‏ކޯޕައިލޮޓް ބޭނުންކުރާ ނަމަ މިހާރު ޖީޕީޓީ-4 ޓާބޯ ހިލޭ ލިބޭނެ

އަޙްމަދު ދާއޫދު 14 މާރިޗު 2024

‏މައިކްރޯސޮފްޓްގެ ކޯޕައިލޮޓް ބޭނުންކުރާ ފަރާތްތަކަށް އޯޕަން އޭއައިގެ ޗެޓްޖީޕީޓީ-4 ގެ ޚިދުމަތް ހިލޭ ލިބޭގޮތް ހަދައިފިއެވެ.‏

‎‏މައިކްރޮސޮފްޓުން ވަނީ އެ ކުންފުނީގެ ފްރީ ކޯޕައިލެޓް އޭއައި އެސިސްޓެންޓަށް ޓާބޯޗާޖްކޮށް، ޕެއިޑް ޕްރޯ ޓަޔަރ - ‏‏އޯޕަންއޭއައިގެ‏‎ ‎‎‏ބާރުގަދަ ޖީޕީޓީ-4 ޓާބޯ އަށް ބާރުދޭ އެޑްވާންސް ލެންގުއޭޖް މޮޑެލްއަކަށް އަޕްގްރޭޑްކޮށްފައެވެ‏‎.‎

‎‏އާޓިފިޝަލް އިންޓެލިޖެންސަށް ވާސިލްވުން އިތުރުކުރުމުގެ ގޮތުން މައިކްރޮސޮފްޓުން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ‏‎ ‎‎‎‏ކޯޕައިލެޓްގެ ހިލޭ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މިހާރު ޖީޕީޓީ-4 ޓާބޯ ބޭނުން ކުރެވޭނެކަމަށެވެ. އަދި އޭއައި ‏‏އެސިސްޓެންޓްގެ ތެރޭގައި ހިމެނޭ‏‎ ‎‎"‎‏ކްރިއޭޓިވް" ނުވަތަ "ޕްރިސައިޒް" މޯޑްތަކަށް ބަދަލުކޮށްލުމުން މި ޚިދުމަތް ލިބޭނެކަމަށް ‏‏އެކުންފުނިން ވަނީ ބުނެފައެވެ. ‏

‎އޯޕަން އޭއައި އިން ޖީޕީޓީ-4 ޓާބޯ ތައާރަފުކުރީ 2023 ވަނަ އަހަރު ނޮވެމްބަރުގައެވެ. މިއީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ޑޭޓާއަށް ތަމްރީނުކުރެވި، ޓެކްސްޓް-ޓު-ސްޕީޗް ‏‏ޕްރޮމްޕްޓްތައް‏‎ ‎‎‏ބެލެހެއްޓޭނެ، އަދި ކޮމްޕްލެކްސް ކުއަރީތަކުގައި ޕާފޯމަންސް އިތުރުކުރުމަށް 128،000 ޓޯކަންގައި މިހާތަނަށް ‏‏އެންމެ ބޮޑު‏‎ ‎‎‏ކޮންޓެކްސްޓް ވިންޑޯއެއް ފޯރުކޮށްދޭ ޚިދުމަތެކެވެ‏‎.‎

‏ކޯޕައިލޮޓް ޕްރޯ ބޭނުންކުރާ ފަރާތްތަކަށް އަދިވެސް ޑިފޯލްޓްކޮށް ޖީޕީޓީ-4 ޓާބޯ އަށް އެކްސެސް ލިބޭއިރު، ބޭނުންވެއްޖެ ‏‏ހިނދެއްގައި ކުރީގެ‏‎ ‎‎‏މޮޑެލްތަކަށް އަލުން ޓޮގަލް ކުރަން ހިޔާރު ކުރެވިދާނެއެވެ. ކޮންމެ މަހަކު 20 ޑޮލަރުގެ ޕްރިމިއަމް ޓަޔަރގެ ‏‏ދަށުން އިތުރު އޮފީސް އޭއައި‏‎ ‎‎‏އިންޓެގްރޭޝަންތަކާއި މުސްތަގުބަލުގެ މޮޑެލް އަޕްޑޭޓްތަކަށް އިސްކަންދޭ އެކްސެސް ލިބެއެވެ‏‎.‎

‎‏ޖީޕީޓީ-4 ޓާބޯއަށް އަށް އެންމެންނަށް ބޭނުންކުރެވޭގޮަތަށް ހެދުމަށްމައިކްރޮސޮފްޓުން ނިންމި ނިންމުމަކީ ޓެކް ދާއިރާގައި މިހާރު ‏‏ކުރިއަށްދާ އޭއައި‏‎ ‎‎‏ހަތިޔާރުގެ ރޭހަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ގޫގަލް، ސެމްސަންގް އަދި އޯޕަންއޭއައި ފަދަ ބޮޑެތި ‏‏ކުންފުނިތަކުން އަންނަނީ އެ‏‎ ‎‎‏މީހުންގެ ޖެނެރޭޓިވް އޭއައި އޮފާތައް އަޕްގްރޭޑް ކުރަމުންނެވެ‏‎.‎

‎‏އެންމެ ފަހުގެ އަދި އެންމެ ކުޅަދާނަ އެއް ބަހުގެ މޮޑެލް ކޯޕައިލޮޓް ބޭނުންކުރާ ފަރާތްތަކަށް ހިލޭ އެކްސެސް ދީގެން މައިކްރޮސޮފްޓުން ‏‏ބަލަނީ‏‎ ‎‎‏ ކޯޕައިލޮޓް ފުޅާ ދާއިރާއެއްގައި އެޑޮޕްޓް ކުރުމަށް ބާރު އެޅުމަށާއި ޖެނެރޭޓިވް އޭއައި މާކެޓުގައި އެ ކުންފުނީގެ ފައިތިލަ ‏‏ވަރުގަދަ ކުރުމަށެވެ.‏‎ ‎‎

‎‏އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މައިކްރޮސޮފްޓުން މިއަށްވުރެ ވެސް ކުރިއަރާފައިވާ "ޖީޕީޓީ-4.5 ޓާބޯ" މޮޑެލްއެއް ‏‏ތައާރަފްކުރުމަށް‏‎ ‎‎‏މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށް ބެލެވޭ އިރު، މިއީ ކޯޕައިލޮޓް ޕްރޯގެ އާ އެކްސްކްލޫސިވް އަކަށް ވެދާނެ ‏‏ކަމަށް ބެލެވެއެވެ‏‎.‎

‎‏މައިކްރޮސޮފްޓްގެ ހިލޭ ޖީޕީޓީ-4 ޓާބޯ ރޯލްއައުޓްގެ ސަބަބުން އާންމުންނަށް އެއްވެސް އަގަކާ ނުލައި އެންމެ ޒަމާނީ ‏‏އާޓިފިޝަލް‏‎ ‎‎‏އިންޓެލިޖެންސަށް ވަނުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެކެވެ. ‏

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.