މިދިޔަ އަހަރުގެ ޝައުގުވެރި ބައެއް ޓްރެންޑްތަކާއި ޑޭޓާތައް!

އަޙްމަދު ދާއޫދު 20 މާރިޗު 2024

2024 ވަނަ އަހަރަށް ދާއިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އުފެދުނު އެންމެ ހިތްގައިމު ޑޭޓާ ޓްރެންޑްތަކަށް ވިސްނާލަން މިއީ ރަނގަޅު ވަގުތެކެވެ. މުނިފޫހިފިލުވުމުގެ ސްޓްރީމިންއިން ފެށިގެން ކްލައިމެޓް ޕެޓާންސް އާ ހަމައަށް ފީނާލާއިރު، 2023 ވަނަ އަހަރަކީ ޝައުގުވެރިކުރުވަނިވި އެތައް ވިސްނުމެއް ގެނެސްދިން އަހަރެކެވެ.

އޮންލައިން ޕްލެޓްފޯމްތައް:

އޮންލައިން ޕްލެޓްފޯމްތަކުގެ ހަނގުރާމަ އަކީ 2023 ވަނަ އަހަރު ވަރަށްބޮޑަށް ހޫނުވެގެންދިޔަ ވަރުގަދަ ހަނގުރާމައެކެވެ. ދުނިޔޭގެ 260 މިލިއަން ސަބްސްކްރައިބަރުންނާ އެކު ނެޓްފްލިކްސް އޮތީ އެންމެ ކުރީގައެވެ. ނަމަވެސް ޕެރަމައުންޓް ޕްލަސް އަދި އެމެޒޯންގެ ރިވެމްޕްޑް ސްޓްރީމިން ސާވިސް ފަދަ ރިލޭޓިވް އަލަށް ތައާރަފުވި ކުންފުނިތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، 56 މިލިއަން އަދި 63 މިލިއަން ސަބްސްކްރައިބަރުން ހޯދާފައެވެ.

އަނެއްކޮޅުން ޑިޒްނީ ޕްލަސްއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 165 މިލިއަނަށް ވުރެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި ކޮންޓެންޓަށް ވަނުމަށް ގިނަ ސްޓްރީމިން ޕްލެޓްފޯމްތަކުގެ މެދުގައި ކަސްޓަމަރުން އަދިވސް ތައްޔާރަށް އެބަތިއްބެވެ.

އެންމެފަހުގެ ޑޭޓާތަކަށް ބަލާއިރު، އެމެރިކާގެ 64 އިންސައްތަ ގޭބިސީތަކުން މިހާރު މަދުވެގެން ތަފާތު ތިން ސްޓްރީމިންގ ޚިދުމަތަށް ފައިސާ ދައްކައެވެ.

އިލެކްޓްރިކް ވެހިކަލް:

އިލެކްޓްރިކް ވެހިކަލް (އީވީ) އަކީ ހަމައެކަނި ނިޗް ޕްރޮޑަކްޓެއް ނޫންކަން 2023 ގެ ތަފާސް ހިސާބުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މިދިޔަ އަހަރު އެމެރިކާގައި އަލަށް ވިއްކި ވެހިކަލްތަކުގެ 10 އިންސައްތަ ހިއްސާކުރަނީ އީވީއިން ކަމަށްވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މުޅި ދުނިޔޭގައި އަލަށް ވިއްކި ކޮންމެ 7 ކާރަކުން ގާތްގަނޑަކަށް 1 ކާރަކީ ފުލް އިލެކްޓްރިކް ނުވަތަ ޕްލަގް އިން ހައިބްރިޑެކެވެ.

އާދަޔާ ހިލާފަށް ކާރު އުފައްދާ ކުންފުނި ޓެސްލާ އިން 1.8 މިލިއަން އީވީ ޑެލިވަރީ ކުރި ނަމަވެސް، އީވީ އުފައްދާ އެހެނިހެން ކުންފުނިތަކުން ވެސް އެ ކުންފުނީގެ އިލެކްޓްރިކް ހުށަހެޅުންތަކަށް ބޮޑު ތަރުހީބެއް ލިބުނު އިރު، ފޯޑްގެ އީވީ 68 ޕަސެންޓް އަދި ޖީއެމްގެ އިލެކްޓްރިކް ލައިންއަޕް ގެ ސޭލްސް އަހަރުން އަހަރަށް 51 ޕަސެންޓް ވަނީ އިތުރުވެފައެވެ.

މޫސުމީ ބަދަލުތައް:

ޓެކްނޮލޮޖީއާއި، އެހެނިހެން ކުރިއެރުންތަކުގެ މަގުގައި ދުނިޔެ ކުރިއެރުންތައް ހޯދަމުންދ ދިޔަނަމަވެސް ހިތާމައަކީ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދުނިޔެ ހޫނުވުމާ ބެހޭ ގޮތުން އިތުރަށް ކަންބޮޑުވާ ފަދަ އިންޑިކޭޓަރުތަކެއް ލިބިގެން ދިޔަ ކަމެވެ. ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ޕްރީ-އިންޑަސްޓްރިއަލް އެވްރެޖަށްވުރެ 1.1 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 2023 ވަނަ އަހަރަކީ ދުނިޔޭގެ ފެންވަރުގައި ރެކޯޑް ކުރެވިފައިވާ ފަސް ވަނަ އަށް އެންމެ ހޫނު ގަދަ އަހަރެވެ. ފާއިތުވި ނުވަ އަހަރަކީ ވެސް 1800 ގެ އަހަރުތަކުގެ ފަހުކޮޅަށް ދާ ޑޭޓާސެޓްތަކުގެ އެންމެ ހޫނު 10 އަހަރުގެ ތެރޭގައި ހިމެނޭ އަހަރެކެވެ. އަދި މިދިޔަ އަހަރު އެޓްމޮސްފެރިކް ކާބަން ޑައިއޮކްސައިޑްގެ މިންވަރު އެވްރެޖްކޮށް 417 ޕާޓްސް ޕަރ މިލިޔަން (ޕީޕީއެމް) އަށް އަރާފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 3.6 ޕީ.ޕީ.އެމް. އިތުރު އަދަދެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.