ޓްރަމްޕް ގެ މީސް މީޑިއާ މަންސަ މިވީ ބްލޮގް އަކަށް

ޓެކު ކަލޯ 05 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ މީސް މީޑީއާ މަންސައެއް ވުޖޫދު ކުރަން މަސައްކަތްކުރާ ކަމަށް މާރިޗު މަހު އިއުލާން ކުރުމަށްފަހު އެމަނިކުފާނުގެ 'ކޮމިއުނިކޭޝަން' ވެބްސައިޓް އިފްތިތާހު ކޮށްފިއެވެ. ޖަނަވަރީ މަހުގެތެރޭގައި އެމެރިކާގެ ޤާނޫނު ހަދާ މަޖްލީހުގެ އިމާރާތުގެ ތެރެއަށް ޓްރަމްޕް އަށް ސަޕޯރޓް ކުރާ ބަޔަކު ވަދެ ހިންގި ހަމަނުޖެހުމަށް ހިއްވަރު ލިބޭފަދަ ވާހަކަ ތަކެއް ޓްރަމްޕް މީސް މީޑިއާގައި ހިއްސާ ކުރަމުން ގެންދިއުމާއި ގުޅިގެން ޓްވިޓަރ، ފޭސްބުކް އަދި ޔޫޓިއުބް އިން ޓްރަމްޕް ގެ އެކައުންޓުތައް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކުރީގެ ރައީސް ޓްރަމްޕް މީސް މީޑިއާގެ މަންސަތަކުން ސަސްޕެންޑް ކުރުމާއި ގުޅިގެން އެބޭފުޅާ ޝުއޫރު ފާޅު ކުރަމުން ގޮސްފައި ވަނީ ނޫސް ބަޔާން ތަކެއް މެދުވެރިކޮށެވެ. ޓްރަމްޕް ގެ އައު ކޮމިއުނިކޭޝަން ވެބްސައިޓް އާއި އެކު މި ނޫސް ބަޔާން ތައް ދެން ޝާއިއު ކުރަމުން ގެންދާނީ މި ވެބްސައިޓް ގައެވެ. އާންމު އެހެން ބްލޮގް ތަކާއި ނޫސް ވެބްސައިޓްތައް ފަދައިން ޓްރަމްޕް ގެ ކޮމިއުނިކޭޝަން ވެބްސައިޓްގައި ވެސް ހުންނަ ނޫސް ބަޔާން ތަކަށް އެ ވެބްސައިޓް ބޭނުންކުރާ މީހުންނަށް ލައިކުކޮށް ޓްވިޓަރ އަދި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކަށް ހިއްސާ ކުރެވޭނެއެވެ.

ޓްރަމްފްގެ ސީނިއަރ އެޑްވައިޒަރެއް ކަމުގައިވާ ޖޭސަން މިލާ މާޗް މަހު ހާމަ ކޮށްފައިވަނީ ޓްރަމްޕް ގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމް އެއް ވަރަށް އަވަހަށް ވުޖޫދު ކުރެވޭނެ ކަމަށެވެ. "މި ޕްލެޓްފޯރމް ވެގެންދާނީ ވަރަށް ބޮޑު އެއްޗަކަށް" ކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު މިލާ ޓްވީޓް ކޮށްފައި ވަނީ މިއީ ކުރިން އޭނާ ފާހަގަ ކުރި ސޯޝަލް މީޑީއާ ޕްލެޓްފޯރމް ނޫން ކަމުގައެވެ. އެއާއި ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ފޭސްބުކް އިން ޓްރަމްޕް ސަސްޕެންޑް ކޮށްފައި އޮތް އޮތުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށްފަހު ފޭސްބުކް ގެ އޯވަރސައިޓް ބޯޑް އިން ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ. އެބޯޑް އިން ޓްރަމްޕް ގެ ސަސްޕެންޝަން އުވާ ލުމަށް ނިންމައިފި ނަމަ 7 ދުވަސް ތެރޭގައި އެކައުންޓް އެކްޓީވޭޓް ކުރުމަށް ފޭސްބުކް އަށް މަޖްބޫރު ވާނެއެވެ. ޔޫޓިއުބް އިން ހާމަ ކޮށްފައިވަނީ ޓްރަމްޕް ގެ އެކައުންޓް ރީއެކްޓީވޭޓް ކުރެވޭނީ އުފެދިފައިވާ ނުރައްކާތެރި ހާލަތު ރަނގަޅު ވުމުންނެވެ. ޓުވިޓަރ އިން ޓްރަމްޕް ސަސްޕެންޑް ކޮށްފައިވަނީ ދާއިމީ ކޮށެވެ.

އިތުރަށް ކިޔާލުމަށް : ޓްވިޓާއިން ދުނިޔޭގެ ލީޑަރުން މޮޑަރޭޓްކުރާނެގޮތް ދިރާސާކުރަނީ


ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.