ ގޮތަށް މަސައްކަތް ފަރުމާކޮށް ކުރިއަށް ގެންދަނީ ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ ސަޕޯޓާއެކުގައެވެ.
އެކުންފުނީގެ އެޑްވާންސް މެކޭނިކަލް ޕްރޮޓެކްޝަނާއެކު އާމާޑް ކޭބަލް އާއި، މެޗޫއަރ އިންނަރ ވޯލްޓް ސްޓީލް ވަޔަރސް ޑިޒައިންގެ ސަބަބުން ވަރަށް މޮޅު ހައިޑްރޮސްޓެޓިކް ރެސިސްޓެންސް އަދި ޓެންސިލް ސްޓްރެންތް ލިބިގެންދެއެވެ.
އެކްސްޓަރނަލް ގަލްވެނައިޒްޑް އާމަރ ވަޔަރސް އަކީ ވަޔަރ ރެސިސްޓެންސް އިތުރަށް ރަނގަޅުކޮށް، މުރަކަ ފަރުތަކުގެ ޚާއްޞަ ޖިއޮގްރަފިކަލް އެންވަޔަރަންމަންޓް ތަކާއި ގުޅޭ ވަޔަރތަކެކެވެ. މީގެ އިތުރުން ސަބްމެރިން ކޭބަލްތަކަކީ ޝޯރ އެންޑް އިންސްޓޯލްކުރުމުގައި ޑަބަލް ޕްރޮޓެކްޓްކުރެވި، ސިސްޓަމްގެ ރިލައިބިލިޓީ ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ ކޭބަލްތަކެކެވެ.
ޑޮމެސްޓިކް ސަބްމެރިން ކޭބަލް އޮފް މޯލްޑިވްސް (ޑީއެސްކޯމް) އިން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މެރިން އިންސްޓޯލްމަންޓާއި ސިސްޓަމް އެކްސެޕްޓޭޝަން ހިމެނޭ ގޮތަށް ޑެލިވަރީ ގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ޑީ.އެސް.ސީ.އޯ.އެމް ސިސްޓަމް ވިޔަފާރީގެ ގޮތުން ބޭނުންކުރަން ފެށުމުން، މި ނިޒާމުގެ ސަބަބުން ރާއްޖޭގައި އިތުރު ކެޕޭސިޓީއާއި، ހަލުވި ސްޕީޑާއި ފުޅާ ކަވަރޭޖް މުވާސަލާތީ ޚިދުމަތްތައް ލިބި، ދެކުނު އޭޝިއާގެ ޑިޖިޓަލް އަދި އިންޓެލިޖެންޓް ޓްރާންސްފޯމޭޝަނަށް އާ ބާރެއް މިކަމުގެ ސަބަބުން ލިބިގެންދާނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.