ޜެޑިޓަކީ އެޕްލެޓްފޯމް ތައާރަފުކުރީއްސުރެ ދިގު ލިޔުންތަކާއި ފޯރަމްތަކަށް މަޝްހޫރުވެފައިވާ ޕްލެޓްފޯމެކެވެ. ނަމަވެސް ފަހަކަށް އައިސް މި ޕްލެޓްފޯމުގައި މަޝްހޫރުވެފައިވާ ބައެއް ވާހަކަތައް ޓިކްޓޮކާއި ރީލްތަކުގައި މީހުން ކިޔާ ހަދާ ވީޑިއޯތައް އާންމުވެފައިވެއެވެ. މިއަށް ރައްދުގައި ރެޑިޓުން އޯޑިއޯ އަދި ވީޑިއޯ ބައެއް ސަބްރެޑިޓްތަކުގައި ތައާރަފުކުރަން ފަށައިފިއެވެ.
ރެޑިޓްގެ ސީއީއޯ ސްޓީވް ހަފްމަން މި ޖުލައި މަހު އެކުންފުނީގެ ދެވަނަ ކުއާޓަރގެ އާމްދަނީގެ ކޯލްގައި މި ކަމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. މި ގޮތުން ރެޑިޓްގައި ހޫނުވެފައިވާ ބައެއް ވާހަކަތައް އެހެން ޕްލެޓްފޯމުތަކުގައި ޓެކްސްޓް-ޓު-ސްޕީޗް އަޑުތަކުން އެއާއި ނުގުޅޭ ވީޑިއޯތަކާއި އެކު ނެރޭޓްކުރާ ވީޑިއޯރައް އާންމުވެފައިވެއެވެ. މިއަށް ރައްދުގައި ސީދާ ރެޑިޓުގައި މި ގޮތައް މައުލޫމާތު ހަޖަމްކުރެވޭ ނިޒާމެއް ތައާރަފުކުރުމުގެ ހިޔާލު އޭރުއްސުރެ ވަނީ ހުށަހަޅާފައެވެ.
މިވަގުތުމި ފީޗަރު މެދުވެރިކޮށް ވަކި ކޮމިއުނިޓީތަކުގެ އިނގިރޭސި ޕޯސްޓްތަށް ބޭނުން ވެއޖެނަމަ "ރީޑް" ނުވަތަ "ޕްލޭ" ކުރެވޭނެއެވެ. އޭއައިގެ އެހީގައި ޓެކްސްޓް ޕޯސްޓްތަކާއި ކޮމެންޓްތައް އޯޑިއޯ އަދި ވީޑިއޯ މި ފީޗާރު މެދުވެރިކޮށް ބަދަލުކޮށްދެއެވެ. މިގޮތުން އޭއައިއިން އުފައްދާފައިވާ އަޑުތަކުން ރެޑިޓް ޕޯސްޓްތަކާއި ބައެއް ކޮމެންޓްތައް އަޑުއަޅައެވެ. އަދި އެ އަޑުތަކާއި އެއްވަރަށް ކެޕްޝަންތައް ވެސް ވީޑިއޯގައި ހިމަނާ ޓެސްޓުކުރަމުންދެއެވެ. މި ވީޑިއޯތައް ޓިކްޓޮކް ފަދަ ކުރު ވީޑިއޯ ޕްލެޓްފޯމްތަކުގައި ހުންނަހެންން ދިގަށެވެ.
ރެޑިޓުން ބުނާ ގޮތުގައި ކުރިން ހުންނަ ރެޑިޓްގެ އާންމު ޕޯސްޓްތަކަށް ބަދަލެއް ނާންނާނެއެވެ. އޭގެ ބަދަލުގައި މިފީޗަރއިން ޕޯސްޓުތައް އަޑުއަހަން ބޭނުންވާ ފަރާތްތަކަށް ރެޑިޓް ބޭނުންކުރެވޭނެ އައު ގޮތަކަށް މި ފީޗަރ ބެލެވޭނެއެވެ. މިގޮތުން މި ފީޗަރގެ އެހީގައި ކަސްރަތު ކުރަމުންނާއި، ހިނގަމުންނާއި އެފަދަ އެހެން ކަންކަން ކުރަމުންވެސް ރެޑިޓްތައް އަޑުއެހޭނެއެވެ.
ރެޑިޓްއިން މި އައު ފީޗަރ ގާއިމުކުރަން ނިންމާފައިވަނީ ކުޑަ އަދަދެއްގެ ޕޯސްޓްތަކެއްގައި ފުރަތަމަ ޓެސްޓުކުރަމަށް ފަހުއެވެ. ނަމަވެސް މި އައު ފީޗަރާ މެދު ބައެއް ޔޫޒަރުން ވަނީ ހިޔާލު ތަފާތުވުންތަކެއް ފާހަގަކޮށްފައެވެ. ރެޑިޓުން އެހެން މީސްމީޑިއާތަކުގައި ހުންނަ ފަދަ ވީޑިއޯ ފީޗަރުތައް މަޑުމަޑުން ތައާރަފުކުރަމުން ދާއިރު، މި ބަދަލުތަކާއި އެކު ޓިކްޓޮކް އާއި ރީލްސްފަދަ ކުރު ވީޑިއޯ ޕްލެޓްފޯމްތަކުގެ ދިމާލަށް ދާކަމުގެ ބިރު ފާހަގަކޮށްލާފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.