ޗައިނާއިން އާ ރެކޯޑެއް: 13،460 ފޫޓް އަޑިއަށް ފީނައިފި

އަޙްމަދު ދާއޫދު 16 ޖުލައި 2024

ކަނޑުގެ ދިރާސާއަށް ޗައިނާއިން އުފެއްދި ޑީޕް ސީ ޓޭންކުން 13،460 ފޫޓު އަޑިއަށް ޑައިވްކޮށް، 441 ޕައުންޑުގެ މިނަރަލްސް މައިންކޮށް މުޅިން އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.

މި ތާރީޚީ އާ ރެކޯޑާއެކު ކަނޑުމަތީގެ މިނަރަލް ވަސީލަތްތައް ހޯދުމުގެ ދުނިޔޭގައި ޗައިނާއިން މިވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެޤައުމުގައި އަމިއްލައަށް އުފެއްދި މައިނިންގ ވެހިކަލް، ކައިޓޫއޯ 2 ގެ ކަނޑުމަތީގެ ތަހުލީލުތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ.

ޝަންހާއީ ޖިއާއޯ ޓޮންގް ޔުނިވާސިޓީ (އެސްޖޭޓީޔޫ) އިން އުފެއްދި މި ޒަމާނީ ވެހިކަލް ވަނީ އުނދަގޫ ޓެސްޓުތަކެއް ވެސް ހަދާފަ އެވެ.

ކަނޑުގެ އަޑި ބަލާލުމަށް ހަދާފައިވާ މި އާ ޕްރޮޓޯޓައިޕަކީ ހުޅަނގު ޕެސިފިކް ސަރަހައްދުގައި އަދި މިހާތަނަށް އެންމެ ފުނަށް ޑައިވްކޮށް ރެކޯޑެއް ގާއިމްކުރި ޕްރޮޓޯޓައިޕެކެވެ. އޭގެ އަމާޒަކީ ކަނޑުއަޑީގެ އަޑިން އަގުހުރި މިނަރަލްސް ހޯދުމެވެ.

ޕްރޮޖެކްޓް ހެޑް ޔަންގް ޖިއާންމިންގެ އިސްނެންގެވުމުގެ ދަށުން ކެއިޓޫއޯ 2 ރަމްޒުކޮށްދެނީ ކަނޑުގެ އަޑިން ދިމާވާ އުނދަގޫ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.

ޓެސްޓު ކުރުމުގެ ވިސްނުމާއި ފަންނީ ޤާބިލުކަން

ޝަންހާއީ މުނިސިޕަލް ސަރުކާރުން ބުނެފައިވާ ގޮތުގައި ކައިޓޫއޯ 2 ކާމިޔާބު ފަސް ޑައިވް ހިމެނޭ ގޮތަށް އުނދަގޫ ޓެސްޓުތަކެއް ވެސް ކުރިއެވެ. ހުޅަނގު ޕެސިފިކް ކަނޑުގެ ރެކޯޑް ބްރޭކަރެއް ކަމަށްވާ އެންމެ ޑީޕް ޑައިވް އަކީ މި ޓެސްޓުތަކުގެ ތެރޭގައި ހިމެނޭ ޑައިވްއެކެވެ.

މި ޑައިވްގައި ވެހިކަލް ވަނީ 13،460.6 ފޫޓު (4،102.8 މީޓަރު) އަޑިއަށް ގޮސް، ގައުމީ ރެކޯޑެއް އާކޮށްފައެވެ. ކައިޓޫއޯ 2 އަކީ 6،000 މީޓަރު އަޑިއަށް ދިއުމަށް ހަދާފައިވާ އުޅަނދެކެވެ.

އޭގެ މާނައަކީ ދެކުނު ޗައިނާ ކަނޑުގެ އަޑީގެ ބޮޑު ބައެއް އެ އުޅަނދުގައި ބަލާލެވޭނެ ގޮތްވުމެވެ. އެ ސަރަހައްދުގެ އަޑީގައި 3،976-18238 ފޫޓް (1،212-5،559 މީޓަރު) ހުންނާނެ ކަމަށާއި، މިކަމުގެ ސަބަބުން މިނަރަލްސް ހޯދުމުގެ އާ ފުރުޞަތުތަކެއް ހުޅުވިގެން ދާނެކަށް މިއުޅަނދު އުފެއްދި ފަރާތުން ބުނެއެވެ.

ޔުނިވާސިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ޔަންގް ވަނީ ވެހިކަލްގެ ކޮމްޕްލެކްސް ގޮންޖެހުންތަކާއި ގާބިލްކަމަށް އަލިއަޅުއްވާލައްވާފައެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓް (އެސްސީއެމްޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވެހިކަލަކީ ކަނޑުއަޑީގެ ހަލަބޮލި ސަރަހައްދުތަކާއި ކަނޑުގެ ކޮމްޕްލެކްސް ހާލަތްތަކުގެ ތެރެއިން މިނިވަންކަމާ އެކު ދަތުރުކުރުމުގެ އިތުރުން ވަސީލަތްތައް ހަރުދަނާގޮތެއްގައި މައިންކޮށް، އެއްކޮށްގެން ހަރުދަނާ ގޮތެއްގައި ރިކަވަރީ ކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑުގެ އަޑިން ބެލުމަށް ތާރީޚީ ގޮތުން ހުރަސްއެޅިފައިވާ މައިގަނޑު ތިން ޓެކްނިކަލް ގޮންޖެހުންތަކުގެ ތެރޭގައި ، ކޮމްޕްލެކްސް ސީބެޑް ޓެރެއިން ނެވިގޭޓް ކުރުމާއި، ތަފާތު މިނަރަލް ފޯމްތައް ހަރުދަނާގޮތެއްގައި ނެގުމާއި، ކަނޑުގަދަ ހާލަތްތަކުގައި ރައްކާތެރިކަމާއެކު ހެވީ އިކުއިޕްމަންޓް މެނޭޖްކުރުން ހިމެނެއެވެ.

ޑިޒައިން އަދި އޮޕަރޭޝަނަލް ފީޗާސް

ހަރުދަނާ ޑިޒައިނަކާއެކު ޓޭންކެއް ފަދައިން ކައިޓޫއޯ 2 ގައި ހަތަރު ޓްރެކަކާއި ފްރޮންޓް މައުންޓެޑް ޑްރިލްއެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކޮމްބިލިކަލް ކޭބަލަކުން ސަރަޙައްދާ ގުޅިފައިވާ، މެދުގައި ޒަމާނީ ކަލެކްޝަން ސިސްޓަމަކާއި އޯރ ސްޓޯރޭޖް ހިމެނެއެވެ.

ދިގުމިނުގައި 19.7 ފޫޓު (6 މީޓަރު) އާއި ފުޅާމިނުގައި 9.8 ފޫޓް (3 މީޓަރު) އަދި އުސްމިނުގައި 8.2 ފޫޓް (21/2 މީޓަރު) ހުންނަ މި ވެހިކަލްގެ ބަރުދަނުގައި ގާތްގަނޑަކަށް 14 ޓަނު ހުރެ އެވެ. ކަނޑުގެ އަޑީގައި ބެހެއްޓުމަށް ފަހު، ކެއިޓޫއޯ 2 އަކީ އިންސާނުންގެ ނުފޫޒެއް ނެތި ސީބެޑް ޓެރެއިން ވޭރިއޭޝަންތަކަށް އެކަށައެޅި، އަމިއްލަ އަށް އޮޕަރޭޓްކުރާ އެއްޗެކެވެ.

މި ތަހުލީލުތަކުގައި ކެއިޓޫއޯ 2 އިން ވަނީ ކަނޑުއަޑީގެ އުސް ފަރުބަދަތަކާއި ޗެލެންޖިން ގްރައުންޑްތައް ކާމިޔާބުކަމާ އެކު ނެވިގޭޓްކޮށް، ސީބެޑްގެ އެކި މިނަރަލްތައް ކަނޑާލައި އެއްކުރުމުގެ ގާބިލްކަން ދައްކުވައިދީފަ އެވެ.

މި ވެހިކަލްގެ ގާބިލުކަން ދައްކުވައިދިނީ ކޮޕަރ، ކޮބާލްޓް، ނިކެލް އަދި މެންގަނީޒް ހިމެނޭ މިނަރަލްސް 441 ޕައުންޑް (200 ކިލޯ) އަށްވުރެ ގިނަ އިން އެއްކޮށްގެންނެވެ. ޓެކްނޮލޮޖީ އާއި ދިފާއީ އަދި ބޭސްވެރިކަން ރަނގަޅުކުރުން ފަދަ ތަފާތު ބޭނުންތަކަށް މި މިނަރަލްސް މުހިއްމު ކަމަށް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގެ ކޮންޓެކްޓް އަދި ތިމާވެށީގެ ކަންބޮޑުވުންތައް

ކޮމާޝަލް ސްކޭލް ސީބެޑް މައިނިންއަކީ މުސްތަގުބަލުގެ އުންމީދެއްގެ ގޮތުގައި އޮތް އިރު، ޑީޕް ސީ މިނަރަލްސްއަށް ދުނިޔޭގެ ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ. ޖަޕާން، ބެލްޖިއަމް، ކެނެޑާ އަދި ނޯވޭ ފަދަ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ގައުމީ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ވަރަށް އަޑިން ކަނޑުގެ އަޑިން މައިނިން ޓެކްނޮލޮޖީތައް ދިރާސާކޮށް ޓެސްޓު ކުރަމުންނެވެ.

ކަނޑުގެ އަޑިން ކުނި އެޅުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ދެކެވޭ ވާހަކަތަކާއި ކަންބޮޑުވުމެއް ވަނީ އުފެދިފަ އެވެ.

ގްރީންޕީސް އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވަނީ ކަނޑުގެ އަޑިން ކުނި އެޅުމުގެ ސަބަބުން ތިމާވެށީގެ ގިނަ ނުރައްކާތަކެއް ފާހަގަކޮށްފަ އެވެ. މި ނުރައްކާތަކުގެ ތެރޭގައި ކަނޑުއަޑީގެ ތިމާވެށީގެ ނިޒާމަށް ގެއްލުންވާ ކެމިކަލް ތަޣައްޔަރުވުމުގެ އިތުރުން ކަނޑުގެ ދިރުންތަކަށާއި އިކޯސިސްޓަމް ޑައިނަމިކްސް އަށް ބުރޫއަރާ ފަދަ ކުނިތައް އުފެދުން ހިމެނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.