އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އަޑުއުފުލި މުވައްޒަފަކު ގޫގަލްގެ ވަޒީފާއިން ވަކިކޮށްފިއެވެ.
ނިއުޔޯކްގައި ބޭއްވި ޓެކް ކޮންފަރެންސެއްގައި އިހުތިޖާޖު ކުރުމުގެ ގޮތުން ގޫގަލް ކްލައުޑް އިންޖިނިއަރަކު ވަނީ އަޑުއުފުލާފައެވެ. ގޫގަލްއިން އިސްރާއީލުގެ އަސްކަރިއްޔާއާ އެކު ހަދާފައިވާ އެއްބަސްވުން ކުށްވެރިކުރިކޮށް އެ އެއްބަސްވުން އުވާލުމަށް އޭނާވަނީ ގޮވާލައިފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ގޫގަލް އިޒްރޭލުގެ މެނޭޖިން ޑިރެކްޓަރު ބަރަކް ރެގެވް ވާހަކަ ދައްކަމުން ދަނިކޮށް މައިންޑްދަޓެކް ކޮންފަރެންސްގައެވެ.
"ގަތުލުއާންމަށް ބާރުދޭ ޓެކްނޮލޮޖީއެއް ހަދަން ދެކޮޅު ހަދަން" އެ އިންޖިނިއަރު ސްޓޭޖަށް އަރައި އިއުލާނު ކުރިއެވެ.
ރިޕޯޓްތައް ބުނާގޮތުން އޭނާ އިޝާރާތް ކުރީ އިޒްރޭލު ސަރުކާރާއި އަސްކަރިއްޔާއަށް ކްލައުޑް ހިދުމަތް ދިނުމަށް 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށްވާ ގޫގަލްގެ ޕްރޮޖެކްޓް ނިމްބަސް އަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ޓެކްނޮލޮޖީގެ ސަބަބުން އިސްރާއީލުގެ ބާރުގެ ދަށުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުން އިތުރަށް މޮނިޓަރކޮށް ގާނޫނާ ހިލާފަށް އެމީހުންގެ ޒާތީ މައުލޫމާތު އެއްކުރެވޭނެ ކަމަށެވެ.
"މި ޓެކްނޮލޮޖީގެ ސަބަބުން ފަލަސްތީނާ ބެހޭ މައުލޫމާތު އިތުރަށް ބެލެހެއްޓުމާއި ގާނޫނާ ހިލާފަށް މައުލޫމާތު އެއްކުރުމުގެ މަގު ފަހިވެ، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގަވައިދާ ހިލާފަށް ހަދާފައިވާ އާބާދީތައް ފުޅާކުރުމަށް މަގުފަހިވެގެންދާނެ،" އެ އިންޖިނިއާ އެސަރަހައްދުން ގަދަކަމުން ނެރުނުއިރު ގޮވަމުން ދިޔައެވެ.
އެ އިންޖިނިއަރުގެ އިޙްތިޖާޖްގެ ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އެ ވީޑިއޯގައި އޭނާ އަޑުގަދަކޮށް ހަޅޭލައްވާ މަންޒަރު ފެނެއެވެ.
މި ހާދިސާގެ ސަބަބުން ގޫގަލް އާއި އެހެނިހެން ޓެކް ކުންފުނިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ބޭނުންކުރާ ގޮތާ މެދު އަޚްލާޤީ ކަންބޮޑުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއާ އެކު ގޫގުލް އިން ހަދާފައިވާ ކޮންޓްރެކްޓަކީ އެތައް މަހެއް ވަންދެން ގޫގަލްގެ މުވައްޒަފުންގެ މެދުގައި އެކަމާ ބަހުސްކުރެވިފައިވާ ބޮޑު މައްސަލައަކަށް ވެފައިވާ އެއްބަސުވުމެކެވެ.
މިދިޔަ އަހަރު ގޫގަލްގެ އެތައް ސަތޭކަ ބަޔަކު ވަނީ ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް އިސްރާއީލުގެ އަސްކަރިއްޔާއާ ކޮންޓްރެކްޓްކޮށްގެން "އަނިޔާވެރި ނަސްލީ ތަފާތުކުރުމުގެ ޒަމާނުގެ މެޝިނަކަށް" ނުވުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ވެސް ކޮށްފައެވެ. ނަމަވެސް ގޫގަލް ލީޑާޝިޕުން ޕްރޮޖެކްޓް ނިމްބަސް ކޮންޓްރެކްޓް ދިފާއުކުރީ ސައްހަ ވިޔަފާރިއެއްގެ ގޮތުގައެވެ.
އިޒްރޭލުގެ ޓެކް ކޮންފަރެންސްގެ ހާދިސާގެ ސަބަބުން އަސްކަރީ ކްލައުޑް ކޮންޓްރެކްޓާއި އޭއައި ޓެކްނޮލޮޖީ ބިނާކުރުމާ ބެހޭ ގޮތުން އެ ކުންފުނީގެ އުސޫލުތަކާ ބެހޭ ގޮތުން ގޫގުލްގެ ތެރޭގައި އަނެއްކާވެސް ބަހުސެއް އުފެދިދާނެ ކަމަށް ބެލެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.