ޖައްވީ ދަތުރުތަކުގެ ސަބަބުން ކިޑްނީގެ ނުރައްކާ ބޮޑުވަނީ

އަޙްމަދު ދާއޫދު 26 ޖޫން 2024

ދިގު މުއްދަތަކަށް ޖައްވީ ދަތުރުކުރުމަކީ އެސްޓްރޮނޯޓުންގެ ކިޑްނީގެ އޮނިގަނޑަށް ވަރަށް ބޮޑު އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) ގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޖައްވުގެ ހާލަތަށް އެކްސްޕޯޒްކުރުމުން ކިޑްނީ ރީމޮޑެލިން އަށް މަގުފަހިވާ ކަމަށާއި އެގޮތުން ޖައްވުގައި މަހެއްހާ ދުވަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށް މަޑުކުރާ މީހެއްގެ ކިޑްނީގެ ބައެއް ބައިތަކުގެ ސައިޒް ކުޑަވުމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

ޖައްވުގައި އެސްޓްރޮނޯޓުން ޙަރަކާތްތެރިވަނީ --- ފޮޓޯ: ސްޕޭސްއެކްސް

ނޭޗާ ކޮމިއުނިކޭޝަންސް ގައި ޝާއިއުކޮށްފައިވާ މި ހޯދުންތަކުން އިންސާނުންނާއި މީދާ ހިމެނޭ ގޮތަށް 40 އަށް ވުރެ ގިނަ ޖައްވީ މިޝަންގެ ސާމްޕަލްތައް އެނަލައިޒްކޮށްފައިވެއެވެ. މި ހޯދުމުގެ ސަބަބުން ސްޕޭސް އެކްސް އާއި ނާސާ ފަދަ ޖަމިއްޔާތަކުން ކުރިއަށް އޮތް އަހަރުތަކުގައި މާސްއަށް ފަޅުވެރިންގެ މިޝަންތައް ފޮނުވުމަށް ރާވާފައިވާ އުންމީދީ ރޭވުންތަކަށް ނުރައްކާވެދާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ.

ދިރާސާގެ ލީޑް ލިޔުންތެރިޔާ ޑރ ކީތު ސިއު އިންޒާރު ދެއްވަނީ އެސްޓްރޮނޯޓަކު މާސްއަށް ދިޔަ ނަމަވެސް އެނބުރި އަންނަ ދަތުރުގައި ޑައިލިސިސް ހަދަން ޖެހިދާނެ ކަމަށެވެ. އަދި ކިޑްނީއަށް ރޭޑިއޭޝަންގެ ގެއްލުމެއް ލިބުމަކީ ދިގު މިޝަންތަކަށް ނުރައްކާވެދާނެ ކަމެއްކަން ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މި ދިރާސާގައި މުސްތަގުބަލުގައި މާސް މިޝަންތައް ބޭއްވުމަށް މުޅިން އިންކާރު ކޮށްފައި ނުވި ނަމަވެސް އެސްޓްރޮނޯޓުންގެ ކިޑްނީއަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން މި ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އޮންބޯޑް ޑައިލިސިސް މެޝިން ނުވަތަ އާ ޓެކްނޮލޮޖީ އަދި ފާމަސޫޓިކަލް އިންޓަވެންޝަންތައް ހިމެނެއެވެ.

މާސް ކޮލޮނީއެއްގެ އާޓިސްޓެއްގެ އިމްޕްރެޝަން އެއް -- (އައިސްޓޮކް / ގެޓީ އިމޭޖާސް)

މި ދިރާސާއިން ދައްކުވައިދެނީ ދިގު މުއްދަތަކަށް ޖައްވަށް ކުރާ ދަތުރުތަކުގައި ދިމާވާ ގޮންޖެހުންތަކާއި، ޖައްވީ މާހައުލަށް އިންސާނުންގެ ފިޒިއޮލޮޖިކަލް އެޑަޕްޓޭޝަންތަކަށް ހައްލު ހޯދުމުގެ މުހިންމު މުހިންމުކަމެވެ.

ޖައްވީ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން އިންސާނުންގެ ޖައްވީ ދަތުރުފަތުރުގެ މިންގަނޑުތައް ދަމަހައްޓަމުން އަންނައިރު، އެސްޓްރޮނޯޓް ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިދިރާސާގައ ބުނެފައިވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.