Download Logo
Copy Logo

ފޮޓޯ: އޭއައި

ސްކޫލް ކުދިންގެ އެކައުންޓްތަކުން ޖެމިނައި ބަންދުކޮށްފި

އަޙްމަދު ދާއޫދު • 04 ނޮވެމްބަރު 2026 • English

ސްކޫލް ދަރިވަރުންގެ އެކައުންޓްތަކުން ގޫގަލްގެ ޖެމިނައި އޭއައިއާއި ޖެމިނައި ނޯޓްބުކްގެ އިތުރުން ކްލާސްރޫމްގައި ޖެމިނައި ބޭނުންކުރުން އަދި ގޫގަލް ސާޗްގެ އޭއައި ފީޗާތައް ބަންދުކުރުމަށް ގޫގަލްއިން ނިންމައިފިއެވެ.

ގޫގަލްއިން ބުނި ގޮތުގައި މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުން އޭއައި ބޭނުންކުރާ ގޮތް ބެލެހެއްޓުމުގައި ސްކޫލްތަކުގެ އެޑްމިނިސްޓްރޭޓަރުންނަށް އިތުރު ބާރާއި އިޚްތިޔާރު ދިނުމެވެ.

ނަމަވެސް، ސްކޫލްތަކުގެ އެޑްމިނިސްޓްރޭޓަރުން ބޭނުންވެއްޖެ ހާލަތެއްގައި، ދަރިވަރުންނަށް މި އޭއައި ވަސީލަތްތައް ބޭނުންކުރެވޭ ގޮތަށް އަލުން ހުޅުވާލުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ. ގޫގަލްއިން މި ބަދަލު ގެނެސްފައިވަނީ ސްކޫލްތަކާއި، މުދައްރިސުންނާއި، ދާއިރާގެ އިސް ރިސާޗަރުންގެ އިތުރުން ތައުލީމީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުގެ މަޝްވަރާއާއި ލަފާގެ މައްޗަށް ބިނާކޮށެވެ.

މީގެއިތުރުން، ގޫގަލްއިން ވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި އެހީތެރިވެދޭ "ގައިޑެޑް ލާނިން" (Guided Learning) ފީޗާ އިތުރު ޚިދުމަތްތަކަށް ފުޅާކޮށްފައެވެ. ވޭތުވެދިޔަ އަހަރުގެ އޯގަސްޓް މަހު ޖެމިނައިގެ ތެރޭގައި ތައާރަފްކުރި މި ފީޗާއަކީ ދަރިވަރުންނާއި މުދައްރިސުންނަށް އެކި މައުޟޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް "ލާނިން ކޮމްޕެނިއަން" އެއްގެ ގޮތުގައި މަސައްކަތްކުރާ ވަސީލަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި، ފިލާވަޅުތަކާއި ހޯމްވޯކް ހެދުމުގައި މައްސަލަތައް ހައްލުކުރާނެ ގޮތް ފިޔަވަޅުން ފިޔަވަޅަށް ދަރިވަރުންނަށް ދަސްކޮށްދިނުމާއި، އަމިއްލައަށް ފަރިތަކުރުމަށް ސުވާލުތައް އުފައްދައިދިނުމެވެ.

ނޮވެމްބަރު 3 އިން ފެށިގެން މި "ގައިޑެޑް ލާނިން" ވަސީލަތް ގޫގަލް ސާޗް އަދި ގޫގަލް ކްލާސްރޫމަށް ވަނީ ތައާރަފްކޮށްފައެވެ. ގޫގަލް ކްލާސްރޫމަކީ ދަރިވަރުންނާއި މުދައްރިސުންގެ ފިލާވަޅުތަކާއި އެސައިންމަންޓްތައް އިންތިޒާމްކޮށް، ގުޅުން ބެހެއްޓުމަށް ބޭނުންކުރާ މައި ސެންޓަރެކެވެ.

ގޫގަލް ކްލާސްރޫމްގެ ތެރެއިން މުދައްރިސަކު ހަވާލުކުރާ ގައިޑެޑް ލާނިން ޓާސްކެއް ދަރިވަރަކު ފަށައިގަތުމުން، އެ ކްލާހެއްގެ ފިލާވަޅުތަކާ ގުޅޭގޮތުން ވަކިވަކި ދަރިވަރުންނަށް ޚާއްޞަ އެހީތެރިއެއްގެ ގޮތުގައި މި ވަސީލަތް މަސައްކަތްކުރާނެއެވެ. އަދި ދަރިވަރުންނަށް އިތުރު އެހީތެރިކަން ބޭނުންވާ މައުޟޫއުތައް ވަގުތުން ދެނެގަނެ، އެކަމުގެ މައުލޫމާތު މުދައްރިސުންނަށް ރީއަލް-ޓައިމްކޮށް ފެންނަން ހުންނާނެއެވެ.

ގޫގަލް ސާޗްގައި މީގެ ބޭނުންކުރާއިރު، ދަރިވަރަކު ހޯމްވޯކާ ގުޅޭ ޚާއްޞަ އެހީތެރިކަމަކަށް އެދި ސާޗްކުރުމުން، ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި އެ މައްސަލައެއް ހައްލުކުރާނެ ގޮތުގެ އިރުޝާދު ފިޔަވަޅުން ފިޔަވަޅަށް ފޯރުކޮށްދީ، އެ މައުޟޫއާ ގުޅޭ އިތުރު މައުލޫމާތު ދަރިވަރަށް ފޯރުކޮށްދޭނެއެވެ.

މި ދެ ޚިދުމަތަށް ގައިޑެޑް ލާނިންގެ ފީޗާތައް މިހާރު ތައާރަފްކޮށްފައިވަނީ އެމެރިކާގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންގެ އެކައުންޓްތަކަށް ޕައިލަޓް އުސޫލުންނެވެ. ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި އެހެން ސްކޫލް ޑިސްޓްރިކްޓްތަކަށް ވެސް ގޫގަލް ސާޗް އަދި ކްލާސްރޫމްގެ މި ފީޗާ ފުޅާކުރުމަށް ގޫގަލްއިން ވަނީ ރާވާފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.