އެޕަލްއިން އެންމެ ފަހުން ނެރެފައިވާ އައިފޯން 17 އަކީ، ކުރީގެ މޮޑެލްތަކަށްވުރެ ގިނަ އަޕްގްރޭޑްތަކަކާއެކު އައިސްފައިވާ ފޯނެކެވެ. ބަޖެޓެއްގެ ތެރެއިން ރަނގަޅު ފޯނެއް ބޭނުންވާ ފަރާތްތަކަށް އައިފޯން 17 އަކީ ވަރަށް ރަނގަޅު އިޚްތިޔާރެކެވެ. ޚާއްސަކޮށް، މިއީ އައިފޯން 16e އާ އަޅާބަލާއިރު މާބޮޑު ތަފާތެއް ނެތް ނަމަވެސް، އައިފޯން އެއަރ ނުވަތަ 17 ޕްރޯ ފަދަ ހައި-އެންޑް ފޯނުތަކުގައި ހުންނަ ބައެއް ފީޗާސްތައް މި ފޯނުގައި ހިމެނިފައެއް ނުވެއެވެ. ނަމަވެސް، މި ފަހަރުގެ އައިފޯން 17 ގެ އަގަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަކޮށްލެވެއެވެ.
ޑިޒައިން އަދި ޑިސްޕްލޭ
ފެންނަ ފެނުމަށް އައިފޯން 17 އަކީ އައިފޯން 16 އާ އެއްގޮތް ފޯނެކެވެ. ނަމަވެސް، ކުޑަ ބެޒެލްތަކާއެކު 6.3 އިންޗީގެ ސްކްރީނެއް މި ފޯނުން ގައިވެއެވެ. މިއީ އެނޯޑައިޒްޑް އެލްމިނިއަމް ބޮޑީއެއްގެ ފޯނެކެވެ.
އައިފޯން 17 އަށް އާ ކުލަތަކެއް ލިބިފައިވާއިރު، އެއީ ކަޅު، ހުދު، ބްލޫ މިސްޓް، ސޭޖް، އަދި ލެވެންޑަރ ކުލައެވެ. ގިނަމީހުންނަށް އެންމެ ކަމުދަނީ ސޭޖް ކުލައެވެ. ލެވެންޑަރ އަދި ބްލޫ މިސްޓް ކުލައަކީ އައިފޯން 16 ގެ ޕިންކް އަދި އަލްޓްރާމެރިން ކުލައާ އަޅާބަލާއިރު ކުޑަކޮށް ފަނޑު ކުލަތަކެކެވެ. އަދި އާ ސޭޖް ކުލައަކީ ކުރީގެ ޓީލް ކުލައާ އަޅާބަލާއިރު ވަރަށް ގުޅޭ ކުލައެކެވެ.
މި ފޯނުގައި ޔޫއެސްބީ-ސީ ޕޯޓެއް ހުރެއެވެ. ނަމަވެސް މިއީ އަޕްގްރޭޑް ނުކުރާ ޔޫއެސްބީ 2.0 ސްޕީޑްގެ ޕޯޓެކެވެ. ފޯނުގެ ފަހަތް ހަދާފައިވަނީ މުޅިންވެސް ބިއްލޫރިންނެވެ. އަދި ދެ ކެމެރާ ހުންނަނީ ފޯނުގެ މަތީގައެވެ.
އައިފޯން 17 ގެ އެންމެ ބޮޑު ބަދަލަކީ ޑިސްޕްލޭއެވެ. ބޭސް މޮޑެލްއަށް ބޮޑު އަޕްޑޭޓެއް ލިބިފައިވެއެވެ. އެޕަލްއިން ވަނީ 120Hz ޑިސްޕްލޭއެއް ބޭނުންވާ ކަމަށް ބުނަމުންދިޔަ ގިނަ ޔޫޒަރުންގެ އެދުން ފުއްދައިދީފައެވެ. މިހާރު މިއީ ފުލް ޕްރޮމޯޝަން ޑިސްޕްލޭއެކެވެ. މީގެ ސަބަބުން 1Hz އިން 120Hz އަށް ރިފްރެޝް ރޭޓް އޮޓޯމެޓިކުން ބަދަލުކުރެވޭނެއެވެ.
މީގެ އިތުރުން، އޯލްވޭސް އޮން ޑިސްޕްލޭ (އަބަދުވެސް އޮންކޮށްފައި ހުންނަ ޑިސްޕްލޭ)އެއް މި ފޯނުގައި ހިމެނެއެވެ. މިއީ ސްޓޭންޑްބައި މޯޑްގައި ފޯނު ނިވުމެއް ނެތި ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން އެދެމުންދިޔަ ފީޗާއެކެވެ. ޑިސްޕްލޭއަށް ވަނީ އެޕަލްގެ ދެވަނަ ޖެނެރޭޝަންގެ ސެރެމިކް ޝީލްޑް ކޯޓިންގ ލިބިފައެވެ. މީގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް ޑިސްޕްލޭ ރައްކާތެރިވެފައިވެއެވެ.
އެންމެ ފައިދާހުރި ކަމަކީ ޕީކް އައުޓްޑޯ ބްރައިޓްނަސް 2000 ނިޓްސް އިން 3000 ނިޓްސް އަށް އިތުރުކޮށްފައިވުމެވެ. މީގެ ސަބަބުން އިރުގެ އަލިކަން އެޅިފައި ހުއްޓަސް ޑިސްޕްލޭ ފެންނަން ފަސޭހަވެއެވެ.
އެތެރޭގެ އަޕްގްރޭޑްތައް
އެތެރޭގެ އަޕްގްރޭޑްތަކަށް ބަލާއިރު، އައިފޯން 17 އަށް ވަނީ ގިނަ އަޕްގްރޭޑްތަކެއް ލިބިފައެވެ.
ޕްރޮސެސަރަކީ A19 ޗިޕެވެ. މިއީ A18 ޗިޕްގައި ހުރި 6-ކޯރ ސީޕީޔޫ އަދި 5-ކޯރ ޖީޕީޔޫ ކޮންފިގަރޭޝަންއާ އެއްގޮތް ޗިޕެކެވެ. ނަމަވެސް މިހާރު މީގައި އެޕަލްއިން ނިއުރަލް އެކްސެލެރޭޓަރސްއޭ ކިޔާ އެއްޗެއް ހިމެނެއެވެ. މީގެ ސަބަބުން އޭއައި ޕަރފޯމަންސް ރަނގަޅުވެއެވެ.
މިއީ ހަމައެކަނި އާ ޗިޕެއް ނޫނެވެ. އެޕަލްއިން ވަނީ އައިފޯން 17 ލައިންއަޕްގެ ހުރިހާ ފޯނަކަށް އާ N1 ޕްރޮސެސަރެއްވެސް ދީފައެވެ. N1 އަކީ އެޕަލްގެ ފުރަތަމަ ނެޓްވޯކިންގ ޗިޕެވެ. މިއީ ވައި-ފައި 7، ބްލޫޓޫތް 6، އަދި ތްރެޑް ސަޕޯޓްކުރާ ޗިޕެކެވެ. ވައި-ފައި 7 އަދި ތްރެޑް ކުރިންވެސް ހުރި ނަމަވެސް، ބްލޫޓޫތް 5.3 އިން 6 އަށް އަޕްގްރޭޑްވެފައިވެއެވެ. މި އާ ޗިޕުން ޕަރފޯމަންސްއަށް މާ ބޮޑު ކުރިއެރުމެއް ނުފެނިދާނެއެވެ. ނަމަވެސް ބެޓެރީ ލައިފް ރަނގަޅުވުމަށް މީގެ ސަބަބުން އެހީތެރިވެއެވެ.
ބެޓެރީ ލައިފް މިހާރު ވަނީ 30 ގަޑިއިރަށް އިތުރުކޮށްފައެވެ. އެޕަލްގެ ޓެސްޓްތަކަށް ބަލާއިރު މިއީ ގާތްގަނޑަކަށް 40% އިތުރުވުމެކެވެ.
އެތެރޭގެ އެހެނިހެން ބަދަލުތަކުގެ ތެރޭގައި ވައިލެސް ޗާޖިންގ 22W އިން 25W އަށް އިތުރުވުން ހިމެނެއެވެ. އަދި އަޕްޑޭޓްކޮށްފައިވާ ޑުއަލް-ފްރީކުއެންސީ ޕްރިސިޝަން ޖީޕީއެސްއެއްވެސް ހިމެނެއެވެ.
މީގެ އިތުރުން، ބޭސް މޮޑެލްގެ ސްޓޯރޭޖް ވަނީ ދެގުނަ އިތުރުކޮށްފައެވެ. އައިފޯން 17 ގެ އެންޓްރީ-ލެވެލް މޮޑެލް މިހާރު ފަށަނީ 128GB ބަދަލުގައި 256GB ސްޓޯރޭޖުންނެވެ. އަދި 512GB ގެ އޮޕްޝަނެއްވެސް ލިބެން ހުރެއެވެ.
ޕަރފޯމަންސް
ގީކްބެންޗް 6 ގެ ސިންގަލް-ކޯރ ޓެސްޓްގައި 3306 އިން 3502 އަށް ކުރިއެރުން ލިބިފައިވެއެވެ. އަދި މަލްޓި-ކޯރ ޓެސްޓްގައި 8009 އިން 8810 އަށް ކުރިއެރުން ލިބިފައިވެއެވެ. މިއީ ގާތްގަނޑަކަށް 10% އިތުރުވުމެކެވެ.
މީގެ އަހަރެއްކުރިން ނެރުނު އައިފޯން 16، މިހާރުވެސް ގިނަމީހުން ބުނަނީ ވަރަށް ރަނގަޅު ފޯނެއް ކަމަށެވެ. އެހެންކަމުން އައިފޯން 17 ވެސް މިގޮތަށް ވާނެ ކަމަށް ބެލެވެއެވެ. މި ފޯނު ބޭނުންކުރިއިރު އެއްވެސް ލަސްކަމެއް ނުފެނެއެވެ. އެންމެ ފަހުގެ ހިޓް މޭން ނުވަތަ ޑެސްޓިނީ ރައިޒިންގ ފަދަ ހައި-އެންޑް ގޭމްތައް ކުޅޭއިރު، އައިފޯން 17 ޕްރޯގައި ހުންނަ ވޭޕަރ ޗެމްބަރ ކޫލިންގއާ އަޅާބަލާއިރު ލޯޑް ޓައިމް ދިގުވެ، ފްރޭމް ރޭޓް ދަށްވެއެވެ. ނަމަވެސް ގޭމްތައް ކުޅެވޭ ވަރަށް ރަނގަޅެވެ.
ކެމެރާ
ކެމެރާތަކަށް ބަލާއިރު، ޑިސްޕްލޭގެ ތެރޭގައި ޓްރޫޑެޕްތް ކެމެރާ ސިސްޓަމެއް ހުރެއެވެ. އަދި ފަހަތުގައި ދެ ކެމެރާ ހުރެއެވެ. ބަހުސްތަކެއް އުފެދިފައިވާ ކެމެރާ ކޮންޓްރޯލް އަދިވެސް މި ފޯނުގައި ހިމެނެއެވެ. ކެމެރާ ކޮންޓްރޯލްއަކީ ކެމެރާ ހުޅުވައި ފޮޓޯ ނެގުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ރިވިއު ކުރި ފަރާތުން ގަބޫލުކުރެއެވެ.
ފަހަތުގައި ހުންނަ ދެ ލެންސަށް ބަލާއިރު، މިހާރު 48MP ދެ ކެމެރާ ހުރެއެވެ. ކުރިން ބޭސް މޮޑެލްގައި އަލްޓްރާ-ވައިޑް ކެމެރާ ހުރީ ހަމައެކަނި 12MP ގައެވެ. މީގެ ސަބަބުން އަލްޓްރާ-ވައިޑް އަދި މެކްރޯ ޝޮޓްތަކުން މާ ސާފުކޮށް ފެނެއެވެ. އަލްޓްރާ-ވައިޑް ލެންސް ބޭނުންކުރަން ރިވިއު ކުރުމުން ވަރަށް ހިތްހަމަޖެހެއެވެ. މެކްރޯ ޝޮޓްތައް ވަރަށް ސާފުކޮށް ފެނެއެވެ.
މެއިން ވައިޑް ކެމެރާއަށް މާ ބޮޑު ބަދަލެއް އައިސްފައިވާ ކަމަކަށް ނުފެނެއެވެ. އެޕަލްއިން އާ އިމޭޖް ޕައިޕްލައިނެއް ބޭނުންކުރި ނަމަވެސް، މިއީ ކުރީގެ ކެމެރާއާ އެއްގޮތް ކެމެރާއެކެވެ. ފޮޓޯތައް ވަރަށް ރަނގަޅެވެ. އަދި 48MP ސެންސަރެއް ހުރުމުން 2X އޮޕްޓިކަލް ކޮލިޓީ ޒޫމް ލިބެއެވެ. ޖުމްލަ ގޮތެއްގައި 10X ޑިޖިޓަލް ޒޫމް ލިބެއެވެ.
ސެލްފީ ކެމެރާއަށްވެސް ވަނީ ބޮޑު އަޕްގްރޭޑެއް ލިބިފައެވެ. އެޕަލްއިން ވަނީ ސެލްފީ ކެމެރާއަށް އާ ސްކުއަރ 18MP ސެންސަރެއް ބޭނުންކޮށްފައެވެ. މިއީ ވަރަށް ހައިރާންކުރުވަނިވި ކަމެކެވެ.
މިއީ ކުރިއަށްވުރެ ރެޒޮލިއުޝަން މަތި ކެމެރާއެއްގެ އިތުރުން، އެޕަލްއަށް ގިނަ އާ ކަންތައްތަކެއް ކުރެވޭނެއެވެ. މިސާލަކަށް، ފޯނު ސީދާކޮށް ހުރެގެންވެސް ލޭންޑްސްކޭޕް ސެލްފީ ނެގޭނެއެވެ. މިކަން އަތުން ނުވަތަ އޮޓޯ މޯޑެއް ބޭނުންކޮށްގެންވެސް ކުރެވިދާނެއެވެ.
ގަންނަން ލިބޭނެ ތަންތަން
އައިފޯން 17 މިއަދު ރަސްމީކޮށް ވިއްކަން ފަށާފައިވާއިރު، އެޕަލްގެ ވެބްސައިޓުންނާއި، އެޕަލް ސްޓޯރުތަކުންނާއި، އަދި އެޕަލްގެ ރަސްމީ ޑިސްޓްރިބިއުޓަރުންގެ ފަރާތުން ގަންނަން ލިބޭނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.