ވިމެންޕަވާޑް - އަންހެން ވިޔަފާރިވެރިން

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހިރާއްޖޭގެ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއްތަނަކުން ފެންނާނެ ލިސްޓިންގް އެއް އެޗްޑީސީ އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އެކުލަވާލައި އެޗްޑީސީ ވެބްސައިޓްގައި ޝާޢިއުކޮށްފިއެވެ.

މި ލިސްޓިންގް އިފްތިތާޙް ކުރެވުނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން 8 މާރޗް 2021 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.

މިހަރަކާތުގައި ރާއްޖޭގައި އަންހެނުން އިސްނަގައިގެން ކުރާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މިފަދަ ވިޔަފާރިތަކުން ވިޔަފާރިކޮށް، ސޯޝަލް މީޑިއާގައި WomenPowered# އެކު ހިއްސާކުރަން ބާރުއަޅާނެއެވެ.

މި ލިސްޓިންގް ގެ އެންމެ ބޮޑު އެއް ބޭނުމަކީ އަންހެނުން އިސްވެތިބެ ހިންގާ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ވިޔަފާރިތައް އެއް ތަނަކުން ފަސޭހައިން ފެންނާނެ މަގުފަހިކޮށްދިނުމެވެ.


އަންހެނުންގެ އިސްވެތިބެ ހިންގާ ވިޔަފާރިއާއި، ޚިދުމަތްދޭ ތަންތަން މިލިސްޓްގައި ހިމެނިދާނެއެވެ. އެއީ އޮންލައިންކޮށް ނުވަތަ އެނޫން ގޮތަކަށް ވެސް ހިންގާ ވިޔަފާރިތައް ހިމެނޭގޮތަށެވެ. މި ލިސްޓިންގގައި ހިމެނުމަށްޓަކައި އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަ ކުރެއްވުމުން ބައިވެރިވެވޭނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.