ފާއިތުވެދިޔަ އަހަރުތަކުގައި ގޫގަލް ފަދަ އެކިއެކި ޓެކު ކުންފުނިތައް ދަނީ އިންޓަނެޓް ބޭނުންކުރުމުގައި އަންނަ އެކިއެކި ނުރައްކާތައް ކުޑަކުރެވޭތޯ މަސައްކަތްކުރަމުންނެވެ. މި ގޮތުން ޕާސްވާޑް އުވާލުމަށް ޕާސްކީ ތައާރަފުކުރުމާއި ފިޒިކަލް ސެކިއުރިޓީ ޓޯކަން ތައާރަފުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. މިގޮތުން ގޫގަލް ޖީމެއިލަށް ތައާރަފުކުރި އެންމެ ފަހު ބަދަލަކީ އެސްއެމްއެސް އުވާލުމެވެ. މި ގޮތުން ފޯބްސްއަށް ގޫގަލްގެ ތަރުޖަމާނު ރޮސް ރިޗެންޑްރފަރ ހާޟަކޮށްފައިވާގޮތުގައި އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ އޮތެންޓިކޭޝަން ކޯޑްތަކުގެ ބަދަލުގައި 'ކިއުއާރު ކޯޑް' ބޭނުން ކުރަން ނިންމާފައިވެއެވެ.
އެސްއެމްއެސް އޮތެންޓިކޭޝަންއަކީ މީގެ ކުރިން ވަރަށް ގިނަ ސެކިއުރިޓީ މައްސަލަތަކެއް ޖެހިފައިވާ ނިޒާމަކަށް ވީ ހިނދު، އެއާއި ދުރަށް ދިއުމަށް މި ނިޒާމުން އިތުރު ބާރެއް ލިބިގެންދާނެއެވެ. މިގޮތުން އެސްއެމްއެސް ފަދަ އެހެން ޓެކްސްޓް މެދުވެރިކޮށް ބޭނުންކުރާ އޮތެންޓިކޭޝަން ނިޒާމުތަކުގެ ނާޒުކު ކަމާމެދު ތަޖުރިބާކާރުން ވަނީ އެތައް އަހަރެއް ވަންދެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ފިޝިން ސްކޭމްތަކާއި ފްރޯޑުރައް ފަދަ އެކި ބާވަތުގެ އޮންލައިން ހަމަލާތަކުގައި އެސްއެމްއެސް އޮތެންޓިކޭޝަންގެ އުނިކަންތައް ބޭނުންކޮށްފައި ޔޫޒަރުން ޝިކާރައަކަށް ވެފައިވާކަމަށް ވަނީ ސާބިތުވެފައެވެ. ގޫގަލުން ނިންމާފައިވަނީ މި ފަދަ ނުރައްކާތަކުން ޔުުޒަރުން ސަލާމަތްކޮށް އެސްއެމްއެސް ވެރިފިކޭޝަންގެ ބަދަލުގައި ކިއުއާރު ކޯޑްތައް ބޭނުންކޮށްގެން ޔޫޒަރ ސެކިއުރިޓީ އިތުރުކުރުމެވެ.
އެސްއެމްއެސްއަށް ބިނާކޮށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2އެފްއޭ)އަކީ ޒަމާނުއްސުރެ އާންމުކޮށް ސެކިއުރިޓީއަށް ބޭނުންކޮށްފައިވެއެވެ. ޖީމެއިލް ބޭނުންކުރާ އެތައް މިލިއަން ބަޔަކު އެކައުންޓްތައް ރައްކާތެރި ކުރުމަށް މިނިޒާމު ބޭނުންމުރަމުންދެއެވެ. ނަމަވެސް ކުރިން ފާހަގަކޮށްފައިވާ ފަދައިން މިޔަކީ ސެކިއުރިޓީއަށް ބޭނުންކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
އެސްއެމްއެސް ކޯޑްތަކުގެ ސަބަބުން ސެކިއުރިޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އޭގެ ސަބަބުން ފިޝިން ފަދަ ހަމަލާތަކަށް ފަސޭހައިން ޝިކާރަވެ، ކޯޑް ލިބޭ ޑިވައިސްއަށް ނުވަތަ ނަމްބަރަށް ޔޫޒަރުންނަށް އަބަދު އެކްސެސް ނުލިބުމުގެ ސަބަބުން މައްސަލަތަކާ ދިމާވެ، އެސްއެމްއެސް ކޯޑްތައް ބޭނުންކޮށްގެން ނާޖާއިޒު ބޭނުންކުރުމަކީ މީގެ ބައެއް މިސާލެވެ.
މިކަމުގެ ރައްދުގައި ގޫގުލްއިން ވަނީ ކިއުއާރު ކޯޑް އޮތެންޓިކޭޝަން ތައާރަފުކޮށް އެސްއެމްއެސް ކޯޑްތައް އުވާލުމަށް ނިންމާފައިވެއެވެ. މި ކިއުއާރު ކޯޑް ސްމާޓްފޯނުގެ ކެމެރާ އެޕް މެދުވެރިކޮށް ސްކޭންކޮށްގެން އެމީހުންގެ އައިޑެންޓިޓީ އޮތެންޓިކޭޓް ކުރެވޭނެއެވެ. ނަމަވެސް ކިއުއާރު ކޯޑްއަކީ ވެސް ނުރައްކާތަކެއްވާ އެއްޗެކެވެ.
އެބްނޯމަލް ސެކިއުރިޓީއިން ގައި ބުނެފައިވާގޮތުން، މަލްޓި ފެކްޓަރ އޮތެންޓިކޭޝަންގައި ކިއުއާރު ކޯޑްތައް ބޭނުންކުރާ ސްކޭމްތައް އިތުރުވެއެވެ. މިގޮތުން މިފަދަ ހަމަލާތަކަކީ ކިއުއާރު ބޭނުންކޮށްގެން ދޭ ހަމަލާތަކުގެ %27 އަށް ވީއިރު، މިފަދަ ހަމަލާތައް އާވުމުގެ ސަބަބުން ޔޫޒަރުން ޝައްކުކުރާ މިންވަރު ކުޑަވާކަން ފާހަގަކުރެވެއެވެ.
މި ބަދަލަކީ ގޫގުލްގެ ޔޫޒަރުންގެ ސެކިއުރިޓީ ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިޔަކީ އެއްވެސް މައްސަލައެއް ނުވާ ހައްލެކޭ ނުބުނެވުނުކަމުގައި ވިޔަސް، މިއީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެޅެވޭނެ ބޮޑު ފިޔަވަޅެއްކަން ފާހަގަ ކުރެވޭނެއެވެ. މި ގޮތުން މުސްތަގުބަލުގައި ޖީމެއިލްގެ ކިއުއާރު ކޯޑްގެ ސަބަބުން އޮންލައިން އޮތެންޓިކޭޝަނަށް އިތުރު ކުރިއެރުން ތަކާއި ދިމާވެ، ރައްކާތެރި އަދި ޔޫޒަރުންނަށް ފަސޢހަ ސިސްޓަމްތަކެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. މި ބަދަލު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ތައާރަފްކުރާނެ ކަމަށް ގޫގުލްއިން ހާޟަކޮށްފައިވީ ނަމަވެސް، ޖީމެއިލްގައި މި ބަދަލު ފެންނަން ފަށާނީ ވަކި ކޮންއިރަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިތުރަށް ކިޔާލުމަށް
ގޫގަލް ގައި ޕާސްވޯޑުގެ ބަދަލުގައި ޕާސްކީ
ކޮމްޕްލެކްސް ޕާސްވޯޑްތަކުން ރައްކާތެރިކަން ވަނީ ކުޑަ!
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.