މިދުވަސްވަރަކީ މުޅިރާއްޖެއަށްވެސް ވަރަށް ހޫނު ގަދަ ދުވަސްވަރެކެވެ. ޢާއްމުގޮތެއްގައި މިދުވަސްވަރު ގިނަ ހިސާބުތަކުގައި އިޙްސާސްކުރެވޭ ޓެމްޕަރޭޗަރަކީ 42-46 ޑިގްރީ ސެލްސިއަސްއެވެ.
މިފަދަ ހޫނުގަދަ ދުވަސްވަރެއްގައި އާއްމު ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކީ ކަރަންޓްބިލް ބޮޑުވުމުގެ ޝަކުވާއެވެ. ހޫނު މޫސުމުގައި ގޭތެރެ ފިނިކުރަން ބޭނުންވާނެއެވެ. އެކަމަށް އޮތް ހަމައެކަނި ޙައްލަކީ ގިނައިރު އެއާކޯން ޖައްސާފައި ބެހެއްޓުމެވެ. އެކަމަކު އެއީ ކަރަންޓްބިލަށް އެންމެ ބުރަބޮޑު ކުރާނެ އެއް ޑިވައިސްއެވެ.
މިކަމަށް ރަނގަޅު ލުޔެއް ނުވަތަ ހައްލެއް ހޯދިދާނެ ގޮތެއް މިއަދު ސައިންސްގެ އަލީގައި ސައިންސްވެރިން މިވަނީ ހޯދާފައެވެ. ސައިންސްވެރިން ވަނީ އިރުގެ އިންފްރާރެޑް އަދި ޔޫވީ ރޭތައް ބްލޮކްކޮށް، އަލިދައުރުވާ މިންވަރު ދަށްކުރުމަށް މަގުފަހިކޮށްދޭ އިންގިލާބީ އާ ވިންޑޯ ކޯޓިންއެއް އުފައްދައިފައެވެ. މި ކޯޓިންގެ ސަބަބުން އެތެރޭގެ ފިނިހޫނުމިން 13 ޑިގްރީ ފެރެންހައިޓަށް ދަށްކޮށް، ފިނިކުރުމުގެ ޚަރަދު ތިންބައިކުޅަ އެއްބަޔަށް ވުރެ ކުޑަކޮށްދެއެވެ.
މި ސައިންޓިފިކް ކާމިޔާބީއަކީ ޔުނިވާސިޓީ އޮފް ނޯޓްރޭ ޑޭމްގެ އިންޖިނިއަރގެ ޓީމަކުން ސިލިކާ، އެލުމިނާ، ޓައިޓޭނިއަމް އޮކްސައިޑް އަދި ސިލިކަން ޕޮލިމަރގެ ކުދިކުދި ނެނޯ ލޭޔަރިންއަކުން ހަދާފައިވާ ސީ-ތްރޫ ކޯޓިންއެކެވެ. އެޓީމުން ވަނީ ކުއަންޓަމް ކޮމްޕިއުޓިން ބޭނުންކޮށްގެން މި ލޭޔަރުތަކުގެ ކޮންފިގްރޭޝަން އޮޕްޓިމައިޒް ކޮށް ހީޓް ޓްރާންސްމިޝަނަށް ޒިންމާވާ އިންފްރާރެޑް އަދި ޔޫވީ ވޭވްލެންތްތައް ރިޖެކްޓް ކުރާ ގޮތަށް ފަރުމާކޮށްފައެވެ.
މި ކޯޓިން މިހާ ހާއްސަވާ ކަމަކީ އިރުގެ އަލިތައް ބިއްލޫރިގަނޑުގައި ޖެހުނަސް އޭގެ ތާމަލް މެޖިކް މަސައްކަތް ކުރުމެވެ. ސައިންސްވެރިން ކިޔައިދިން ފަދައިން، ގިނަ ވިންޑޯ ތަކުން އިރުގެއަލީގެ އަސަރު ކުރަނީ ބިއްލޫރިގަނޑުގައި ލަމްބަލްކޮށް އިރުގެ އަލި ޖެހުމުންނެވެ. ނަމަވެސް މިފަދަ ކޯޓިންގ އެއް ޖަހާފައިވާ ކުޑަދޮރަކުން އިރުގެއަލިން ކޮޓަރިތެރެއަށް ފޮނުވާ ހޫނުކަން ހިފަހައްޓައެވެ.
ނޯޓްރޭ ޑޭމްގެ ދިރާސާއިން އަންދާޒާކޮށްފައިވާ ގޮތުގައި ގޭބިސީތަކާއި ވިޔަފާރިތަކުން މި ކޯޓިން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި އެޅުމުން އަހަރަކު ކރަންޓް ބިލް 33 އިންސައްތަ އަށް ވުރެ ކުޑަކުރެވޭނެއެވެ. އޭގެ މާނައަކީ ކަރަންޓްބިލަށް މަހަކު ދައްކަން ޖެހޭ ފައިސާ މަދުކުރެވި ތިބާގެ ޖީބަށް އިތުރުވާ ބައި ބޮޑުވުމެވެ.
މޫސުމަށް އަންނަ ބަދަލުތައް އިތުރުވެ، ކަރަންޓަށް ހޭދަވާ ޚަރަދުތައް އުފުލިފައިވާ މި ޒަމާނުގައި، "ހީޓް ބްލޮކިން ވިންޑޯ ކޯޓިންގ" ފަދަ އިނޮވޭޝަންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ގޭބިސީގެ ބަޖެޓަށް ވެސް ގެނެވޭ ބޮޑު އިންގިލާބީ ބަދަލަކަށް ވާނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.