އުރީދޫއާ މަނީގްރާމް ގުޅިގެން ފައިސާ ފޮނުވުމުގެ ޚިދުމަތެއް!

އަޙްމަދު ދާއޫދު 01 އޭޕްރީލު 2024

އުރީދޫ މޯލްޑިވްސްގެ މޮބައިލް މަނީ ސާވިސް އެމް-ފައިސާ އާއި ކްރޮސް ބޯޑާ ޕޭމަންޓް ކުންފުންޏެއް ކަމަށްވާ މަނީގްރާމް އިންޓަނޭޝަނަލް ގުޅިގެން ރާއްޖޭގެ ކަސްޓަމަރު ންނަށް ދުނިޔޭގެ ފެންވަރުގައި ރެމިޓެންސްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެއެވެ. މިއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ޚިދުމަތަށް ރިއާޔަތް ކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ މަނީގްރާމް ފަދަ ތަޖުރިބާކާރު ފިންޓެކް އިނޮވޭޓަރަކާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ޑިޖިޓަލް ރެމިޓެންސް ހިދުމަތަކީ ދިވެހިންނާއި ބިދޭސީންނާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެނބުރި ގައުމަށް ގޮސް އާއިލާތަކަށް ފައިސާ ފޮނުވުމުގެ ވަރަށް މުހިންމު ކަންކަމަށް ހައްލެއް ގެނެސްދޭ ހިދުމަތެކެވެ.

ޑަލަސްގައި ހުންނަ މަނީގްރާމަކީ ކުރިއަރަމުން އަންނަ އަދި ކުރިއަރާފައިވާ މާކެޓުތަކުގައި ރީޓެއިލް ލޮކޭޝަންތައް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް މަނީ ޓްރާންސްފާ ނެޓްވޯކް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އެކުންފުނީގެ ޒަމާނީ، މޮބައިލް އަދި އޭޕީއައި ޑްރައިވް ޕްލެޓްފޯމްގެ ބޭނުން ހިފައިގެންދަނީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި މާލީ ގުޅުމެއް ފޯރުކޮށްދެމުންނެވެ.

"އުރީދޫ މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން މަލްޓި ޗެނަލް ޑިސްޓްރިބިއުޝަން ފުޅާވެގެން ދާނެ،" "އެމް-ފައިސާގެ ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް އަވަސް އަދި ރައްކާތެރި ކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ މަގު ފަހިކޮށްދީ، އެކި ރަށްރަށުގައި އުޅޭ މީހުންނަށް ރެމިޓެންސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." މަނީގްރާމްގެ ސައުތު އޭޝިއާ ގެ ރީޖަނަލް ހެޑް ނަވީދު އަޝްރަފް ވިދާޅުވި އެވެ.

މަނީގްރާމުން ޑިޖިޓަލް ވިޔަފާރި ހަލުވިކަމާއެކު ކުރިއަރައި، ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ފިންޓެކް، މޮބައިލް ޕްރޮވައިޑަރުން، ރީޓެއިލަރުން އަދި މާލީ އިދާރާތަކާ އެކު ޕާޓްނާޝިޕްތަކެއް ގާއިމުކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށާއި ހިޖުރަވެރިންނަށް ޚަރަދުކުޑަގޮތެއްގައި ޢާއިލާއަށް ފައިސާ ފޮނުވުމާއި، ބިލްދެއްކުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ރާއްޖޭގައި މީގެ ކުރިން މަނީގްރާމްގެ ހިދުމަތްތައް ދެމުން އައީ ބައެއް އެޖެންޓް ލޮކޭޝަންތަކަށެވެ. އެމް-ފައިސާ އިންޓަގްރޭޝަނަކީ މަނީގްރާމްގެ ފުރަތަމަ މޮބައިލް ވޮލެޓް ޕާޓްނަރޝިޕެވެ.

2016 ވަނަ އަހަރު ތައާރަފްކުރި އެމް-ފައިސާ އަކީ ކޭޝްލެސް ޕޭމަންޓް، ލޯކަލް މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މިހާރު އިންޓަނޭޝަނަލް ރެމިޓެންސް އިން މަނީގްރާމުން ޕަވާ ކުރެވޭ ރާއްޖޭގެ ފުރަތަމަ މޮބައިލް މަނީ ޕްލެޓްފޯމެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.