ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ގައި ބައިވެރިވުމުގެ ފުރުޞަތު

އަޙްމަދު ދާއޫދު 15 އޭޕްރީލު 2024

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން މިހިނގާ އެޕްރީލް މަހުގެ 22 ން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް (އެސްއައިއެންސީ 2024) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

އެސްއައިއެންސީ2024 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 15 ގައުމަކުން ގާތްގަނޑަކަށް 120 މަންދޫބުން އަދި ފަންނީ މާހިރުންނާއި ދިވެހި ޒުވާނުންވެސް ބައިވެރިކޮށްގެން ބާއވާ ހާއްސަ އިވެންޓެކެވެ.

މިކޮންފަރެންސްގެ ފުރަތަމަ ބުރުވެސް ކުރިއަށް ގެންގޮސްފައިވަނީ މިދިޔައަހަރު އެސްއައިއެންސީ 2023 ގެ ނަމުގައި ދިވެހިރާއްޖޭގައެވެ.

އެސްއައިއެންސީ 2024ގައި 31 ފަންނީ މާހިރުންގެ ވާހަކަދެއްކުން، 27 ޕެނަލް ޑިސްކަޝަން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖައްވީ ސިނާއަތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޒުވާނުން ގުޅާލާ ބައްދަލުވުމެއްގެ ގޮތުގައެވެ.

މިގޮތުން ރާއްޖޭގައި މި ދާއިރާއާއި ގުޅުން ހުރި ޓެކްނޮލޮޖީ، ވިޔަފާރި އަދި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަކީ އެމްއެސްއާރުއޯގެ ހާއްސަ މަގްސަދެކެވެ.

އެމްއެސްއާރުއޯއިން ފާހަގަ ކުަރައްވާ ގޮތުގައި އެސްއައިއެންސީގެ ކޮންފަރެންސްތައް ރާއްޖޭގައި ބާއްވައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔުމަކީ އެޖަމިއްޔާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި އެސްއައިއެންސީގެ ފުރަތަމަ ކޮންފަރެންސްވެސް އަދި ދެވަނަ ކޮންފަރެންސް ވެސް ބޭއްވުމަކީ ދިވެހިރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، އުއްމީދަކީ ޒަމާނުއްސުރެ ދިވެހިން މިސްރާބު ބަލަމުން އަންނަ ތަރިތައް އަދި ޖައްވަށް އަލުން އުންމީދުގެ ނަޒަރަކުން އަދި ސައިންސެގެ ވިސްނުމަކުން ބަލައި ޖައްވީ ސިނާއަތަށް ދިވެހި އިލްމީ ޒުވާނުން ނިކުމެ ޖައްވުގެ ޓެކްނޮލޮޖީ އަދި ފުރުސަތުތަކުން ރާއްޖެއަށް ބިނާކުރަނިވި އީޖާދީ ހައްލު ހޯދައި މޫސުމީ ވިލުންވެރިކަން ހަރުދަނާކޮށް އަދި މިދާއިރާއިން ނަފާ ލިބިގަތުންކަމުގައި އެމްއެސްއާރުއޯއިން ބުނެއެވެ.

އަދި ރާއްޖެ ފަދަ އެހެން ޖަޒީރާ ޤައުމުތަކާއި ވެސް މިހާރަށްވުރެ ގާތުން މަސައްކަތްކޮށް، އެކަކު އަނެކަކުގެ ކިބައިން ޢިބްރަތް ޙާޞިލުކޮށް ހިތްވަރު ހޯދާ، ޖައްވުގެ ޒަރިއްޔާއިން ކުރިއެރުމަށް ބާރުއެޅުމަކީ މިކޮންފަރެންސް ބޭއްވުމުގެ މަޤްޞަދެއްކަމުގައި އެޖަމިއްޔާއިން ބުނެއެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު ފަންނީ ޤާބިލް ބޭފުޅުންގެ ޢިލްމީ އަދި ސައިންޓިފިކް ތަޖްރިބާ އަޑުއަހައިލުމުގެ ފުރުޞަތު މިކޮންފަރެންސުން ލިބިގެންދާނެއެވެ.

ކޮންފަރެންސްގެ ބައެއް ސްޕީކަރސް

މިއީ ޖައްވީ އަދި މޫސުމަށް އަންނަމުންދާ ބަދަލުތައް ގުޅިލާމެހިގެންދާ މުހިންމު ދަނޑިވަޅުކަމުން މިކަމުގެ މަންފާ މުޅި ދިވެހި މުޖްތަމައުއަށް ހޯދައިދިނުމަށް ޝައުޤުވެރިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް އެދޭ ޒުވާނުން މިލިންކަން ޒިޔާރަތްކޮށްލައްވާ އެޕްލައިކުރެއްވުމަށް އެމްއެސްއާރުއޯއިން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ ބައިވެރިވުމުގެ ސުންގަޑިއަކީ އެޕްރީލް މަހުގެ 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.