Download Logo
Copy Logo

ގޫގަލްއިން ދަރިވަރުންނަށް ހާއްސަ ފީޗަރތަކެެއް ޖެމިނައި އަށް ތައާރަފުކުރަނީ

އަޝްނާ ރަޝީދު 20 އޯގަސްޓު 2026

ތައުލީމީ ދާއިރާގައި ޖެނަރޭޓިވް އޭއައި ދަރިވަރުން އެނގެނުމުގައި ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން ސީދާ އުނގެނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އޭއައި އޭޖަންޓްތަކުގެ އިތުރުން މަޝްހޫރު ބައެއް ޖެނަރަލް ޕަރޕޯސް އޭޖަންޓްތަކުންވެސް ވަނީ ސީދާ ކިޔެވުމަށް ހާއްސަ އުކުޅުތަކެއް އެއްތަންކޮށްލާފައެވެ. ޗެޓްޖީޕީޓީ ފޯ ޓީންސް ފަދަ ފީޗަރތައް އޯޕަން އޭއައި ފަދަ އެހެން އޭއައި ކުންފުނިތަކުން ނެރެމުން ދާއިރު، ގޫގަލްއިން ވެސް ވަނީ މިކަމުގައި ދާދި ފަހުން ބައިވެރިވެފައެވެ.

މިގޮތުން ދިރާސީއާ ޓާމަކާއި އެކު ގޫގަލްއިން ޖެމިނައި ތެރޭގައި ދަރިވަރުންނަށް ހާއްސަ އައު ފީޗަރތަކެއް އެބަ ތައާރަފުކުރަމުންދެއެވެ. އަލަށް ތައާރަފުކުށްފައިވާ ސްޓުުުޑަންޓް ހަބްއަކީ ދަރިވަރުންނަށް ކިޔެވުމަށް އެހީތެރިވެދޭ އުކުޅުތައް އެއްތާކުން ލިބިގެންދާ އާ ފީޗަރެކެވެ. މިގޮތުން ހުރިހާ ޕާސަނަލް ގޫގަލް އެކައުންޓްތަކުން ސަޕޯޓްކޮށްފައިވާ ބަސްތަކުން ބްރައުޒަރުންނާއި މޮބައިލް އެޕުން މި ފީޗަރު ބޭނުންކުރެވޭނެއެވެ. އަދި ކައިރި މުސްތަޤުބަލުގައި ސުކޫލްތަކުންނެރެފައިވާ ގޫގަލް އެކައުންޓްތަކުންވެސް މި ފީޗަރުގެ އެކްސެސް ދޭން އެ ކުންފުނި ރާވާފައިވާކަމަށް ބުނެފައިވެއެވެ.

މިގޮތުން ގޫގަލްއިން އެތައް އައު ފީޗަރތަކެއް ތައާރަފުކޮށްފައިވެއެވެ. ސްޓަޑީ ނޯޓްބުކްސްގެ އެހިގައި ދަރިވަރުންނަށް މިހާރު މާއްދާއަކާއި ބެހޭގޮތުން ކުރާ ދިރާސާތަކާއި އެއްކުރާ މައުލޫމާތުތައް އެއްތަންކުރެވެއެވެ. ސިލަބަހާއި، ނޯޓްތަކާއި އެހެނިހެން މެޓީރިއަލްތައް އަޕްލޯޑްކުރުމުން، މި އުކުޅު މެދުވެރިކޮށް ދަރިވަރުންގެ ބޭނުންތަކަށް ހާއްސަކޮށް ކިޔަވަން ޕްލޭނެއް ހެދިގެންދާނެއެވެ. މުރާޖާކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް، ރަނގަޅަށް ދޭހަނުވާ މައުލޫތައް އިތުރަށް ކިޔައިދޭ ކުދި 'ފިލާވަޅުތަކެއް' ވެސް ނަގައިދެއެވެ. މުސްތަޤުބަލުގައި މި ފީޗަރުމެދުވެރިކޮށް ޑަައަގްރަމްތަކާއި އިންޓަރެކްޓިވް ވިޝުވަލައިޒޭޝްންތައް ވެސް އެކުލެވިގެންދާނެކަމަށް ގޫގަލުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ދަރިވަރުން ދަސްވެފައި އޮންނަ މިންވަރު ބަލައިދޭ ފްލޭޝްކާޑްތަކާއި ޑައިގްނޯސްޓިކް ކުއިޒްތައް ވެސް މި ފީޗަރ މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ސެޓް، ގްރީ، އެޗްޓް، ޖީ، ނީޓް އަދި މި ނޫންވެސް އެހެން ބޮޑެތި ސްޓޭންޑާޑައިޒްޑް އެގްޒޭމްތަކަށްވެސް ހާއްސަ ސުވާލުތަކާއި ޓެސްޓުތައް މި ފީޗަރު މެދުވެރިކޮށް އެކްސެސް ލިބިގެން ދާނެއެވެ.

މި ފީޗަރތަކުގެ އިތުރުން ކޮލެޖް ދަރިވަރުންނަށް ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ގޫގަލުން އެބަ ކުރިއަށް ގެންދެއެވެ. މިގޮތުން އެމެރިކާގެ ދަރިވަރުންނަށް އެއް އަހަރު ދުވަހު ގޫގަލް އޭައައި ޕްރޯ ހިލޭ ދެމުންދާއިރު، ބައެއް އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ވެސް ގޫގަލުން ވަނީ މި ފަދަ ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ.



އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.