ޓައިޓަންގެ ސިއްރުތައް ދެނެގަތުމަށް ނަސާއިން ތައްޔާރުވެއްޖެ

އަޙްމަދު ދާއޫދު 21 އޭޕްރީލު 2024

ސެޓާންގެ އެންމެ ބޮޑު ހަނދު ކަމަށްވާ ޓައިޓަންގެ ޙަޤީޤަތާއި ސިއްރުތައް ދެނެގަތުމަށް ނާސާއިން ކުރިއަށް ގެންދާ ޑްރެގަންފްލައި މިޝަން ރަސްމީކޮށް ކުރިއަށްގެންދާނެކަން ކަށަރުކޮށްދީފިއެވެ. 3.35 ބިލިއަން ޑޮލަރުގެ ޔަގީން ބަޖެޓަކާއެކު މި މިޝަން 2028 ވަނަ އަހަރުގެ ޖުލައި މަހު ލޯންޗްކޮށް 2034 ވަނަ އަހަރު ޓައިޓަންއަށް ލޭންޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިރުގެ ނިޒާމުގެ ހަމައެކަނި ދުނިޔެ ކަމުގައިވާ ޓައިޓަންއަކީ ޒަމާނުއްސުރެ ސައިންސްވެރިންގެ ހިތްގައިމުކަން ހޯދާފައިވާ ޖައްވު، ވާރޭ، ފަޅު، ކަނޑުތައް، އަދި ދިރުންތަކުގެ ބިލްޑިންގ ބްލޮކްތައް ވެސް ހިމެނޭ ގޮތަށް، ދުނިޔެފަދަ ސިފަތަކުން ސައިންސްވެރިންގެ ހިތުގައި ސިފަތަކެއް އުފެދިފައިވާ އެތަނާ ބެހޭ މާބޮޑު ޙަޤީޤަތްތަކެއް އަދި މިއަދާ ހަމައަށްވެސް ޔަޤީންނުވާ ޖައްވީ ޕްލެނެޓެކެވެ. ޑްރެގަންފްލައި މިޝަންގެ އަމާޒަކީ މި ސިއްރު ހަނދުގެ ޙަޤީޤަތްތައް ހާމަކުރުމެވެ.

ނާސާހެޑްކުއާޓާސްގެ ސައިންސް މިޝަން ޑައިރެކްޓްރޭޓްގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު ނިކީ ފޮކްސް ވިދާޅުވި ގޮތުގައި ޑްރެގަންފްލައި އަކީ މުޖުތަމައުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮންނަ ހިތްގައިމު ސައިންސް މިޝަނެކެވެ.

"ޓައިޓަން އެކްސްޕްލޯކުރުމަކީ ރޮޓާކްރާފްޓުން (ނާސާގެ ޖައްވީ އުޅަނދު) ދުނިޔެއިން ބޭރުގައި މުހިންމު ދިރާސާތަކެއް ކުރެވިދާނެ ކަން ކަށަވަރު ކޮށްދޭނެ މިޝަން އެއް." ނިކީ ފޮކްސް ވިދާޅުވިއެވެ.

ޑްރެގަންފްލައި ރޮޓާކްރާފްޓް ޖެއްސުމަށްފަހު ދެ އަހަރު ދުވަހުގެ މިޝަނެއް ފަށައި، ކޮންމެ ޓައިޓަން ދުވަހެއް (16 އާތު ޑޭ) އާ އެއްވަރު ތަނަކަށް ދަތުރުކޮށް ސާމްޕަލް ނެގުމާއި ހަނދުގެ ޕްރީބަޔޮޓިކް ކެމިސްޓްރީ ބަލާނެއެވެ. އޭގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:

- ލިކުއިޑް ހައިޑްރޯކާބަން ބޭނުންކުރެވިދާނެ ފެނުގެ ދިރުންތަކުން ފެށިގެން ދިރުންތަކާ ހަމައަށް، ކުރީގެ ނުވަތަ މިހާރުގެ ކެމިކަލް ބަޔޯސިގްނޭޗަރސް ހޯދުން.

- ޓައިޓަންގެ އެކްޓިވް މީތޭން ސައިކަލް ތަހުގީގުކުރުން.

- ޖައްވުގައި އަދި ސަރަޙައްދުގައި ހުންނަ ޕްރީބަޔޮޓިކް ކެމިސްޓްރީ ދެނެގަތުން.

މައިގަނޑު ގޮތެއްގައި ނައިޓްރޮޖަން އާއި މީތޭން އެކުލެވިގެންވާ ޓައިޓަންގެ ހަރު ޖައްވު އާއި އޭގެ ގްރެވިޓީ ދަށް (ދުނިޔޭގެ އެންމެ 14 އިންސައްތަ) އަކީ ޑްރެގަންފްލައިގެ ވައިގެ ތަހުލީލުތަކަށް އެންމެ ރަނގަޅު މާހައުލެކެވެ.

މިމިޝަނަށް އެންމެ ފުރަތަމަ އެއް ބިލިއަން ޑޮލަރު ޚަރަދުކޮށް 2026 ވަނަ އަހަރު ލޯންޗްކުރަން ހަމަޖެހިފައިވީ ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ލަސްތަކުގެ ސަބަބުން ނާސާއިން ވަނީ މިޝަންގެ ކްރޫޒް ފޭސް ކުރުކުރުމަށް ހެވީ ލިފްޓް ލޯންޗް ވެހިކަލަކަށް ފަންޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޑްރެގަންފްލައި ލޯންޗްކުރާނީ ރޭވިފައި އޮތް ވަރަށް ވުރެ ދެ އަހަރު ފަހުން ނަމަވެސް 2034 ވަނަ އަހަރު އެ ކްރާފްޓް ޓައިޓަން އަށް ފޯރާނެއެވެ.

ޑްރެގަންފްލައި އަކީ ޓައިޓަން އަށް ޒިޔާރަތްކުރާ ފުރަތަމަ މިޝަނަކަށް ނުވާނެ އެވެ. 2005 ވަނަ އަހަރު ސެޓާންއަށް ކެސިނީ މިޝަންގެ ދަށުން ހައިޖެންސް ޕްރޮބް ޓައިޓަންގެ ޖައްވުގެ ތެރެއިން ފައިބައިގެން ގޮސް، ހަނދުގެ ސަރަޙައްދާމެދު އިންސާނިއްޔަތަށް ފުރަތަމަ ފަހަރަށް ފެނުނު މަންޒަރެއް ލިބުނެވެ.

ޑްރެގަންފްލައި މިޝަންއާއެކު ނާސާގެ މައިގަނޑު އަމާޒަކީ ސެޓާންގެ ހަނދު ޓައިޓަންގައި ކެމިކަލް އާއި ދިރުމުގެ ފުރުޞަތު ހުރި މިންވަރު ދެނެގަތުމެވެ.

ޑްރެގަންފްލައި ރޮޓާކްރާފްޓް ގެ ދެ އަހަރު ދުވަހުގެ މިޝަންގެ ތެރޭގައި ޓައިޓަންގެ އެކި ތަންތަން ބަލައި، ބަޔޯސިގްނޭޗާސް ހޯދުމަށް ސާމްޕަލް އެއްކޮށް އެނަލައިޒް ކުރާނެއެވެ.

ނާސާއިން އުއްމީދުކުރަނީ އެއްކުރި ޑޭޓާތަކުގެ ސަބަބުން ޓައިޓަންގެ ޙާލަތްތަކަކީ ދުނިޔެމަތީގައި އަޅުގަނޑުމެންނަށް އެނގޭ ފަދައިން ދިރުމަށްވުރެ ތަފާތު ކެމިސްޓްރީތަކުގެ މައްޗަށް ބިނާކޮށް، ދިރުން ހިމާޔަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ޙާލަތްތަކެއްތޯ ބަލާނެ ކަމަށެވެ.

ނާސާއިން ދެކޭގޮތުގައި މި ހިތްގައިމު ހަނދުގައި ވާ ކޮމްޕްލެކްސް އޯގަނިކް ކެމިސްޓްރީ ދިރާސާކުރުމުން، އެހެން ޕްލެނެޓްތަކުގައި ވެސް ދިރުން ހުރިތޯ އާއި އެފަދަ އަސާސީ މަރުހަލާތައް ވެސް ދެނެގަނެވިދާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.