ގޫގަލް ޕްލޭ ސްޓޯރ ސާފުކުރަނީ

އަޙްމަދު ދާއޫދު 23 ޖުލައި 2024

ގޫގަލް ޕްލޭ ސްޓޯރުން ދަށް ފެންވަރުގެ އެޕްތައް ނައްތާލަން ނިންމާފައިވާކަން ގޫގަލް އިން ހާމަކޮށްފިއެވެ.

ގޫގަލްއިން އިއުލާންކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހުން ފެށިގެން ޕްލޭ ސްޓޯރުން ދަށް ފެންވަރުގެ އެޕްތައް ނައްތާލަން ފަށާނެއެވެ.

މި ފިޔަވަޅަކީ އެޕްތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅެކެވެ. މިގޮތުން އަޕްޑޭޓްކުރެވިފައިވާ މިންގަނޑުތަކަށް ނުފެތޭ އެޕްތައް ނައްތާލެވޭނެއެވެ.

މި މަސައްކަތަކީ އެންޑްރޮއިޑް އެޕް އިކޯސިސްޓަމް އެޕަލްގެ އެޕް ސްޓޯރ މިންގަނޑުތަކާ އެއްގޮތްކުރުމަށް ގޫގުލްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އެޕްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ގޫގުލްއިން ވަނީ އައު ފީޗަރއެއް ތައާރަފުކޮށްފައެވެ.

އެންޑްރޮއިޑް 15 ގައި ހިމެނޭ "ލައިވް ތްރެޓް ޑިޓެކްޝަން" ނަމަކަށް ކިޔާ މި ފީޗަރ އަކީ އޭއައި ބޭނުންކޮށްގެން ނުރައްކާތެރި އެޕްތައް އަވަހަށް ދެނެގަނެ ނައްތާލުމަށް ބޭނުންކުރާ ފީޗަރއެކެވެ.

ގޫގުލްއިން ވަނީ އެޕްތަކުގެ ފެންވަރާ ގުޅޭ ގަވާއިދުތައްވެސް އަޕްޑޭޓްކޮށްފައެވެ. މިގޮތުން ނައްތާލެވޭނެ އެޕްތަކުގެ ތެރޭގައި ހިމެނެނީ:

- ސްޓެޓިކް އެޕްތައް: ވަކި މަސައްކަތެއް ނުކުރާ، ޓެކްސްޓް އެކަނި ނުވަތަ ޕީޑީއެފް ފައިލް އެކަނި ހުންނަ އެޕްތައް.

- މަދު ކޮންޓެންޓް ހުންނަ އެޕްތައް: ބޭނުންކުރާ ފަރާތްތަކަށް މާބޮޑު ބޭނުމެއް ނެތް، އެންމެ ވޯލްޕޭޕަރެއް ފަދަ އެޕްތައް.

- މަސައްކަތް ނުކުރާ އެޕްތައް: އެއްވެސް ބޭނުމެއް ނެތް އެޕްތައް.

މި ބަދަލުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ދަށް ފެންވަރުގެ އެޕްތައް ޕްލޭ ސްޓޯރުން ނައްތާލެވޭނެއެވެ. އޭގެ ތެރޭގައި ސެކިއުރިޓީ ރިސްކް އޮތް އެޕްތައްވެސް ހިމެނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.