ގޫގަލްއިން އިނގިރޭސި ދަސްކުރަން ފަސޭހަ ގޮތެއް ތައާރަފުކޮށްފި

އަޝްނާ ރަޝީދު 25 ޖެނުއަރީ 2024

ގޫގަލް ސާޗްއިން އިނގަރޭސި ދަސްކުރަން އެހީވާ އާ އުކުޅެއް އިއުތިޖާދުކޮށްފިއެވެ. މި ފީޗަރ އާޖެންޓީނާ، ކޮލަމްބިއާ، އިންޑިއާ، އިންޑޮނޭޝިއާ، މެކްސިކޯ، އަދި ވެނެޒުއެލާގައި އެންޑްރޮއިޑު ފޯނުތަކުގެ ގޫގަލް ސާރޗުން ވަދެވޭއިރު، މުސްތަޤުބަލުގައި އެހެން ޤައުމުތަކަށާއި އިނގަރޭސިބަސް ނޫން އެހެން ބަސްބަސް އެކުލަވާލުމަށް މަސައްކަތްކުރާކަމަށް ގޫގަލްއުން ހާމަކޮށްފައިވެއެވެ.

ގޫގަލްއިން ތައާރަފުކުރި މިފީޗަރއަކީ އިނގިރޭސިބަހުން ވާހަކަދައްކަން ފަރިތަކުރުމަށްޓަކައި މަޖާ އަދި ފަސޭހަގޮތެކެވެ. މި ފީޗަރ މެދުވެރިކޮށް 3 ނުވަތަ 5 މިނިޓެއްގެ ތެރޭގައި ބަސް ބޭނުންކޮށްގެން ވާހަކަ ދައްކާ ފަރިތަކުރުންތަކެއް ހަދަން ލިބޭނެއެވެ. އަދި މި ފަރިތަކުރުންތައް ނިންމުމުން އެ ފަރިތަކުރުންތައް ނިންމުނުގޮތާއިމެދު ފީޑްބެކް ލިބިގެންދެއެވެ. މިގޮތުން ދިން ޖުމްލައިގެ ފުރިހަމަކަމާއި މައުޟޫއުއާއި ގުޅުންހުރި މިންވަރާއިމެދު ފީޑްބެކް ލިބިގެންދާނެއެވެ. މީގެއިތުރުން އިނގަރޭސި ބަހުގެ ޤަވާއިދާއި ގުޅުންހުރި ޖުމުލަތައް އިތުރަށް ރަނގަޅުކުރެވޭނެގޮތަކާއި ސުވާލުތަކަށް ދެވިދާނެ އެެހެން ޖަވާބުތައްވެސްދެއެވެ. މީގެއިތުރުން މި ފީޗަރު ބޭނުންކުރާވަރަކަށް ފަރިތަކުރުންތަކުގެ އުނދަގޫމިންވެސް އެނގެވަރާއި އަޅާބަލާފައި އުނދަގޫވަމުންދއެވެ.

ގޫގަލްގެ މި އެޕުން ޖުމްލައިގައި ބަސްބަސް ބޭނުންކުރެވިފައިވާ ގޮތާއިގުޅިގެން އޭގެ މާނަވެސް ދައްކައިދެއެވެ. މީގެ ސަބަބުން އެކި ކަންކަމަށް ބޭނުންކުރެވޭ ބަސްބަހުގެ މާނަ ދަސްކުރުމަށް ފަސޭހަވެގެންދެއެވެ. މިގޮތުން، ބަސްބަސް ތަރުޖަމާކުރާއިރުގައި ބަސްބަހުގައި ބަސް އަތުރާގޮތާއި މެދުވަނީ ވިސްނާފައެވެ. މީގެ މާނައަކީ، ބައެއް ލަފުޒުތައް ވަނީ އެއްކޮށް ތަރުޖަމާކޮށްފައެވެ. އެއީ އެ ޖުމަލައިގެ ގޮތުން އެ ލަފުޒުތަކުގެ މާނަ ނުގެއްލޭގޮތައް ހެދުމަށެވެ. މިކަން ހާސިލުކުރުމުގައި ގޫގަލް ޓްރާންސްލޭޓްގެ އޭޕީއައިތައްވެސް ވަނީ ބޭނުންކޮށްފައެވެ.

ގޫގަލްއިން ހާމަކޮށްފައިވާގޮތުން މި އުކުޅު ފަރުމާކޮށްފައިވަނީ ބަސް ދިރާސާކުރާ ފަރާތްތަކާއި، މުދަައްރިސުންނާއި، އިނގަރޭސިބަސް ދަސްކޮށްދިނުމާއި ބެހޭ މާހިރުންގެ އެހީގައެވެ. މި އުކުޅު ފަރުމާކޮށްފައި ވަނީ ގޫގަލް ޓްރާންސްލޭޓް ޓީމުގެ "ޑީޕް އެލައިނަރ" އާއި ގޫގަލްގެ އެހެން ޓީމުތަކުން ފަރުމާކޮށްފައިވާ އެހެން އޭއައި މެޝިން ލާނިންގ މޮޑެލުތަކުގެ އެހީގައިވީނަމަވެސް މީގެން ޖަނަރޓޫކުރެވޭ ކޮންޓެންޓަކީ މާހިރުންގެ އެހީގައި ހަދާފައިވާ ކޮންޓެންޓާއި އިންސާނުން ބަލާފައިވާ އޭއައި ކޮންޓެންޓެވެ. މީގެއިތުރުން އެހެން ފަރާތްތަކުގެ އެހީވެސް މި ޕްރޮޖެކްޓުގައި ލިބިފައިވާކަމަށް ގޫގަލްއުން ހާމަކޮށްފައިވެއެވެ.

ނަމަވެސް މި އުކުޅުގެ ބޭނުމަކީ އިނގަރޭސި ބަސް ދަސްކުރުމަށް އެހެން ގޮތްތްކުގެ ބަދަލުގައި ބޭނުންކުރެވޭ ނިޒާމަކަށްވުމެއްނޫނެވެ. ގޫގަލްއުން ބުނާގޮތުގައި މި އުކުޅުގެ ބޭނުމަކީ މުދައްރިސުންނާއި، ކިލާސްތަކާއި އެޕްތައްފަދަ އެހެން ގޮތްތަކުގެ އިތުރުން ބަސް ދަސްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދޭ އެއްޗަކަށްވުމެވެ.

ގޫގަލްގެ މިއައު ފީޗަރއަކީ އިނގަރޭސިބަސް ދަސްކުރަން އުޅޭފަރާތްތަކަށް ދަސްކުރަން އައުގޮތްތަކެއް ހޯދައިދޭނެ އެއްޗެކެވެ. ބައެއް ފަރާތްތަކުން ވަނީ މިއުކުޅު މަޝްހޫރު ބަސްދަސްކުރަން ބޭނުންކުރާ އެޕް ދުއޮލިންގޯއާއި އެއްގޮތްކޮށްފައެވެ. ނަމަވެސް މި ފީޗަރއަކީ ހަގީގަތުގައިވެސް އެފަދަ ބަސްދަސްކުރަން ބޭނުންކުރާ އެޕްތަކާއި ވާދަކުރާނެ ފީޗަރެއްތޯ؟ ގޫގަލްގެ ބަސް ތަރުޖަމާކުރުމަކީ އެހެން މިފަދަ އެޕްތަކާއި އަޅާބަލާއިރު މާފުރިހަަމަ އެއްޗެކެވެ. އަދި ގޫގަލް ސާރޗަކީ އެހެން އެޕްއެއް ފޯނަށް ޑައުންލޯޑުނުކޮށް ބޭނުންކުރެވޭނެ އެއްޗެކެވެ. ހަމައެއާއެކު، ގޫގަލްގެ މި ފީޗަރުގައި އެހެން އެޕްތަކުން ލިބޭހުރިހާ ބަސްތަކާއި އެހެނިހެން ފީޗަރތަކެއް އަދިއެއް ނުލިބެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.