ގޫގަލް ކަލަންޑަރުގެ އައު ފީޗާސްތަށް ވަރަށް ފުރިަހަމަ

އައިމިނަތު މިންހާ 17 އޯގަސްޓު 2024

ގޫގަލް ކަލަންޑަރަކީ އަބަދުވެސް އައު ފީޗަރތައް ތަޢާރަފުކުރަމުންދާ، ބޭނުންކުރުމަށް ފަސޭހަ، އަދި ވަރަށް މުހިންމު ޑިޖިޓަލް ޓޫލެކެވެ. މި ބާރުގަދަ ޕްލެޓްފޯމް ވޯކްފްލޯ އޮޓޮމޭޝަން ޓޫލްތަކާ އެކުވެގެން ބޭނުންކުރުމުން، ޝެޑިއުލް ބެލެހެއްޓުމާއި ވަގުތު މެނޭޖްކުރުމުގެ ހަރަކާތްތައް އެހާމެ ހަލުވިވެ، އުފެއްދުންތެރިކަން ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެގެންދާނެއެވެ.

މިހާރު އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިއްސާކޮށްލާނީ ގޫގަލް ކަލަންޑަރުގެ 9 މުހިންމު ޓްރިކެވެ. މި ޓްރިކްތައް ވޯކްފްލޯ އޮޓޮމޭޝަނާ އެކު ބޭނުންކުރުމުން ތިޔަ ބޭފުޅުންގެ ޝެޑިއުލް ބެލެހެއްޓުމުގެ ހުނަރު އިތުރަށް ފުރިހަމަވެ، ހަރުދަނާވެގެންދާނެއެވެ:

1. ޝެޑިއުލް އެއްހަމަކުރުމަށް ކަލަންޑަރުތައް އެއްލައިކުރުން

ވަގުތު ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ގިނަ ކަލަންޑަރުތަކެއް ބަދަލުކުރަމުން ގެންދިޔަ ޒަމާން މިހާރު ވަނީ ފާއިތުވެގޮސްފައެވެ. ގޫގަލް ކަލަންޑަރުގެ ޚާއްޞަ ފީޗަރއާއެކު، މިހާރު ވަނީ އެއްފަހަރާ ގިނަ ކަލަންޑަރުތަކެއް އެއް މަންޒަރެއްގައި ދެއްކުމުގެ ފުރުޞަތު ތަނަވަސްވެފައެވެ. މި އައު ވަސީލަތުގެ ސަބަބުން، އެއްވެސް މުހިންމު ކަމެއް ނުވަތަ ބައްދަލުވުމެއް ދޫވެގެން ނުދާނެއެވެ.

2. ހަރުދަނާކަމާއެކު ބައްދަލުވުންތަކުގެ ޖާގަ ހޯދުން އަދި ރިޒާވްކުރުން

ބައްދަލުވުންތައް އިންތިޒާމުކުރުމަކީ ހަމައެކަނި ވަގުތު ތާވަލުކުރުމަށްވުރެ މާ ފުޅާ މަސައްކަތެކެވެ. އެކަށީގެންވާ ތަނެއް ހޯދުމަކީވެސް މި މަސައްކަތުގެ އަސާސީ ބައެކެވެ. ގޫގަލް ކަލަންޑަރުގެ ޚާއްޞަ ފީޗަރތަކުގެ ސަބަބުން، ބައްދަލުވުމުގެ ތަފްސީލުތައް ފުރިހަމަކުރާއިރު އެއްފަހަރާ ބައްދަލުވުމުގެ ޖާގަ ރިޒާވްކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. މީގެ އިތުރުން، ބައްދަލުވުމުގެ ތަނާ ގުޅޭ ރިމައިންޑަރތައްވެސް ގޫގުލް ކަލަންޑަރުގައި ސެޓްކުރެވިދާނެއެވެ.

މި ނިޒާމުގެ ދަށުން، ހާޒިރުވާން ޖެހޭ ކޮންފަރެންސް ރޫމްތަކުން ފެށިގެން، އޮންލައިން ބައްދަލުވުންތަކުގެ ލިންކުތަކާ ހަމައަށް، އެންމެހައި ވަސީލަތްތައް ހޯދައި، ލިބެންހުރި ޖާގަތައް ދެނެގަނެ، އަދި ރިޒާވްކުރެވިދާނެއެވެ. މި ހުރިހާ ކަމެއްވެސް ކުރެވޭނީ ބައްދަލުވުމުގެ ޑްރާފްޓުން ބޭރަށް ނުގޮސްއެވެ. މި ހަރުދަނާ ނިޒާމުގެ ސަބަބުން ވަގުތު ސަލާމަތްވުމުގެ އިތުރުން، ބައްދަލުވުމާ ގުޅުންހުރި އެންމެހައި މަޢުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެއެވެ. މިއީ ބައްދަލުވުންތައް ރާވައި ހިންގުމުގައި ފަސޭހަކަމާއި ހަރުދަނާކަން ގެނެސްދޭ ނިޒާމެކެވެ.

3. އެޕޮއިންޓްމަންޓް ޝެޑިއުލްކުރުން

ގޫގަލް ކަލަންޑަރުގެ "އެޕޮއިންޓްމަންޓް ސްލޮޓްސް" ފީޗަރ ބޭނުންކޮށްގެން ތިޔަބޭފުޅުންގެ އެޕޮއިންޓްމަންޓްތައް ބެލެހެއްޓުމުގެ ނިޒާމު އެއްކޮށް ހަރުދަނާކުރެވިދާއެވެ. އެގޮތުން މި ފީޗަރ ބޭނުން ކޮއްގެން ޕްރޮފެޝަނަލް ބުކިންގ ޕޭޖެއް، ތިޔަބޭފުޅުން ބޭނުންވާ ގޮތަކަށް ކަސްޓަމައިޒްކުރެވޭ ވަގުތުތަކެއް، އަދި ބުކްކުރެވޭ އެޕޮއިންޓްމަންޓްތަކަށް އޮޓޮމެޓިކުން އީމެއިލް ނޯޓިފިކޭޝަންތައް ފޮނުވުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. އަމިއްލަ ބައްދަލުވުންތަކާއި ގްރޫޕް ސެޝަންތައް ހިމެނޭ ގޮތަށް، މި ޓޫލުން އެކި ބާވަތުގެ އެޕޮއިންޓްމަންޓްތަކަށް ޚިދުމަތް ފޯރުކޮށްދެއެވެ. އެހެންކަމުން މިއީ ޕްރޮފެޝަނަލުންނަށާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް ވަރަށް ފައިދާހުރި އަދި މުހިންމު ވަސީލަތެކެވެ.

4. ހުސްވަގުތުތަކުގައި ބައްދަލުވުންތަކަށް އޮޓޮމެޓިކުން އިންކާރުކުރުން ސެޓްކުރުން

ޗުއްޓީއަކަށް ދިއުމަށް ރާވަމުންދާނަމަ ނުވަތަ މެދުނުކެނޑި މަސައްކަތްކުރުމަށް ވަގުތު ބޭނުންވާނަމަ، ވަކި މުއްދަތަކަށް ބައްދަލުވުންތަކަށް އިންކާރުކުރުމަށް ގޫގުލް ކަލަންޑަރުގެ "އޮފީހުން ބޭރުގައި" ފީޗަރ ބޭނުންކުރެވިދާނެއެވެ. މި ފަންކްޝަނުން ކުރިން ހަމަޖެހިފައިވާ ބައްދަލުވުންތައް ކެންސަލްކުރުމުގެ އިތުރުން، އަލަށް ލިބޭ އެޕޮއިންޓްމަންޓް އެދުންތައްވެސް އޮޓޮމެޓިކުން ބާޠިލުކުރެއެވެ. މިގޮތުން ތިޔަ ފަރާތް ނެތް ވަގުތުތަކުގައި ކަލަންޑަރު ހުސްކޮށް ބެހެއްޓުމަށް މަގުފަހިވެ، މަސައްކަތުގެ ހަރުދަނާކަން އިތުރުވެގެންދާނެއެވެ.

5. ކަލަންޑަރ ކަސްޓަމައިޒޭޝަން

ކަލަންޑަރު ބޭނުންކުރުމުގައި އެންމެ މުހިންމު ކަމަކީ އަމިއްލަ ބޭނުންތަކާ އެއްގޮތަށް ބައްޓަންކުރުމެވެ. ގޫގުލް ކަލަންޑަރުގައި ވަގުތު ދައްކުވައިދޭ ތަފާތު ގިނަ ވިއުތަކެއް ހިމެނިފައިވެއެވެ. މީގެ ތެރޭގައި ދުވަހަކަށް، ހަފުތާއަކަށް، މަހަކަށް، އަހަރަކަށް، ތާވަލު ގޮތަށް އަދި ހަތަރު ދުވަހުގެ މުއްދަތަށް ދައްކުވައިދޭ ވިއުތައް ހިމެނެއެވެ. މި ތަފާތު ވިއުތަކުގެ ސަބަބުން، ބޭނުންވާ ގޮތަކަށް ކަލަންޑަރު ފަސޭހައިން ބަދަލުކުރެވޭނެއެވެ. އަދި ކީބޯޑުގެ ޝޯޓްކަޓްތައް ބޭނުންކޮށްގެން މި ވިއުތަކުގެ ދެމެދުގައި އަވަހަށް އަދި ފަސޭހައިން ބަދަލުކުރެވޭނެއެވެ. މިކަމުގެ ސަބަބުން ޕްލޭންކުރުމުގެ ހަލުވިކަމާއި ފެންނަ މިންވަރު އިތުރުވެގެންދާނެއެވެ.

6. އިވެންޓުތައް ހޯދުމުގެ އެޑްވާންސްޑް ފަންކްޝަނަލިޓީ

ބޭނުންކުރަން އުނދަގޫ ސާރޗް ފަންކްޝަންތަކުގެ ދަތިކަން ނައްތާލުމަށް، ގޫގުލް ކަލަންޑަރުގެ އެޑްވާންސްޑް ސާރޗް ފީޗަރއިން އިވެންޓްތައް އަވަހަށް އަދި ސީދާކޮށް ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ. ވަކި ބައިވެރިންނެއް، ތަންތަން، ނުވަތަ އިވެންޓް ތަފްސީލުތަކުގައިވާ ނޯޓުތައް ހޯދަން ބޭނުންވިޔަސް، މި ފުރިހަމަކުރެވިފައިވާ ސާރޗް ފަންކްޝަނުން ކަށަވަރުކޮށްދެނީ އަވަހަށް އަދި ފަސޭހައިން މަޢުލޫމާތު ހޯދޭނެކަމެވެ. މީގެ އިތުރުން، ގޫގުލް ކަލަންޑަރުގެ އިވެންޓްތަކުން ޓްރެލޯ ކާޑުތައް އުފެއްދުމުގެ ޤާބިލިއްޔަތުވެސް ލިބިގެންދެއެވެ.

7. ސަމާލުކަން ދިނުމަށް ޚާއްޞަ ވަގުތު ކަނޑައެޅުން

މިޒަމާނަކީ ސަމާލުކަން ގެއްލޭފަދަކަންކަން ގިނަ ދުވަސްވަރަކަށްވާތީ، އަމިއްލަ އުފެއްދުންތެރިކަން ހިމާޔަތްކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. ގޫގުލް ކަލަންޑަރުގެ "ފޯކަސް ޓައިމް" ފީޗަރ މެދުވެރިކޮށް، މަސައްކަތަކަށް ޚާއްޞަ ވަގުތުތަކެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންދެއެވެ. މި ނިޒާމުގެ ދަށުން، ކަނޑައެޅޭ ވަގުތުތަކާ ފުށުއަރާ ބައްދަލުވުންތަކަށް އިންވިޓޭޝަން އޮޓޮމެޓިކުން ދޫކޮށްލެވޭނެއެވެ. އަދި ގޫގުލް ޗެޓް ބޭނުންކުރާ ފަރާތްތަކަށް، އެންގުންތައް ވަގުތީގޮތުން ހުއްޓުވުމުގެ އިޚްތިޔާރު ވެސް ލިބިގެންދާނެއެވެ. މި ގޮތުން، ސަމާލުކަން ދޭންޖެހޭ ވަގުތު ފުރިހަމައަށް މަސައްކަތަށް ޚާއްޞަކުރެވޭނެއެވެ.

8. ވަގުތު ބޭނުންކުރާ ގޮތުގެ ތަފާސްހިސާބު ބޭނުންކޮށްގެން ވަގުތު މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުން

ވަގުތު ހޭދަކުރާ ގޮތް ސީދާ ދިރާސާކުރުމަކީ އުފެއްދުންތެރިކަން އިތުރުކުރުމަށް ނުހަނު މުހިންމު ކަމެކެވެ. ގޫގުލް ކަލަންޑަރުގެ "ޓައިމް އިންސައިޓްސް" ފީޗަރ މެދުވެރިކޮށް، ދުވަހުގެ ވަގުތު ހޭދަކުރާ ގޮތުގެ ތަފްސީލީ ދިރާސާއެއް ފޯރުކޮށްދެއެވެ. މިއީ އިޞްލާޙުކުރަންޖެހޭ ދާއިރާތައް ފާހަގަކުރުމަށް އެހީތެރިވެދޭ ޓޫލެކެވެ. މި ވަސީލަތަކީ ގޫގުލް ކަލަންޑަރުގައި ޝެޑިއުލް ރޭވުމަށާއި ވަގުތު އިތުރަށް އޮޕްޓިމައިޒްކުރުމަށް ބޭނުންކުރެވޭ ސްޓްރެޓީޖިކް އާލާތެކެވެ. މީގެ ސަބަބުން މަސައްކަތުގެ އާދަތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

9. މޫސުމާބެހޭ މަޢުލޫމާތު އަލުން ހިމެނުން

ގޫގަލް ކަލަންޑަރުން މޫސުމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޚިދުމަތް ހުއްޓާލާފައިވީ ނަމަވެސް، މި އަގުހުރި މަޢުލޫމާތު ހިމެނުމުގެ ބަދަލު އަލުން އިތުރުކޮއްފިއެވެ. ތިންވަނަ ފަރާތެއްގެ ޚިދުމަތްތައް މެދުވެރިކޮށް، ކަލަންޑަރަށް މޫސުމާބެހޭ މަޢުލޫމާތު އަލުން އެއްކުރުމަކީ ކުރެވިދާނެ ކަމެކެވެ. މިކަމުގެ ސަބަބުން، ކުރިއަށް އޮންނަ ދުވަހަށް ތައްޔާރުވުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މި އައު ބަދަލާއެކު، ދުވަހުގެ ރޭވުންތެރިކަމާއި ތައްޔާރީއަށް އިސްކަންދޭ ވިސްނުމެއްގެ ދަށުން ގޫގަލް ކަލަންޑަރު ބޭނުންކުރުމުގެ ގޮތް އަލުން ބައްޓަންކުރެވިދާނެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.