ފަސިންޖަރުންގެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކުރޭތޯ ބަލަނީ

އަޙްމަދު ދާއޫދު 28 މާރިޗު 2024

އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ވަނީ ފަސިންޖަރުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ނުވަތަ ނުރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެ ގައުމުގެ އެންމެ ބޮޑު 10 އެއާލައިންގެ ޑޭޓާ ޕްރެކްޓިސްތައް ދިރާސާ ކުރަން ފަށައިފައެވެ.

ޑެލްޓާ، ޔުނައިޓެޑް، އެމެރިކަން، ސައުތުވެސްޓް، އެލަސްކާ، ޖެޓްބްލޫ، ސްޕިރިޓް، ފްރޮންޓިއަރ، ހަވާއީ އަދި އެލެޖިއަންޓް އެއާލައިންތަކުގެ ސިޔާސަތުތަކާއި އިޖުރާއަތުތައް މިދިރާސާގެ ތެރެއިން ބަލާނެއެވެ. ވަކިން ހާއްސަކޮށް ރެގިއުލޭޓަރުން ބޭނުންވަނީ ޑޭޓާ ރަނގަޅަށް ހިމާޔަތް ކުރުމުގައި އެއްވެސް ފަރާތަކުން ގޯސްހަދާތޯ އާއި ފަސިންޖަރުންގެ ތަފްސީލް ތައް ބޭއިންސާފުން މޮނިޓައިޒް ކުރުން ނުވަތަ ޒާތީ މައުލޫމާތު ތިން ވަނަ ފަރާތަކާ ނާޖާއިޒު ގޮތުގައި ހިއްސާކުރުން ބެލުމަށެވެ.

އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ޕީޓް ބަޓިގިގް ވިދާޅުވީ އެއާލައިންގެ ފަސިންޖަރުންގެ އަމިއްލަ މައުލޫމާތު ތިން ވަނަ ފަރާތްތަކާ ނުހައްގުން ހިއްސާ ނުކުރާ ކަން ނުވަތަ މުވައްޒަފުން ނާޖާއިޒު ގޮތުގައި މުއާމަލާތް ނުކުރާ ކަމުގެ ޔަގީންކަން އޮންނަން ޖެހޭ ކަމަށެވެ.

އެމެރިކާގެ ކޮންމެ ކޮމާޝަލް އެއާލައިނަކަށް ވެސް، ފަސިންޖަރުންގެ ޑޭޓާ އެއްކުރުމުގައި އެ ކުންފުނީގެ ސިޔާސަތުތަކާއި އިޖުރާއަތްތައް ދައްކުވައިދޭ ލިޔުންތަކާއި، މުވައްޒަފުން ނުވަތަ ކޮންޓްރެކްޓަރުން އެ ކުންފުނީގެ މުވައްޒަފުންނަށް ޕްރައިވެސީ ޓްރެއިނިންއާ ގުޅޭ އަމިއްލަ މައުލޫމާތާއި ލިޔުންތައް އޮޅުވާލާފައިވާ ކަމުގެ އެއްވެސް ފަސިންޖަރެއްގެ ޝަކުވާއެއް ވާނަމަ، އެ ކަމުގެ ލިޔުންތައް ހޯދުމަށް ޓްރާންސްޕޯރޓް ޑިޕާރޓްމެންޓްގެ ސިޓީއެއް މިހާރު ވަނީ ފޮނުވާފައެވެ.

އެއާލައިންގެ ސިޔާސަތުތައް ބެލުމަށް ފަހު ޑީއޯޓީއިން "މައްސަލަބޮޑު" އެއްވެސް އަމަލެއް ހާމަކޮށްފި ނަމަ ޖޫރިމަނާ އާއި އާ އުސޫލްތައް ފަދަ އެންފޯސްމަންޓް އެކްޝަންތަކުގެ ނަތީޖާއަކަށް ވެދާނެ ކަމުގެ އިންޒާރު ބުޓިގިގް ވަނީ ދެއްވާފައެވެ.

ސެކިއުރިޓީ ސްކްރީން ކުރުމުގެ ބޭނުމަށް ބައެއް ފަސިންޖަރުންގެ ޑޭޓާ އެއާލައިންތަކުން ފޯރުކޮށްދޭން ސަރުކާރުން ލާޒިމުކުރި ނަމަވެސް، އެމައުލޫމާތުތައް ބޭނުންކުރަނީ ކުންފުނިތަކުގެ އެތެރޭގެ ބޭނުންތަކަށް އެކަނިކަމާއި، އަދި އެ މައުލޫމާތު ހިމާޔަތްކުރެވިފައިވަނީ ކިހާވަރަކަށް ކަމާމެދު ފަސިންޖަރުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑޭޓާ ޕްރެކްޓިސްރިވިއުގެ އިތުރުން އެ ޑިޕާޓްމަންޓުން އަންނަނީ އަލަށް ހުށަހަޅާފައިވާ ކޮންސިއުމާ ޕްރޮޓެކްޝަން ގަވައިދުތައް ވެސް ތަންފީޒު ކުރަމުންނެވެ. އޭގެ ތެރޭގައި ޗެކްކުރާ ތަކެތީގެ ފީއާއި، ސީޓް ހޮވުމާއި، ބުކިންގެ ކުރިން ފްލައިޓަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން އެއާލައިންތަކުން އިތުރަށް ދެފުށް ފެންނަ ގޮތަށް ހާމަކުރަން ޖެހެއެވެ. އަނެއް ހުށަހެޅުމަކީ އާއިލާގެ މެމްބަރުންގެ ކައިރީގައި ކުޑަކުދިން ތިބެވޭނެ ގޮތަށް އެއާލައިންތަކުން އިތުރު ފީއެއް ނެގުން މަނާކުރުމެވެ.

އެއާލައިން ޑިޖިޓަލް ހިދުމަތްތަކާއި ޕާސަނަލައިޒްޑް އޮފާރިންތައް ފުޅާވަމުންދާއިރު، ކޮމާޝަލް ސަވައިލަންސް އާއި ޑޭޓާ ބްރޯކަރިން އާއި ޓްރާންސްޕޭރެންސީ ނެތުމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ޑީއޯޓީގެ އެންމެ ފަހުގެ މި ފިޔަވަޅުތަކުން ދޭހަވަނީ މުޅި ސިނާއަތުގައި ކަސްޓަމަރުންގެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާ ސަރުކާރުގެ ޝައުގުވެރިކަން އިތުރުވަމުންދާ ކަމެވެ.

އިތުރަށް ކިޔާލުމަށް

މަތިންދާބޯޓެއް އުދުހުމަށް އޭއައި ބޭނުންކުރުން: ރިޕޯޓް

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.