ގޫގަލްއިން އެންޑްރޮއިޑަށް އާ 4 ފީޗަރެއް ތަޢާރަފުކޮށްފި

އަޙްމަދު ދާއޫދު 04 ސެޕްޓެމްބަރު 2024

ގޫގަލްއިން އެންޑްރޮއިޑް ފޯނުތަކަށް އަމާޒުކޮށްގެން އާ 4 ފީޗަރ ތަޢާރަފުކޮށްފިއެވެ. މި ފީޗަރތަކަކީ ހަމައެކަނި ޕިކްސެލް ފޯނުތަކަށް ޚާއްޞަކޮށްފައިވާ އަޕްޑޭޓްތަކެއް ނޫނެވެ. މީގެ އިތުރުން ވެއަރ އޯއެސްއަށް ވެސް އާ ފީޗަރެއް ތަޢާރަފުކޮށްފައިވެއެވެ.

ގޫގަލްއިން އެންޑްރޮއިޑް ފޯނުތަކަށް އަމާޒުކޮށްގެން އާ 4 ފީޗަރ ތަޢާރަފުކޮށްފިއެވެ. މި ފީޗަރތަކަކީ ހަމައެކަނި ޕިކްސެލް ފޯނުތަކަށް ޚާއްޞަކޮށްފައިވާ އަޕްޑޭޓްތަކެއް ނޫނެވެ. މީގެ އިތުރުން ވެއަރ އޯއެސްއަށް ވެސް އާ ފީޗަރއެއް ތަޢާރަފުކޮށްފައިވެއެވެ.

ފުރަތަމަ ފީޗަރއަކީ އެންޑްރޮއިޑްގެ ސްކްރީން ރީޑަރ ކަމަށްވާ ޓޯކްބެކްގައި ޖެމިނައި މޮޑެލްތައް ބޭނުންކޮށްގެން ފޮޓޯތަކުގެ ތަފްޞީލީ އޯޑިއޯ މަޢުލޫމާތު ދިނުމެވެ. މި ފީޗަރ ބޭނުންކޮށްގެން ފޯނުގެ ގެލަރީގައި ހުންނަ ފޮޓޯތަކާއި މެސެޖުތަކުގައި ހުންނަ ފޮޓޯތަކާއި އަދި ސޯޝަލް މީޑިއާގައި ހުންނަ ފޮޓޯތަކުގެ ތަފްޞީލު އަޑުއިވޭނެއެވެ.


ދެވަނަ ފީޗަރއަކީ "ސަރކަލް ޓު ސަރޗް" ގެ ނަމުގައި ކުރިން ތަޢާރަފުކޮށްފައިވާ ފީޗަރެކެވެ. މި ފީޗަރ ބޭނުންކޮށްގެން ފޯނުގައި ނުވަތަ ކައިރީގައި ޖަހަމުންދާ ލަވައެއް ދެނެގަނެވޭނެއެވެ.

ތިންވަނަ ފީޗަރަކީ ކްރޯމްގައި ހުރިހާ ބާވަތެއްގެ ލިޔުންތައް އަޑުއިވޭގޮތަށް ހަދާފައިވުމެވެ. މި ފީޗަރ ބޭނުންކޮށްގެން އަޑުއެހުމުގެ ސްޕީޑާއި އަޑުގެ ބާވަތާއި ބަސް ވެސް ބަދަލުކުރެވޭނެއެވެ.

ހަތަރުވަނަ ފީޗަރއަކީ އެމެރިކާގެ ހުރިހާ ސްޓޭޓަކަށާއި 6 ޓެރިޓަރީއަކަށް އެންޑްރޮއިޑްގެ ބިންހެލުމުގެ އިންޒާރު ސިސްޓަމް ފުޅާކުރުމެވެ. މި ސިސްޓަމްގެ ސަބަބުން ބިންހެލުން ފެށުމުގެ ސިކުންތުތަކެއް ކުރިން އިންޒާރު ލިބި، ފަހުން ކުރަންވީ ކަންތައްތަކުގެ އިރުޝާދު ވެސް ލިބޭނެއެވެ.


ވެއަރ އޯއެސްއަށް ތަޢާރަފުކޮށްފައިވާ ފީޗަރަކީ އިންޓަރނެޓް ނެތި ވެސް ފޯނަށް ޑައުންލޯޑުކޮށްފައިވާ މެޕްތައް ގަޑީގައި ބެލޭނެ ގޮތް ހެދުމެވެ.

މީގެ އިތުރުން އަޑުން ވާހަކަ ދައްކައިގެން ތަންތަން ހޯދުމާއި ގަޑީގައި އެއްފަހަރާ ފިތައިގެން މެޕްގައި ތިމާ ހުރިތަން ދެއްކުމުގެ ފީޗަރއެއް ވެސް ތަޢާރަފުކޮށްފައިވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.