ޗިޕް އުފައްދާ ކުންފުނި އެންވިޑިއާ ވަނީ އެޕަލް ފަހަތަށް ޖައްސާލައި މާކެޓް ކެޕިޓަލައިޒޭޝަންގެ މައްޗަށް ބިނާކޮށް އެމެރިކާގައި ދެވަނައަށް އެންމެ ބޮޑު ޕަބްލިކް ޓްރޭޑް ކުރާ ކުންފުންޏަށް ވެފައެވެ. މި ކާމިޔާބީއާއެކު އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި ވޯލް ސްޓްރީޓްގެ އެންމެ އަލިގަދަ ތަރިގެ މަގާމު އެންވީޑިއާއަށް ކަށަވަރުވެގެން ދެއެވެ.
މިދިޔަ ބުދަ ދުވަހު އެންވީޑިއާގެ މާކެޓް ވެލިއުއޭޝަން ވަނީ 3.019 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މައިކްރޮސޮފްޓް (3.15 ޓްރިލިއަން ޑޮލަރު) އަދި އެޕަލް އަށް ފަހު ތިން ޓްރިލިއަން ޑޮލަރުގެ ވެލިއުއޭޝަން ގެ އަދަދު ފަހަނައަޅައި ދިޔަ އެމެރިކާގެ ތިން ވަނަ ކުންފުންޏެވެ.
އެންވިޑިއާގެ ހިއްސާ 5.2 އިންސައްތަ އިގެ ކުރިއެރުމަކާއެކު ގާތްގަނޑަކަށް 1224 ޑޮލަރަށް އަރާފައިވާއިރު އެޕަލްގެ ހިއްސާގެ އަގު ވަނީ 0.8 އިންސައްތަ އިގެ ކުރިއެރުމަކާއެކު 196 ޑޮލަރަށް އަރާފައެވެ. ސެމިކޮންޑަކްޓަރ ކުންފުނީގެ އެކްސްޕްލޯސިވް ސްޓޮކް ރެލީގެ ސަބަބުން އެސްއެންޑްޕީ 500 އަދި ޓެކް ހެވީ ނެސްޑެކް އިންޑެކްސް ރެކޯޑް މިންވަރަކަށް އުފުލިގެން ދިޔައެވެ.
ވޯލް ސްޓްރީޓާއި ދުނިޔޭގެ ބާޒާރުތައް ފުޅާކުރަމުން އަންނަ އޭއައި މޭނިއާގެ އެންމެ ބޮޑު ފައިދާއެއް މި އަހަރު ލިބުނީ ސެންޓާ ކްލާރާގެ ކުންފުންޏަށެވެ. 2024 ވަނަ އަހަރުގެ މިހާތަނަށް އެކުންފުނީގެ ހިއްސާ ވަނީ 147 އިންސައްތަ އުފުލިފައެވެ. އެއާ ހިލާފަށް އެޕަލްގެ ހިއްސާ އަހަރުން އަހަރަށް ބަލާއިރު އުފުލިފައި ވަނީ އެންމެ 1.7 ޕަސެންޓްއެވެ.
އެންވީޑިއާއަކީ އޭއައި ސެމިކޮންޑަކްޓަރ މާކެޓުގެ ގާތްގަނޑަކަށް 70 އިންސައްތަ ހިއްސާކުރާ ކުންފުންޏަކަށް ވާއިރު، އެނަލިސްޓުން ދެކޭ ގޮތުގައި އެ ކުންފުނީގެ ލީޑިން ޕޮޒިޝަންގެ ސަބަބުން އިންޑަސްޓްރީތަކުގައި ޑިސްޕްރެޓިވް އޭއައި ގެ ގާބިލުކަން އިތުރަށް މޮނިޓައިޒްވެ، ކުރިއެރުމުގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން "ދުނިޔޭގެ އެންމެ ބާރުގަދަ" ގެ ނަމުން ނަން ދީފައިވާ ދާދި ފަހުން ތައާރަފްކުރި "ބްލެކްވެލް" ޗިޕްތަކަށް ފަހު، އެ ކުންފުނީގެ ނެކްސްޓް ޖެނެރޭޝަންގެ "ރުބިން" އޭއައި ޗިޕް ޕްލެޓްފޯމް 2026 ވަނަ އަހަރު ތައާރަފް ކުރުމަށް ރާވާފައިވާ ޕްލޭންތައް އިފްތިތާހުކޮށްފައެވެ.
އެންވީޑިއާއިން ވަނީ އެ ކުންފުނީގެ އުފުލިފައިވާ ހިއްސާތައް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން 10 ފޯ 1 ސްޓޮކް ސްޕްލިޓް ކުރަން ނިންމައިފައެވެ.
އާޓިފިޝަލް އިންޓެލިޖެންސުން ޓެކް ލޭންޑްސްކޭޕް އަލުން ބައްޓަންކުރަމުން އަންނައިރު، އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ޕަބްލިކް ކުންފުނީގެ ގޮތުގައި އެޕަލް ވައްޓާލުމުގެ ގާބިލުކަން އެންވީޑިއާއަށް ލިބުމަކީ ޓެކްނޮލޮޖީގެ މި އިންގިލާބަށް ބާރުފޯރުވުމުގެ މައިގަނޑު ދައުރަށް އަލިއަޅުވާލާ ކަމެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.