ހަމައެކަނި ވިސްނުން ބޭނުންކޮށްގެން އިންޓަނެޓް ސާޗް ކުރެވޭ ނުވަތަ މައިންޑް ރީޑިން ޑިވައިސްއެއް ކިޔަވާ ކުއްޖަކު އުފައދައިފިއެވެ.
މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގައި ކިޔަވަމުން އަންނަ އަރްނަވް ކަޕޫރު ވަނީ ވިސްނުމާއި އިޙްސާސްތަކުގެ ސަބަބުން އުފެދޭ ޖަޒުބާތާއި މޫނުގައި ހުންނަ ނިއުރޯމަސްކިއުލާ ސިގްނަލްތައް ދެނެގަނެވޭނެ "އޯލްޓާއެގޯ"ގެ ނަމުގައި ވެއަރަބަލް ޑިވައިސްއެއް އުފައްދައިފައެވެ.
އޯލްޓާއެގޯ ހެޑްސެޓުގައި އިލެކްޓްރޯޑް ބޭނުންކޮށްގެން މި ކުދި ސިގްނަލްތައް ނަގައި، ވަޔަލެސްކޮށް ކޮމްޕިއުޓަރަކަށް ޓްރާންސްމިޓް ކުރެއެވެ. އެއަށްފަހު އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއަރގެ އެހީގައި އެމީހަކު އިންޓާނަލް ވާބަލައިޒްކުރާ ނުވަތަ ވިސްނަމުންދާ ލަފުޒުތައް ދެނެގަނެ، ކަމާގުޅޭ މަޢުލޫމާތު ހޯދުމަށް އިންޓަރނެޓް ޑޭޓާބޭސްއަށް ސުވާލު އުފައްދައެވެ. ކޮމްޕިއުޓަރުން އިޖާބަ ދެނީ ބޭނުންކުރާ މީހާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއިން ވައިބްރޭޝަންތައް ފޮނުވައި، އެތެރޭގެ އަޑެއް ފަދައިން ހިމޭންކަމާއެކު ޖަވާބުގެ އަޑުއިވޭ ގޮތަށެވެ.
ހިސާބުގެ ކޮމްޕްލެކްސް މައްސަލަތައް ފަސޭހަކަމާ އެކު ހައްލުކޮށް، ބަލްގޭރިއާގެ އެންމެ ބޮޑު ސިޓީ ފަދަ ހަގީގަތްތައް ބަލައި، އޮންލައިންކޮށް މައުލޫމާތު ބްރައުޒް ކުރަނީ ހަމައެކަނި އޭނާގެ ވިސްނުން ބޭނުންކޮށްގެންނެވެ. ވާހަކަ ނުދައްކައި، ޓައިޕް ކުރުމެއް ނެތި، ނުވަތަ ބޭރުގެ އެއްވެސް ހަރަކާތެއް ނެތި އޭނާ ބޭނުންވާ ހުރިހާ މައުލޫމަތެއް އިންޓަނެޓުން ހޯދައެވެ. "އެއީ ބޮލުގައި ގޫގަލް ސީދާ އޮތުން ކަހަލަ ކަމެއް،" އޭނާ ކިޔައިދިނެވެ. މިހާތަނަށް މި ޑިވައިސްއިން ގާތްގަނޑަކަށް 100 ލަފުޒު ދެނެގަނެވުނު ނަމަވެސް އަރްނަވް ކަޕޫރުގެ ޓީމުން އުންމީދު ކުރަނީ ބަސްކޮށާރު ފުޅާކުރުމަށެވެ.
މިއުފެއްދުމަކީ އަދިވަރަށް އާލީސްޓޭޖްގައި އޮތް ޕްރޮޓޯޓައިޕެއް ނަމަވެސް، މައިންޑް ރީޑިން ޓެކްނޮލޮޖީގެ ޕޮޓެންޝަލް އެޕްލިކޭޝަންތައް ވަރަށް ގިނައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވާހަކަދެއްކުމާއި ހަރަކާތަށް އަސަރުކުރާ އިންގިލާބީ މުވާސަލާތީ އިންޓަފޭސްއެއް ފޯރުކޮށްދެވިދާނެއެވެ. މީގެ އިތުރުން އިންސާނުންނާއި ކޮމްޕިއުޓަރުގެ މުޢާމަލާތްތަކުގައި އާ ރޮނގުތަކެއް ހުޅުވިގެންދަނީ އަޅުގަނޑުމެންގެ ސިކުނޑިއާއި ޑިޖިޓަލް މަޢުލޫމާތުގެ މެދުގައި މެދުނުކެނޑި ކޮގްނިޓިވް ގުޅުމެއް އުފައްދައިގެންނެވެ.
"މިކަމުގެ ސަބަބުން އިންސާނާއާއި ކޮމްޕިއުޓަރުގެ މެދުގައި މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދެއެވެ." އެމްއައިޓީ މީޑިއާ ލެބްގައި އޯލްޓާއެގޯ އާއި ގުޅޭގޮތުން ބުނެފައިވެ އެވެ.
"ކޮމްޕިއުޓިން، އިންޓަނެޓް އަދި އޭއައި އަކީ އަހަރެމެންގެ ވިސްނުމާއި ގާބިލުކަން އިތުރުކުރުމަށް "ސެކަންޑް ސެލްފް" އެއްގެ ގޮތުގައި އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ތެރެއަށް ވަންނާނެ ކަމެކެވެ.
ޕްރައިވެސީ އާއި ކޮގްނިޓިވް ސެކިއުރިޓީއާ ބެހޭ ގޮތުން މި ޑިވައިސްއިން ކޮމްޕްލެކްސް އެތިކަލް ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ކަޕޫރުގެ މި އުފެއްދުންތަކުން ޑިޖިޓަލް ޓެކްނޮލޮޖީއާ ގުޅުން ބަދަހިކޮށް ތަޖުރިބާ ކުރާ ގޮތް މުސްތަގުބަލުގައި މައިންޑް މެޝިން ސިމްބިއޯސިސް އަށް އަލުން ބައްޓަން ކުރެވިދާނެ ގޮތުގެ ވަރުގަދަ މަންޒަރެއް ފެނިގެންދެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.