Download Logo
Copy Logo

ވީއާރ ދުނިޔޭގައި އިންސާނުން އުދުހެން ދަސްކުރުމުން ސިކުނޑިއަށް ވާގޮތް

އަޝްނާ ރަޝީދު 20 ޖޫން 2024

އިންސާނުންގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން ނުހުންނަ ގުނަވުނެއް ގުޅުވާލުމުން ވާނީ ކިހިނިއްތޯ؟ ސައިންސް ފިކްޝަން ވާހަތަކުގައި އިންސާނުން ގުދުރަތީގޮތުން ނުހުންނަ ގުނަވަންތައް ހަރުކޮށްފައިވާ މީހުންނާ ބެހޭގޮތުން ވާހަކަތައް ހަދާފައިވެއެވެ. ނަމަވެސް އަސްލު ހަޤީގަތުގައި މިގޮތަށް އިންސާނުން ބަދަލުކޮށްލުމުން ވާނެގޮތެއް މީގެ ކުރިން މީހުން ނޭންގެއެވެ. ނަމަވެސް ދާދަފަހުން ކުރި އެކްސްޕެރިމެންޓްކަމުން މިސުވާލުގެ ޖަވާބު އިނގިދާނެއެވެ.

ޕެކިންގ ޔުނިވަރސިޓީގެ ސައިންޓީސްޓުން ކުރި ދިރާސާއެއްގައި ވާރޗުއަލް ރިއަލިޓީ ބޭނުންކޮށްގެން 25 ވޮލަންޓިއަރުން އަތުގެ އިޝާރާތުން ކޮންޓްރޯލްކޮށްގެން ވާރޗުއަލް ފިޔަތަކެއް ބޭނުންކޮށްގެން 'އުދުހޭ' ކޯހެއްގައި ބައިވެރިވިއެވެ. ސެލް ރިޕޯޓްސްގައި ޝާއިރުކޮށްފައިވާ މިދިރާސާގެ ބައިވެރިން ވީއާރް ހެޑްސެޓްއާއި މޯޝަން ޓްރެކިންގ ސެންސަރު ބޭނުންކޮށްގެން އެފަރާތްތަކުގެ ޑިގިޓަލް އެވަޓާތައް ކޮންޓްރޯލް ކުރިއެވެ. އެފަރާތްތަކުގެ އަތުގެ އިޝާރާތްތައް ވާޗުއަލް ފިޔަތަކުގެ ހަރަކާތްތަކަށް މެޕްކޮށްފައި ބައިވެރިންނަށް ދައްކައިދެއެވެ.

ދިރާސާވެރިން އެއް ހަފަތާގެ އުދުހޭ ޓްރޭނިންއަށްފަހު ބައިވެރިންގެ ސިކުނޑީގެ އެކްޓިވިޓީ ބަލައިލިއެވެ. ދިރާސާވެރިންގެ ހޯދުންތަކުން އަޖައިބުވަނިވި ނަތީޖާއެއް ލިބުނެވެ. ބައިވެރިންގެ ސިކުނޑީގެ މައިގަނޑުގޮތެއްގައި ފެނުމަށް ބޭނުންކުރާ އޮކްސިޕިޓޯޓެމްޕަރަލް ކޮޓަކްސް ފިޔަރަކުގެ ތަސްވީރު އަސްލު އަތްތަކެކޭ އެއްފަދައިން ބަލައިގަންނަން ފެށިކަމަށް ދައްކައިދިނެވެ.

މިހޯދުންތަކުގެ ސަބަބުން އިންސާނުންގެ ސިކުނޑީގެ ނިއުރޯޕްލާސްޓިސިޓީ ވަރަށް ބޮޑަށް ދައްކައިދޭކަން ކަމާބެހޭ މާހިރުން ބުނެފައިވެއެވެ. މީގެ ސަބަބުން އިންސާނުން އެކި ޓެކްނޮލޮޖީތަކާއި މުސްތަޤުބަލުގައި ގުޅިދާނެ ގޮތްތަކަށް އިތުރު އޮޕްޝަންތަކެއް ހުޅުވައި ދެއެވެ. މިގޮތުން ވާރޗުއަލް ރިއެލިިޓީގެ އެހެން އެޕްލިކޭޝަންތަކުގެ އިތުރުން، ޕްރޮސްތެޓިކް ލިމްބްތަކާއި އެކްސްއޯ ސްކެލެޓަންތައް ފަދަ ޓެކްނޮލޮޖީތަކާއި އިންސާނުން ގުޅި ބޭނުންކުރެވިދާނެ އިތުރު މަގުތަކެއް ހުޅުވިގެންދެއެވެ.







އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.