އައިފޯން17 ސީރީސް ފޯންތަކާއި، އާ އުފެއްދުންތައް ދައްކާލައިފި

އަޙްމަދު ދާއޫދު 09 ސެޕްޓެމްބަރު 2025

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުނު އެޕަލްގެ "އޯ ޑްރޮޕިންގ" އިވެންޓުގައި، އެޕަލް އިން 8 އާ އުފެއްދުން ތައާރަފުކޮށްފިއެވެ. މި އިވެންޓުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ އައިފޯން 17 ސީރީޒް، އާ އެޕަލް ވޮޗްތައް އަދި އެއަރޕޮޑްސް ޕްރޯ 3 އެވެ.

އައިފޯން 17 ގައި 6.3 އިންޗީގެ ބޮޑު ޑިސްޕްލޭއެއް ހިމެނެއެވެ. މިއީ އައިފޯން 16 ގެ 6.1 އިންޗީގެ ޑިސްޕްލޭއަށްވުރެ ބޮޑު ޑިސްޕްލޭއެކެވެ. މީގެ އިތުރުން، ޕްރޮމޯޝަން ސުޕަރ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް 120ހާޓްޒް އާ ހަމައަށް އެޑެޕްޓިވް ރިފްރެޝް ރޭޓަކާއެކު ހިމެނެއެވެ.

އޯލްވޭސް އޮން ޑިސްޕްލޭ އޮފްޝަން ހުންނަ މި ސްކްރީން ބެޓެރީ ސަލާމަތްކުރުމަށްޓަކައި ބޭނުންނުކުރާ ވަގުތު 1ހާޓްޒް އަށް ރިފްރެޝް ރޭޓު ދަށްވެއެވެ. އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އަދި މި ފޯނު 256ޖީބީ ސްޓޯރޭޖުން ފެށިގެން ލިބެން ހުންނާނެއެވެ. ފަސް ކުލައިން މި ފޯނު ލިބެން ހުންނާނެއެވެ.

އައިފޯން 17 ޕްރޯ މޮޑެލްތައް 6.3 އިންޗި އަދި 6.9 އިންޗީގެ މޮޑެލްތަކުން ލިބެން ހުންނާނެއެވެ. އައިފޯން 17 ޕްރޯ ގައި 8x ޒޫމް ކެމެރާއެއް ހިމެނެއެވެ. އަދި ޕްރޮރެސް ރޯ ކެޕްޗަރަށް ސަޕޯޓްކުރެއެވެ. ކެމެރާގެ އަލްގޮރިތަމްތައް ރަނގަޅުކުރުމަށް ޑީޕް ލާނިންގ މޮޑެލްތައް ބޭނުންކޮށްފައިވެއެވެ. ޑިޖިޓަލް ޒޫމް 40x އާ ހަމައަށް ދެއެވެ.

އާ އެކްސެސަރީޒްތަކުގެ ތެރޭގައި ޓެކްވޯވަން ކޭސް ހިމެނެއެވެ. ވީޑިއޯ ސިންކް ކުރުމަށް ޖެންލޮކް ސަޕޯޓްވެސް ހިމެނެއެވެ. އައިފޯން 17 ޕްރޯ ގެ އަގު ފެށެނީ 1,099 ޑޮލަރުންނެވެ. އައިފޯން 17 ޕްރޯ މެކްސް 2ޓީބީ ކޮންފިގަރޭޝަނުން ލިބެން ހުންނާނެއެވެ.

މި އިވެންޓްގައި ދައްކާލި އެންމެ ތަފާތު އެއް ފޯނަކީ އައިފޯން އެއަރއެވެ. އައިފޯން އެއަރ އަކީ އެޕަލް އުފެއްދި އެންމެ ތުނި އައިފޯނެވެ. މި ފޯނުގެ ބޯމިން 5.6 މިލިމީޓަރު ހުންނައިރު، މިއީ އައިފޯން 16 ޕްރޯ ގެ 8.25 މިލިމީޓަރަށްވުރެ ތުނި ފޯނެކެވެ. މި ފޯނަކީ އެޕަލްގެ އެންމެ ދެމިހުންނާނެ ފޯނުކަމަށް ބުނެފައިވެއެވެ.

ރީސައިކަލް ކުރެވިފައިވާ ޓައިޓޭނިއަމް ފްރޭމަކުން ހަދާފައިވާ މި ފޯނުގައި ސެރެމިކް ޝީލްޑް ހިމެނެއެވެ. މިއީ ކުރީގެ މޮޑެލްތަކަށްވުރެ 3 ގުނަ ބޮޑަށް ސްކްރެޗް ރެސިސްޓެންޓް އެއްޗެކެވެ. ޑިސްޕްލޭއަކީ 6.5 އިންޗީގެ ސްކްރީނެކެވެ. ޕްރޮމޯޝަން ސަޕޯޓާއެކު 120ހާޓްޒް އާ ހަމައަށް އަދި އޯލްވޭސް ޑިސްޕްލޭއޮން ފަންކްޝަން ހުންނަ ފަންކްޝަނަލިޓީއެއް ހިމެނެއެވެ. އައިފޯން އެއަރ ގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި މި ފޯނު 256ޖީބީ ސްޓޯރޭޖުން ފެށިގެން ލިބެން ހުންނާނެއެވެ.

އައިފޯން 16އީ ވެސް މި އިވެންޓްގައި ދައްކާލައިފައިވާއިރު މިފޯނުގެ އަގު ފެށެނީ 599 ޑޮލަރުންނެވެ.

އެޕަލް ވޮޗް ސީރީޒް 11 ގައި ހައިޕަރޓެންޝަން އެލާޓްސް، ސްކްރެޗް ރެސިސްޓެންޓް ޑިސްޕްލޭ، އަދި 5ޖީ ކަނެކްޓިވިޓީ ހިމެނެއެވެ. މި ވޮޗްގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. މިއަދުން ފެށިގެން ޕްރީ-އޯޑަރަށް ހުޅުވާލާފައިވާއިރު، ސެޕްޓެމްބަރު 19 ގައި ޝިޕްކުރަން ފަށާނެއެވެ.

މި އިވެންޓުގައި އެޕަލް ވޮޗް އެސްއީ 3 އަދި އެޕަލް ވޮޗް އަލްޓްރާ 3 ވެސް ތައާރަފުކުރެވުނެވެ.

އެއަރޕޮޑްސް ޕްރޯ 3 ގައި ލައިވް ޓްރާންސްލޭޝަން އަދި ހާޓް ރޭޓް ސެންސަރެއް ހިމެނެއެވެ.

އައިފޯން 17 ގެ ހުރިހާ އާ މޮޑެލްތަކެއްވެސް 256ޖީބީ ސްޓޯރޭޖުން ފެށިގެން ލިބެން ހުންނާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.