މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، މޮބައިލް ބޭންކިންގ ވެފައިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ބޭންކިންގ ދާއިރާ އަށް އައިސްފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، މިއަދު ބޭންކުތަކުން އެ ބޭންކެއްގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކުރިއާ އަޅާބަލާއިރު މުޅިން ތަފާތު ޚިދުމަތްތަކެކެވެ. އެގޮތުން، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވެސް މިކަމަށް އަހައްމިއްޔަތުކަން ދީގެން ކުރީގައި ބޭނުންކުރި އެޕް މުޅިން އަޕްގްރޭޑްކޮށް "ފައިސާމޯބައިލް×" އެޕްލިކޭޝަނަކީ ކަސްޓަމަރުންގެ ބޭންކިންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ.
"ފައިސާމޯބައިލް×" އަކީ ގިނަ ފީޗަރތަކެއް ހިމެނޭ އެޕްލިކޭޝަނެކެވެ. މީގެ ތެރޭގައި އެކައުންޓް ބެލެންސް ބެލުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ބިލް ޕޭމަންޓް، މޮބައިލް ޓޮޕްއަޕް އަދި ޓްރާންސެކްޝަން ހިސްޓްރީ ބެލުން ހިމެނެއެވެ. މީގެ އިތުރުން އޭޓީއެމް ލޮކޭޝަން ހޯދުމާއި ޒަކާތު ކަލްކިއުލޭޓަރ ފަދަ މުހިންމު ޚިދުމަތްތައްވެސް މި އެޕް މެދުވެރިކޮށް ލިބެއެވެ. މިފަދަ ފީޗަރތަކުގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކަށް ޒިޔާރަތްކުރުމަކާ ނުލައި، ގިނަ ބޭންކިންގ މުއާމަލާތްތައް ފުރިހަމަކުރެވެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޮބައިލް އެޕްލިކޭޝަން އަކީ ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ ފަސޭހަކޮށްދިނުމަށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ މަލްޓި-ޕްރޮފައިލް އެކްސެސް ފީޗަރ އިން އެއް އެޕްލިކޭޝަނެއްގެ ތެރެއިން އަމިއްލަ އަދި ވިޔަފާރީގެ އެކައުންޓްތަކަށް ފަސޭހަކަމާއެކު އެކްސެސް ލިބޭނެއެވެ. މިގޮތުން، ހުރިހާ މުޢާމަލާތްތަކެއް ވަކިން ބެލެހެއްޓުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ޔޫޒަރ-ސެންޓްރިކް ޑިޒައިނެއްގައި ތައްޔާރުކުރެވިފައިވާ މި އެޕްލިކޭޝަނުގައި، އާންމުކޮށް ބޭނުންކުރާ ފަދަ އިންޓަރފޭސްއެއް ހިމެނިފައިވާތީ، ނެވިގޭޝަން ވަރަށް ފަސޭހަވެގެންދާނެއެވެ. އަދި ޕްރައިވަސީ ހިފެހެއްޓުމަށްޓަކައި ބެލެންސް ފޮރުވުމުގެ އިޚްތިޔާރު ލިބިފައިވުމާއެކު، ހުރިހާ ޕްލެޓްފޯމްތަކެއްގައިވެސް އެކައުންޓް މެނޭޖްކުރުން ވަރަށް ފަސޭހަވެގެންދާނެއެވެ.
އެމްއައިބީގެ ހުރިހާ ކާޑުތަކެއް މެނޭޖްކުރުމުގެ ފުރުޞަތު މި އެޕްލިކޭޝަނުން ލިބިގެންދާނެއެވެ. މީގެ ތެރޭގައި ކާޑު އެކްޓިވޭޓްކުރުމާއި، ބްލޮކްކުރުމާއި، އަދި ޕިން ބަދަލުކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި އެންމެ ގިނައިން ބޭނުންކުރާ ފީޗަރތަކަށް އަވަހަށް އެކްސެސް ލިބޭނެ ގޮތަށް ޝޯޓްކަޓްތައް ސެޓަޕްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
ފަންޑު ޓްރާންސްފަރކުރުމަށް އެކައުންޓް ނަންބަރު، ފަވާރާ އައިޑީ، ނުވަތަ ބެނެފިޝަރީގެ ނަން ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއެކު ފައިސާ ޓްރާންސްފަރކުރެވޭނެއެވެ. އަދި ކޯޕަރޭޓް ކަސްޓަމަރުންނަށް ޚާއްޞަކޮށް، ބަލްކް ޓްރާންސްފަރ އަދި މަލްޓި-ލޭޔަރޑް ޓްރާންސެކްޝަން އެޕްރޫވަލްސް ފަދަ ފީޗަރތައް ތަޢާރަފުކުރެވިފައިވާތީ، ބޮޑެތި މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.
އެޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގެ ސެކިއުރިޓީ ފީޗަރތަކެވެ. ފައިސާގެ މުއާމަލާތްތަކާ ގުޅޭ އެޕްލިކޭޝަނަކަށްވެފައި، ސެކިއުރިޓީއަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެވެ. މިކަމަށް ސަމާލުކަން ދީގެން، ބަޔޯމެޓްރިކް ލޮގިން އޮޕްޝަން ހިމެނޭ މި އެޕްގައި ކަސްޓަމަރުންގެ ފައިސާ އާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޒަމާނީ ސެކިއުރިޓީ ފީޗަރތައް ބޭނުންކޮށްފައިވެއެވެ. ހަމައެއާއެކު ދިވެހި އަދި އިނގިރޭސި ބަހުން އެޕް ބޭނުންކުރެވޭތީ، ހުރިހާ ޔޫޒަރުންނަށް ފަސޭހައިން އެޕް ބޭނުންކުރެވެއެވެ.
މި އެޕްގެ އަނެއް މުހިންމު ސިފައަކީ 24/7 ޚިދުމަތް ލިބެން ހުރުމެވެ. ދުވާލުގެ 24 ގަޑިއިރު، ހަފްތާގެ 7 ދުވަހު ބޭންކިންގ ޚިދުމަތް ލިބެން ހުރުމަކީ ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެކެވެ. މިހާރުގެ ބިޒްނަސް މާހައުލުގައި، އަވަސް އަދި ފަސޭހަ ބޭންކިންގ ޚިދުމަތަކަށް ބޭނުންވެފައިވާ ކަސްޓަމަރުންނަށް މިއީ ވަރަށް މުހިންމު ކަމެކެވެ. މިހާރުވެސް ފުދޭވަރަކަށް ރަނގަޅު ނަތީޖާއެއް ދައްކަމުންދާ މި އެޕްގެ އިތުރު ތަރައްޤީއަށް މޯލްޑިވްސް އިސްލާމިކް ބޭންކުން މަސައްކަތްކުރަމުންދެއެވެ. އެގޮތުން އެޕްގެ ސްޕީޑް އިތުރުކުރުމާއި، އިތުރު ބޭންކިންގ ފީޗަރތައް ތަޢާރަފްކުރުމާއި، ޔޫޒަރ އިންޓަރފޭސް އިތުރަށް ފުރިހަމަކުރުން ފަދަ ކަންކަން ހިމެނެއެވެ.
އިސްލާމިކް ބޭންކިންގގެ އުސޫލުތަކާ އެއްގޮތަށް މުއާމަލާތްކުރަން ބޭނުންވާ ފަރާތްތަކަށް "ފައިސާމޯބައިލް" އަކީ އެންމެ އެކަށޭނަ ޙައްލެވެ. މި އެޕް މެދުވެރިކޮށް ކުރެވޭ ހުރިހާ މުއާމަލާތްތަކަކީ ޝަރީޢާ ބޯޑުގެ ލަފާގެ މަތިން ފަރުމާކުރެވިފައިވާ މުއާމަލާތްތަކެކެވެ. އަދި މީގެ އިތުރުން، އެޕްގައި ހިމެނޭ ޒަކާތު ކަލްކިއުލޭޓަރ ފަދަ އިސްލާމީ ފީޗަރތަކަކީ އިތުރު މުހިންމުކަމެއް ގެނެސްދޭ ކަންކަމެވެ.
"ފައިސާމޯބައިލް" އަކީ ޒަމާނީ ޓެކްނޮލޮޖީގެ ޚިދުމަތްތައް އިސްލާމިކް ބޭންކިންގ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ރަނގަޅު މިސާލެކެވެ. އެޕް މެދުވެރިކޮށް ލިބޭ ފަސޭހަ އަދި އަވަސް ޚިދުމަތްތަކަކީ ޑިޖިޓަލް ބޭންކިންގގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ ކަންކަމެވެ.
މި އެޕް ޑައުންލޯޑް ކުރުމަށް Google Play Store އަދި Apple App Store އަށް ޒިޔާރަތްކުރެވިދާނެއެވެ. އަދި އެޕާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވެބްސައިޓަށް ޒިޔާރަތްކުރެވިދާނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.